މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމްއީސީސީޓީ) އިން ކުރިއަށްގެންދާ 'ޕްރިޕްރޭޝަން އޮފް މޯލްޑިވްސް ތާޑް ނޭޝަނަލް ކޮމިއުނިކޭޝަން ޓު ދަ ޔޫއެންއެފްސީސީސީ ޕްރޮޖެކްޓްގެ ދަށުން ހަދަން ޖެހޭ ގްރީންހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުށަހަޅާލައިފިއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ޓާމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަން ވަނީ އެދިފައެވެ.

މި މަސައްކަތުގެ ޓާމްސް އޮފް ރެފަރެންސް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާއްމުކޮށްފައެވެ. މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ބީލަމާ ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 23 ވަނަ ދުވަހު އޮންނާނެއެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަހެވެ.

ބީލަން ހުށަހަޅާނީ މާޗް މަހުގެ ދެވަނަ ދުވަހު 10:00 ގެ ކުރިން މިނިސްޓްރީ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 02 މާރޗް 2022 ވާ ބުދަ ދުވަހު 10:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަހހ

    ރައްޔިތުން ބޭނުންކުރާ އޭދީ އާއި ފުރިޖް ތަކުންް ޓެކްސް ނަގަން ތިޔައުޅެނީ.

  2. ކޮމެންޓޫ

    ލިސްޓެއް ހަދަންވެސް ބަޔަކަށް ލާރިގަނޑެއް. ވަރު ވަރުން މުސާރަ ދީފަ ތިބޭހޭ ޑިރެކްޓަރުންނާއި މުވައްޒަފުން އެއީ ކޮފީ ބޯން ތިބޭ ބަޔެއް ދޯ

  3. ދައިތަ

    ރައްޔިތުން ފެލައިގެން ލާރި ހޯދަން އަނެއްކާ އަނެއް މަކަރުވެރި ރޭވުން. އައިސް އަލަމާރި ފުރިޖު އޭސީ މިތަކެއްޗަށް ޓެކްސް ދަމައިގަންނަން ރާވާ ރޭވުން. ދެން އަންނަނީ ކޮންމެ މަހަކު ކޮންމެ ގެއަކަށް ގްރީންހައުސް ޓެކްސްގެ ބިލެއް. މިކަހަލަ ތަނެއްދޮރެއް ވަކިނުވާ ލައިގެން ސަރުކާރު ހިންގަންވީމާ ވާނެ ހައެތި މިވަނީ.

  4. ވިކިލީކުސް

    މިނިސްޓްރީގައި ތިވަރުކަމެއް ކުރާނެ ބަޔަކު ހަމަ ނެތީތޯ؟ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމްއީސީސީޓީ) ގެ ޔައުމިއްޔާލިޔާނެ ކުމްފުންޏެއް ހޯދަން ކޮން އިރަކުންތޯ ގެޒެޓް ކުރަނީ؟

  5. މުޖައްރިބު

    މިދެން އަޅެ ކާކުތަ މިނިސްޓަރުކަން ދީފައި. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް ކުރިމަތިލި މީހަކު މުއުތަބައްރުކޮށް ބުނި އަޑު މަ އެހިން، އަންނިގެ އެއްބަނޑު ނާޝިދުކަމަށް ތިޔަ މިނިސްޓްރީ ހިންގަނީ ވަޓްސްއެޕުން ޝައުނާއެކީގައި.

  6. އަބްދޫ

    ތިޔައީ ކިއްކުރާ މިހެން. އެވެސް އެގެންޖެހެނީ ބަޔަކު އަގުދީގެންތައްޔާރު ކުރީމާތަ؟ތިޔަ މިނިސްޓްރީގެ ބޭނުމަކީ ކޮބާ؟ މިނިސްތްރިއެއް ހުންނާކަށް ތިޔަކަންކުރާކަށް ބޭނުމެއްނުވޭ.މަމީ މިނިސްތަރެ ކިޔާފަ ހުރީމަ ވޭތަ؟ކަމެއްކުރާކަށް ނޭގެ މައުލޫމާތެއްނެތް.މައުލުމާތު ހޯދާނެގޮތެއްނޭގެ. ތިޔައެދުނު އެދުމުންއެގެ ތިޔަ މަގާމަށް ކުފޫހަމަނުވާކަން.