ރާއްޖޭގައި ކުށް ކުރާ މީހުންގެ ނިސްބަތުން ގިނަ ކަމުން އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމެއް ކަމަށާއި، އެކަން ކުރަން ތިބީ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ޕްރިޒަން އޮފިސަރުން ތަރައްގީކުރުމުގެ ގޮތުން ކަރެކްޝަންސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ވާހަކަ ދައްކަވަމުންނެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މި ކޯހުގެ ތިން ވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ބައިވެރިވެފައިވާ އިރު މި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 14 މުވައްޒަފުންނެވެ. އެކި ސަބަބުތަކާ ގުޅިގެން ހަ ދަރިވަރަކު ވަނީ މި ކޯހުން ވަކިވެފައެވެ. ކޯހުގެ މައިގަނޑު މަގްސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މިއީ ރާއްޖޭގައި ހިންގޭ މިޒާތުގެ ފުރަތަމަ ކޯހެވެ.

ކޯސް ފުރިހަމަ ކުރި އޮފިސަރަކަށް އިމްރާން ސެޓްފިކެޓް ހަވާލުކޮށް ދެއްވަނީ

އިމްރާން ވިދާޅުވީ އިންސާނުގެ ހަޔާތުގައި ލިބޭ އެންމެ ބޮޑު އެއް ކާމިޔާބާއި ކުރިއެރުމަކީ އިލްމުގެ މަރުހަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުސަތުތައް ކަމުގައެވެ. އިލްމާ ގުޅުން ހުރި މިސާލެއްގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމެންޓުން ޑިޕްލޮމާ ހާސިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް އެންމެ މުހިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާ ކަމަށާއި ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމައުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުހިއްމު މަސައްކަތަށް އެޅޭ މުޙިއްމު ފިޔަވަޅެއް ކަމުގައި ކަމަށެވެ. އަދި އެ ކަމަށް އިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޯހުގެ ކުރީގެ ދެ ބެޗާ އަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރައްވައި، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިން ސައްތަ އިތުރުކުރުމަށް މަސައްކަތްކުރުމަށް އޭނާ ބާރު އެޅުއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އެންމެ އެދެވޭ ގޮތުގައި ކޯސް ކުރިއަށް ނުގެންދެވުނު ނަމަވެސް ދިމާވެފައިވާ ދަތިތަކާއި ހާލަތާއެކުގައިވެސް 14 ދަރިވަރުން މި ކޯހުން ދަސްވެ ނިމުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ކުރީގެ މެނޭޖްމަންޓްއިން އައިކޯސްޓްގެ މަސައްކަތްތައް ރާވާފައިވާ ގޮތަށް އަލިއަޅުއްވާލައި ވިދާޅުވީ އޭގެ ސަބަބުން މިހާރު އައިކޯސްޓްގައި ތައުލީމީ އަދި ގާބިލް 10 މުވައްޒަފުން ތިބި ކަމަށާއި، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުސަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ކޯސް ފުރިހަމަ ކުރިި އޮފިސަރުންނާއެކު އިމްރާން ފޮޓޯއަަކަށް ހުއްޓިލައިގެން

އަދި އެމްސީއެސްގެ އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޒުކޮށް، 2025 ވަނަ އަހަރާހަމައަށް 50-60 އިން ސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުން ކަމުގައި ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮރިޒަންސް އަހުމަދު މުހައްމަދުފުޅު އޮފިސަރުންނާ މުހާތަބަކޮށް ވާހަކަ ދައްކަވަނީ

މިކޯސް ފުރިހަމަކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. މި ކޯހުގައި ކިޔަވާދެއްވާފައިވަނީ ކަރެކްޝަނަލް މެނޭޖްމަންޓްގެ އެކި ދާއިރާތަކާ ގުޅުންހުރި ބެޗްލަރސް ޑިގްރީއިން މަތި ހާޞިލްކޮށްފައިވާ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބޯދިގުޒައީމް

    ކުއްވެރިއަކު އަރާތިވާހަކަދައްކަނީ ހުކުމެއްތަމްފީޒް ކުރަމުންދަނިކޮއް މިނިވަން ވީގޮތާމޭދުރާއްޖޭގެއެއްމެ މެންބަރުންގިނަފާޓީއިންސުވާލުއުފައްދަމުންދަނީ ބުނިލިއުމާ ހެކިތައް ހޯދާ އެސުވާލުތަކުގެ ޖަވާބުހޯދަން ބޭނުންވާ އެތައްބަޔަކުއެބަތިބި ތިބޭފުޅޭމާފައްނުގަ ދެއްކިފޮޓޯތަކާ 2023 ވާނެމިހުރިހާކަމެތްގެހައްލައް ދޮގާ ވައްކަންތަކުގެ

    33
  2. އިންޑިއާ އައުޓް

    އިމްރާން ކަލޭތީ މި ޤައުމުގަ ހުރި އެންމެ ބޮޑު ކުށްވެރިޔާ،، ކަލޭ ހަނދާންކުރާތި 2023 ގެ ފަހުން ކަލޭ އުޅޭނީ ވަ ހާލުކަން.. ބުނެލީ

    37
    1
  3. ޖާބެ

    ދައުލަތައް ގައްދާރުވާ މިހުންގިނަވުމުގެ ސަބުބުން މުޖްތަމައުގަ ކުއްކުރާމީހުން ގިނަވަނީ އިމްރާން ރޫޓްކޯސް އެނަލައިސް ކުރާއިރު އިމްރާންމެން ސިޔާސީ މީހުންގެ ދައުރު ވ.ބޮޑު

    31
  4. އަބްދޫ

    ކުށްކުރުންގިނަވަނީ ބޮޑު ބާގަނޑެއްހެދިފަ އޮތީމާ. އެއީ ގާނޫނުއަސަސީގެ 52 ވަނަ މާއްދާއާއި ހެކިންނާއި ބެހޭ މާއްދާތައް.މީހަކު މަރާފަވެސް ކޯޓަށް ގޮސް އިއުތިރާފް ވާނީ ކާކު. އެންމެންގެ ކުރިމަތީހިގިޔަސް ހެކިދޭނެމީހަކުނެތް. ފަނޑިޔާރަށް މައްސަލަ ނިންމެންއޮތީ ކުށްވެރިޔާ ބުނާބުނުމުގެ މައްޗަށް. ކުށްވެރިންނަ އެއްކޮލަށް ހެކި ހުށަހެޅެނީ ކުށްވެރިޔާގެ ކުށާގުޅިފަތިބި ފަރާތްތައް. ގައުމު ވެެއްޓިފައިވާ މި އަނދަވަޅުން ސަލާމަތް ނުވެގެން އުޅެނީ ފައިސާގެ އަޅުންގެ ގޮތުގާ ދިނީ އިލްމުވެރިނަކަމުގަ ދެކޭ މީހުން ވެ ދިއުމުން.

    25
  5. ރާއްޖެ

    ކިތާބީ ދޮގު ހެކި ދޭ މީހެއްތިއީ؟

    30
  6. ިމުހައްމަދު

    ކުށްކުރާ މީހުން ގިނަވަނީ ކުށްވެރިން އުފައްދަން މަސައްކަތްކޮށް އެކަމަށް ބާރުދޭ މީހުން ގިނަވާތީ. ކުށްވެރިން އުފައްދަން އިންވެސްޓްކޮށްދީ ކުށްވެރިންނަށް ހިމާޔަތްދޭ މީހުން ގިނަވާތީ. މިކަން ހުއްޓަންޖެހޭނީ ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުން.

    27
  7. އުގުރި

    މިމަތިވެރި އިސްލާމުދީން ކިޔަވާގެން ހުރެ އެކުދީންނަށް އިސްލާމުދީން ކިޔަވާ ނުދީ ހުރެ ކޮންމެ ވާހަކައް ދެއްކިޔަސް އެކުދިން އުޅޭނީ އުޅޭނެ ގޮތަކައް..

    ހިޔެއް ނުވޭ ދެނެއް އިމްރާނުގެ ފަރާތަކުން ހެވެއް ލިބޭނެހެނެއް.

    28
  8. މިތާފް

    ގައުމުގަތިބި އެންމެ ބޮޑެތި ކުއްވެރިން މިވާހަކަ ދެއްކީމަ ހިނިއަންނަނީ. ވެދުން ސަލާން.

    26
    1
  9. Anonymous

    ކަލޭ ތިީ ފިރުޢައުނު ނޫނީ ދެންހުރި އެންމެބޮޑު ކުއްވެރިޔާ އެންމެ ބޮޑު ދޮގުވެރިޔާ

    18
    1
  10. ހަމީދު

    ޔާމީނު ގެ ވެރިކަމުގައި ރާއްޖޭގެ ގާނޫނު އަސާސީ އިން ޓެރަރިޒަމް ގެ ކުށް ސާބިތުވެ ނަޝީދު އާ އެކު ބާރަ އަހަރަށް ޖަލަށް ލާފައިވާ ޓެރަރިސްޓެއް ނޫންތަ އިމްރާނު އަކީ. އިބޫ ވެރިކަމަށް އައިސް ބާރުގެ ބޭނުން ކޮށް ނަޝީދު އާ އިމްރާނު ފަދަ ބޮޑު ދެ ޓެރަރިސްޓު ޖަލުން ނެރެ މުޖުތަމައު އަށް ދޫކޮށް އަދި ރަތްޔިތުން ގެ ފާއިސާއިން ލަގްޒަރީ ދިރިއުޅުން އުޅެމުން ދާއިރު ދެން ރަތްޔިތުން ނަށް ކުށްވެރި ގޮވަން ލަދު ގަންނަން ނުޖެހޭތޯ.

    17
  11. އަހަންމާ

    ކުއްކުރާ މީހުން ގިނަވަނީ ޤައުމު ހިންގަން ތިބި ނާގާބިލް ވެރިންގެ ނާގާބިލްކަމުން.

    21
    1
  12. ޫޫޢިމްރޯން

    ސަލޫލް ތިޔަކަހަލަ ވާހަކަދެއްކީމަ ހިނިއަންނަނީ ފުރަތަމަ ކަލެއައްކުރެވުނު ކުށާއެކުށުގެ އަދަބުން ކަލޭ ސަލާމަތްވެ ތިޔަމަގާމައް (ހުކުމް ތަންފީޒު ނުކޮއް) އާދެވުނުގޮތް ވިސްނާލާފަ ތިޔަވާހަކަ ދެއްކިނަމަރަނގަޅުވީސް

    13
  13. ގެދަބުޅި

    އެކަމަކުބުނި އެންމެ ކުށްމަދު ވެރިކަމޭކިޔާ ހޭރުނުއަޑު އަހަންއަޑުއެހިން. ގަނޑިޔާ ސޭކޫ.

  14. ހުސެން

    ތިޔައީ އެންމެބޮޑު ކުއްކޮއްފައި މިގައުމުގަ ހުރިމީހާ ބަޢާގާވާތް ކޮއްފަ..ލަދުނުގަނޭ

  15. ސުވައިދާ

    ތިކަން ނޭގޭ ކުޑަކުއްޖަކުވެސް ނުހުންނާނެ.ތިހެން ބުނަން ކެރުނީތީ ހައިރާންވެއްޖެ.މިސަރުކާރުގެ އިސްސަފުގަހުރެ.އެކަންތައް އެހެން މެދުވަރިވަނީ ސަރުކާރުގެ ނާގާބިލް ކަމާއި ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމާމެދު ޝައްކެއްނުކުރަން.

  16. އަހައްމަދޫ

    އަދިވެސް ވިސްނަ ވިސްނާ ތިބެނީ. ގައުމު ބޮއްސުންލައި އޮޔާދާއިރުވެސް. ބަންގާޅީންކަންތައްވެސް ހަމަ އެހެން. ފިޔަވަޅު އެޅުމެއް ނޯވޭތަ. މިހާރު ދައުރު ހަމަވަނީ ވިސްނަ ވިސްނާ ތިއްބާ

  17. އަރަބި

    އަފްރާސީމްގެ ގާތިލް އޮޅުވާލަން ވެގެން ދެފަހަރު ދެގޮތަށް ވާހަކަ ދައްކައިގެން އެކަން ފޮރުވި މީހެއްމީ، މީނަ ކުއްވެރި ނުވޭތަ؟ ގަތުލަކަށް ވުރެއްބޮޑު ކުށެއްނެތް ހެންހީވަނީ. ލާރިކޮޅަކާ ބާރާހެދި ގާތިލުން އޮޅޭގޮތަށްވެސް ވާހަކަ ދައްކާފައި ހުރީ. މިކަމުގެ ޒިންމާ މިސޮރު ނަގަންޖެހޭނެ ދުވަހެއް އައްނާނެދޯ އަދި.

  18. އަދާލަތު

    ޕާޓީ އޮފީސް ތެރޭގައި ރޭޕް ކުރިއޭ ކިޔައިން އަނހެނެއް ފަހަތުން ދުވާ ވީޑިއޯއެއް ދުށިން. މީ ކިހިނެއްވާ ކަމެއްބާ؟ މިކަމާ ހެދި ފިތި ކޮޅަކަށް ޖެހިނުލެވިފަ ހުރިހެން ހާދަހީވެޔޭ، އެއްޗެއްބުނީ ރޭޕް ބޮލުގައި އަޅުވާފަ ޖަލަށްދޯ؟ މިހާރުވެސް ފިތިފަ 2023 ގެ ފަހުންވެސް ފިތިފަދޯ އިންނާނީ. ލޮލް

  19. އަހަރެން...

    ކުރިން ސަރުކާރިގެ ކަމެއްނޫންތަ މިވެސް...

  20. އާދަނު

    ކުށްކޮށްގެން ގެނައި ވެރިކަމެއްގައި ކުށްކުރާނެ! އަމާންކަން ގެއްލޭނެ! އެއީ ޤުދުރަތީ ޤާނޫނު! މީހެއްގެ ބޮލުގައި ސާފުބަހުން އިންސާނެއްގެ މަރުގެ އިލްޒާމު އެޅުވި މީހެއް ކަލޭ ތީ!

  21. ގުދޯ ގުދޯ

    ގުދޯ ގުދޯ. ގުދޯ ގުދޯ.