ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ށ. މިލަންދޫގެ ރައްޔިތުންނަށް ގިނަ ވައުދެތަކެއް ވެވަޑައިގެންފިއެވެ.

ޖާބިރު ވައުދުތައް ވެވަޑައިގެންނެވީ ޑީއާރުޕީއަށް މެމްބަރުން އިތުރު ކުރުމުގެ ގޮތުން މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިިދާޅުވީ ރަށުގައި ތިބެގެން ޔުނިވާސިޓީ ލެވަލްއަށް ކުދިންނަށް ކިޔަވައިދެވޭނެ ފުރުސަތު ހޯދައިދީ އަދި ޓެކްސް މާފުވާނެ ގޮތްތައް ހަދައިދީ އަދި އެ ރަށުގެ ރައްޔިތުންނަށް ހިލޭ ދަތުުރުފަތުރު ކުރެވޭނެ ގޮތް ހަދައި ދެއްވާނެ ކަމަށެވެ.

މިލަންދޫ ކައިރީގައި އޮންނަ ހަމަ އެ އަތޮޅުގެ ތިން ރަށް ކަމަށްވާ ށ.ނަރުދޫ އަދި ށ. ފީވަކާ ނެޓްވޯކަކުން ގުޅާލުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިލަންދޫގެ ހުރިހާ ރައްޔިތުންނަށް މި އެދެނީ ސީދާ ޑީއާރުޕީއަށް ވަންނާށޭ" ޖާބިރު ވިދާޅުވިއެވެ.

ވައުދުތަކުގެ ވާހަކަ ނިންމާލެއްވި ތަނާ މިލަންދޫގެ ރައްޔިތުން ވަނީ ކާށިދޫއާއި ގާފަރާ ދެމެދު އަޅަން ބުނި ކޭބަލް ކާރުގެ ވައުދު ނުފުއްދިގެން އުޅެނީ ކީއްވެގެންތޯ ސުވާލަ ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ޖާބިރު ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގަން ބޭރުގެ އެކްސްޕާޓުން ވެސް ގެނައި ކަމަށާއި ނަމަވެސް ސަރުކާރުން އެ ޕްރޮޖެކްޓަށް ހުއްދަ ނުދިނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލޮލީ

    ތީފޭކެއް. ކޭބަލްކާރވެސް ތިގޮތަށް އެޅި.

    40
    3
  2. ހަގީގަތް

    ބޭކާރު ވައުދުވާ މީހެއްތީ ތީވެސް ދީނުން ބޭރުވެފައިވާ މީހެއް

    38
    1
  3. ލަކީ

    ހެހެ އިއްޔެވެސް މަ ދިޔައީން ގާފަރަށް ކޭބަލް ކާރުގަ ވަރަށް ރަންގަޅު

    18
    1
    • މޭން

      މަވެސް ދިޔައިން ވަރަށް ސަޅި

  4. ވާނުުވާ

    މީނަ ބޭނުންހާ އައުގުރާނައެއް ގޮވާ ސަރުކާރަށް ގޮންޖަހަންް ދޫކޮށްލާފަ ހުންނަނީ ކީއްވެބާ

    12
  5. ޖާބެ

    ހިޔާލީ ހުވަފެނީ ނިދިންހޭލެވުނީމަ ނުފެންނާނެ ވައުދުތަކެއް ބާ؟

  6. މި ލަންދޫ

    އެހެންވީމާ ޖާބިރުގެ ތިޔަ ވައުދުތައްވެސް ސަރުކާރުން ހުއްޓުވާފާނެ. ޕާޓީ އަށްވަދެވޭކަށްނެތް.

    14
  7. ހުސޭނުބޭ

    މޮހާރު މިލަންދޫ އާއި ކާށިދޫވެސް ކޭބަލް ކާރުން ގުޅާލަނީ. އެކަމު ބުނަން. ކާށިދޫ މީހުންހެން މިލަންދޫ މީހުން ބޯގަޅިއެއް ނުވާނެ.

    13
    1
    • އަންނި

      ބޯގަޅި ނުވާކަމެއްނޭގެ. މިހާރުވެސް 50ފޯމު ފުރައިފި.

      12
      1
  8. އާދަމް

    "ގުނޭނެ ގޮތެއް ނެތޭ ދުނިޔޭން ލަފާ މީހުންގެ ގިންތީގައި
    ބުނާ ބުނުމާ ޢަމަލު ސީދާ ނުވުންތައް ވެެއްޖެ ނަމަ ތަކުރާރު
    ނުފުއްދޭ ގޮތްމަތީ ވަޢުދެއް ކުރާ ކުޑަ އެންމެ ހިނދުކޮޅަކުން
    ދެފުށް ހަދިޔާވި ނަމަވެސް ނެތިދެޔޭ އެކުވެރިކަމުން ކެނޑި ބާރު"
    -ޔޫސުފް މުހަންމަދުފުޅު-

    3
    1
  9. ލޮލީ

    މިހާރު މަސައްކަތް ފަށާ. ސަރުކާރުން ވަނީ ރައްޔަތުންގެ އަތުން ނަގާ ޓެކްސްއިން ތި ޕާޓީއަށްވެސް ބޮޑު ލާރިގަޑެއް ދީފަ. ކޮށްދޭނަމޭ ބުނުމުގެ ބަދަލުގަ ކޮށްފަ ދައްކާ. ނޫނީ ކުރަން ފަށާބަލަ.

    6
    1
  10. ޒާ

    ޑީއާރުޕީއަށް ވަދެއްޖެ މީހަކު ތިތަނުން ކެނޑެއް ބޭނުންވިޔަސް އެޖެހުނީ ބޮޑުތުރާލެއް. އަހާބަލަ ދީއާރުޕީ އޮފީސް ހުރިތަނެއް އެނގޭމީހަކު ހުރިތޯ. ޖާބިރުގެ މަކަރު ވެރިން ހަމަ އެކަނި އެކަމުންވެސް ފުދޭނެ ޖޭބަލްކާރު ތެތްގޯނި.

  11. ކިނބޫ

    ސޯލިހަށް އެއްވެސް ކަމެއްނުވިތާ ދޯ. ކަލެޔަށް އަދި އެވަރުވެސް ނުވާނެ

    4
    2
  12. ކާނަލް

    ގިނަބަޔަކު ސޮއިކިށްފިއްޔާ ޖާބިރު ބުނި ވައުދުތައް ފުއްދަން މިހާރުގެ ސަރުކާރުން ވަގުތުން ފެއްދައިދޭން އުޅޭނެ.
    ވީމާ ޖާބިރު ނުކުރިޔަސް ޖޮށްދޭބެ ބަޔަކު ތުބޭނެ.

  13. ހަވާސާ ހާދިސާ

    ސިޔާސީ ޗަރުކޭސް މިނާއަކީ،

  14. ޞައްދާމު

    ޖާބިރު އެއަރަނީ ވެސް އޭނާކަގަލަ ބޯގޯސްމީހުން އުޅޭ ރަށްރަށަށް.

    1
    1