ކ. ކާށިދޫ އަށް ފުޅަނގީގެ މޫސުމެއް އަތުވެއްޖެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ކިޔައިދިން ގޮތުގައި ފުނޅަގި އަރާފައިވަނީ އިއްޔެ އެރަށުގެ ފުށްޓަރު ފަރާތުން ހެނދުނު 8:00 އިން ރޭގަނޑަށް ކަމަށެވެ.

އެންމެ ގިނައިން ފުޅަނގި އެރީ ހަވީރުން ފެށިގެން އިރުއޮއްސެނިކޮށް ކަަމަށް އެނާ ބުންޏެވެ.

އޭނާ ކިޔާދިންގޮތުގައި، ފުޅަނގި ހޮވުމަށް ރަށުގެ ގިނަ ބަޔަކު އެ ސަރަހައްދަށް ދިޔަ އެވެ. އަދި ފުށްޓަރު ފަރާތުގެ އެއްކޮޅު އަނެއްކޮޅަށް މީހުން ތިބި ފުޅަނގި ނެގުމުގައި އުޅުނު ކަމަށް އޭނާ ބުންޏެވެ.

އެކަމުގެ އުޅުނު މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އަދި ޒުވާނުން ވެސް ހިމެނޭ ކަމަށް އެ މީހާ ކިޔާދިނެވެ.

ކާށިދޫއަށް އެރި ފުޅަނގި ހޮވާފައި

" ފަހުގެ ތާރީހެއްގައި ކާށިދޫއަށް އެންމެ ގިނައިން ފުޅަނގި އެރި ދުވަހަކަށްވާނެ އިއްޔެ. އުދަރެސް ނުފެންނަ ވަރަށް ފުޅަގި އެރި. އަޅުގަނޑު ހަނދާންވީ މީގެ 20 އަހަރު ކުރިން ރަށަށް ފުޅަނގި އެރި ހަދާން ހަމަ. އެ މަންޒަރު ފެނުނުހެން ހީވަނީ." އެ މީހާ ބުންޏެވެ.

އެ މީހާ ކިޔައިދިން ގޮތުގައި ފުޅަނގި ހޮވުމަށް ދިޔަ ފަރާތްތަކުން ގެންދިޔަ ހުރިހާ އެއްޗެއް ފުރާ ގެއަށް ފުޅަނގި ގެންދިޔައެވެ. ބައެއް މީހުން ބަސްތާއެއް ފުރާ ވެސް ގެންދިޔައިރު، ބޮޑެތި ކޮތަޅު ކޮތޮޅުގައި ވެސް ފުޅަގި ގެއަށް ގެންދިޔަ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކާށިދޫއަށް އެރި ފުޅަގި ހޮވާފައި

އިއްޔެ ފުޅަނގި ހޮވުމަށް ރަށުގެ ގިނަ ބަޔަކު ނިކުތްއިރު އެ މަންޒަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށް ވެސް އޭނާ ކިޔައިދިންއިރު، އެއީ ކުރީގެ ހަދާންތައް އާވި ކަމެއް ކަމަށްވެސް އެ މީހާ ކިޔާދިނެވެ.

މި ދުވަސްކޮޅަކީ މަސްވެރިކަމަށް ވަރަށް ރަނގަޅު މޫސުމެއްކަން ފާހަގަކުރަމުން އެ މީހާ ބުނީ މި މޫސުމަކީ ފުޅަނގިވެސް އަރާ މޫސުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެމަނަ

    ސޯލިބެ ހީވަނީ ޖީއެސްޓީ ރަށްޔަތުން އަތުން ނަގައިގެން ރަށްޔަތުން ބިކަކުރެވޭނެކަމަށް މާތް ﷲ ގެ ރަހުމަތުން ކާށިދޫގެ ރަށްޔަތުންނަށް އެއޮތީ ރިޒުގު ދެއްވާފަ ސޯލިބޭއެއް ނޫން ރިޒުގުދެއްވަނީ/

    29
    9
    • ޖުހާ

      ބޮޑުވަރު ނުވަނީސް ބޮލަށް ބޭސް ކުރޭ….ހަމަ ތަނަކުން މަހެއް ފުންމައިގަތަސް ސިޔާސީ….ތީ ވަރަށް ބޮޑު ނަފްސާނީ މައްސަލައެއް….

      37
      13
  2. ހަމްދު

    الحمد لله . ﷲ ގެ ރަޙްމަތުގެ ތަނަވަސްކަމެވެ. ﷲ ރިޒްޤު ދެއްވާގޮތް ނިކަން ދެކިބަލާށެވެ. ނުވެސް ދެނެހުއްޓާ ރަށަށް އަމިއްލަ ވަޒަނަށް، ދިރިއުޅޭ ތަނަށް ގެނެސްދެއްވަނީއެވެ. ހަމައެކަނި އެ ލިބިގަންނަން ޖެހުމަށް ކުރެވޭ ކުޑަކުޑަ މަސައްކަތެއް ފިޔަވާ އެހެންކަމަކާ ވިސްނާލާކަށްވެސް ނުޖެހުނެވެ.

    36
    2