ޅ. ނައިފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަަކަށް ވަންނަ މީހުން ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ނައިފަރު ކައުންސިލްގެ ލޯގޯ އާއި ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ޖަލްސާއެއްގައި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެ ފްލެޓުތަކުން ކުލި ނަގަން ފަށާނީ ތިން މަސް ފަހުން ކަމަށެވެ.

މި ސަރުކާރުން އިމާރާތްކޮށް ނިންމި 100 ހައުސިން ޔުނިޓް ލިބުނު މީހުން އަންނަ މަހުން ފެށިގެން އެތަނަށް ބަދަލުވާން ފަށާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް މިހާރު ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ހަވީރު ނައިފަރަށް ވަޑައިގެން އެ ހައުސިން ޔުނިޓުތައް، ރަސްމީކޮށް އެ ރަށު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.

ވިހި އަހަރަށް ބަހާލައިގެން ފްލެޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 5،000ރ. ދައްކަން ޖެހެއެވެ. އެހެންކަމުން ޖުމްލަ 1.2 މިލިއަން ރުފިޔާ ފްލެޓަކަށް ދައްކަން ޖެހެއެވެ.

ނައިފަރުގައި އެޅި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ 1،000 އަކަފޫޓުގެ ޖާގައެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ނައިފަރުގައި ހިންގި ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރީ އާރުސީސީންނެވެ. ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ނައިފަރުގެ ފްލެޓްތައް އަޅަން އާރުސީސީއާ ހަވާލުކުރީ ޖެނުއަރީ 2020 ގައި، 72.2 މިލިޔަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިޙާނާ ނައިފަރޭ

    ނައިފަރު ފްލެޓުތަކަށް ތިން މަހު ކުލި ދައްކަން ނުޖެހޭނެ ކިހާސަޅިތޯ އޯގާތެރިކަމާ ހީލަތް ތެރިކަމާއެކު 3 މަހު ކުލިދައްކަން ނުޖެހޭގޮތައް 3މަސްފަހުން މަހަކު /5000 ރުފިޔާ މިދައްކަންޖެހެނީ ހިލޭ އުޅެއުޅެތިބިބަޔަކު ސަރުކާރުން ބޯހިޔާވަހިކަމުގެނަމުގައި ރައްޔިތުން އަޅުވެތިކުރުމުގެ ސިޔާސަތުގެ ދަށުން މަހުކުލި 100 ހައުސުން ޔުނިޓައް މަހަކު /500000 ރުފިޔާ ސަރުކާރައް ނައިފަރުން ރައްޔިތުމީހާކުރާމަސަތްކަތުން މީނައިފަރުގެ ތަރައްގީ ކުރި އެރުމުގެ ބަދަލްގައި ދަށައްދިއުމުގެ ފެށުން އެއީ ރަސުތެރޭގައި އެނބުރި އެނބުރި ހުރި /500000 ރުފިޔާ ރަށުންބޭރައް ސަރުކާރައްމާފައިދާވާނެނޫންތޯ ތިޔަ ހައުންސިންގް ޔުނިޓް އެޅުމުގެ ބަދަލް 300 އެނދުގެ ރިސޯޓެއް ތަރައްގީ ކުރިއްޔާ ދުވާލަކު /250 ޑޮލަރ ރޭޓުން ބުއްޔަސް 300 ގުނަ /250 ޑޮލަރ =/75000 ޑޮލަރ ދުވާލަކައް ޖެހޭ ހައުސިންޔުނިޓްގެ ނަމުގަ ރައްޔިތުމީހާ ބުރަމަސަތްކަތުން ހޯދާ މަދު ރުފިޔާކޮޅު އަދުލާއުސޫލުން ކަންތައްރާވަން ބޭނުމަކި ރައްޔިތުން ނިކަމެތިކޮއް ފަސޭހަކަމާއެކު ވޯޓްހޯދައިގެން ގިނަދުވަހު ވެރިކަމުގަތިބެން ވެދުން

    7
    1
  2. ފުލެޓްދޮންބެ

    މާލޭގަ ފުލެޓްއެޅީމަ އަގުބޮޑުވޭ ނަގާކުލިމަހު ރާއްޖެތެރޭ އަޅާނަމަ މެޓީރިއައް މީހުން ހުރިހާއެއްޗެއް މިގެންދަނީ މަލެއިން އަދިއަގު ހަދަނީވެސް ޕުޜޮޖެކްޓްތަކުގެ އިތުރު ޓުރާންސްޕޯޓާއެކް ބޮޑުކޮއް ބިންހިއްކާފަފަސް ނުހިއްކާވެސް ހުޅުމާލެ ހިއްކާފާއޮތީ މާލޭގަ ފުލެޓްތައް އަޅާވިއްކި ހުރިހާތަނަކީ ހިއްކިތަނެއްވެސްނޫން އެކަމަކުވެސްވިއްކަނީބޮޑުކޮއް ވެންމަސްވެނައްކާންދެނީ އެއްމެކުޑަކޮއްވެސް 13މިލިއަނުންވިއްކަނީ ކޮންމެރަޝެއްސަރުކާރުން ބިންހިއްކިއަސް ދަނީއެތްހަރަދެއް ނަމަވެސް ވޯޓްއަޅަނީއެއްފޮއްޓަކައް އެތްއަގެއްއަޑީކާޑުގަވެސް އާސަންދައިންވެސްލިބެނީ މުސާރަވެސްދެނީ އެކަމަކު މާލެގަ ދިރިއުޅޭ ޒިޔާރައްކުރާރައްޔިތެއްވެއްޖެނަމަ ދޮވެލަނީ ސަރުކާރުންވެސް ހުކުމެއްކުރިއަސްމިކުރަނީއެއްގޮތައް މާލޭގަ އުޅޭރައްޔިތަކު ގޭބަންދުގެ ހުކުމެއް ތަންފީޒްކުރާނަމަ ނިދުމައް އެއްމެކުޑަވެގެން މަކަކު 9 ނުވަހާސްރުފިއާއަރަދުވާނެ ފުލެޓްވިއަސް ސަރުކާރުންކުރާ ކޮއްމެކަމެއްވާންވާނީ ދިވެއްސެއް ވެއްޖެނަމައެއްމިންގަނޑަކުން އެޗްޑީސީކީއާތަނެއްހަދާފަ ރައްޔިތުންދޮވެލަނީ އެތަނައްވެސްލިބޭއެއްޗެއްނޯވޯ ބިންވިއްކާގޯތިވިއްކާއިރުވެސް ނޯވޭ އެހެންކުންފުނިތައް ހަބޭސް މެންދުރުކާނެ އެއްޗެއްނޯވޭއެތަނުގަ

  3. މަތަރަސް

    ލަދުހާކުޑަ ނާގާބިލްސަރުކާ ރައްޔަތުންގެފައިސާ މިވެރިންބޭނުންގޮތަކައްތަޅާބުރުއްސާއިރު ކޮބައިލަދު؟؟ ބަލަރައީސްމީހާ ހިންނަވަރުވީމާތިންމަސް ފުރީ ؟؟ހިޔާފުލެޓްވީމާ ތިންމަސްދުވަހުގެކުލި ފަސްކުރީ؟؟މިހިރިއިންސާފު؟ މިގައުމުއިންޑިޔާގެ އަޅުވެތިކަމުގާއުޅޭއިރު ރައްޔަތުންވިސްނާ ދެހާސްތޭވީސް ހިޔާ ފުލެޓްގެ ރައްޔަތުންނާއެކުއިހްލާސްތެރީ ކޮބައިކަން އެޣޭނެ އެއީރައީސްޔާމީނުގަޓުހުރީވެސް ގައުމުދެކެލޯބިވަނީވެސްޔާމީނު؟؟

    2
    1