އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހުއްޓުވުމުގެ ބިލަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެންބަރުން ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ އޭނާގެ ލީޑާޝިޕްގައި އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ހުށަހެޅުނު ކަމަކީ "އިންޑިއާ އައުޓް" ހުއްޓުވުމުގެ ބިލު ކަމަށް ވީއިރު، އެ ބިލާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް ހުރި ކަމަށެވެ.

"ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ، ސަރުކާރުގެ އެކި އެކި ކަންކަމަށް ބޭނުންވާ މެންބަރުން، އެ ބިލާއި މެދު، ވަރަށް ބޮޑު ހިތްނުތަނަވަސް ކަމެއް، ގަބޫލު ނޫން ކަމެއްގެ ގޮތުގައި ދެކުނު،" ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަލަށް އިންތިޚާބު ކުރެވުނު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕުން މިކަން އަލުން ތާވަލުކޮށް ވީ އެންމެ އަވަހަކަށް ގޮތެއް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ގޮތެއް ނިންމުމުގައި ސަރުކާރުގެ ޚިޔާލު އަނެއްކާ ވެސް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ގްރޫޕްގެ ލީޑަރަކަށް އިންތިޚާބުވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ޑެޕިއުޓީ ލީޑަރަކަށް އިންތިޚާބުވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" ނަމުގައި އޮތް ބިލުގައި ވަނީ، ޚާރިޖީ ގުޅުންތަކާއި ދެކޮޅަށް ވާހަކަ ފަތުރާނަމަ ޖަލު އަދަބެއް ދޭން ނިންމައިފައެވެ.

އިންޑިއާއާއި މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ވެސް ސަރުކާރުން ނިންމާފައިވެއެވެ. މި ގޮތުން، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ވެސް ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހިންގެވުމުގައި މިހާރު އިސްކޮށް ހުންނެވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. އެ ޝިއާރު ހިމެނޭ ޓީޝާޓް ތުރު ކުރައްވައިގެން އެމަނިކުފާނު ގެންދަވަނީ ރަށްރަށަށް ވެސް ވަޑައިގަންނަވަމުންނެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިންޑިޔާ އައުޓް

    ތި ހެން ކިޔާފަވެސް އެކަހަލަ ގާނޫނު ފާސްކުރަން ވޯޓު ދީފާނެ. މުނާފިގު މީހުން ވަރަށްވުރެ ގިނައީ

    49
  2. ކ

    ޕާރޓީގެ އެތެރޭގައި ރެނދުލާފައިވާ މިންވަރު ދޭހަވޭ އިރާދަ ކުރެއްވިއްޔާ ތިޔަ ޕާރޓީ 2023 ގގައި ބޮޑު ތަނުން ބަލިވާނެ ބަލިވާނީ ތިޔަ ޕާރޓީގެ މެންބަރުން އިދިކޮޅު ކެނޑިޑޭޓަށް ވޯޓް ދީގެން މިއީ ފެންނަ ބޮޑު މަންޒަރު ސޯލިހު ފޭލް ވާނީ ވެސް އާޒިމެންގެ ވޯޓުން ބަލަން ތިބޭ

    23
  3. ސޫއޫދު

    ރިއާސީއިންތިހާބު ކާރިވާވަރަކައް ފެއްނާނީ ތިމަންޒަރު އިންތިހާބު އިދިކޮޅައްލިބުނީ ގޮނޑިތަކެއްބަދަލުވާނީ ނަޝީދުގެ އެއްމެފުރަތަމަ ޓުވަރިޒަން މިނިސްޓަރް ވެސްފަހުން މިއަހަރުބުނެފަވޭ އޭރުކުރި ކަންތައްވެސް ގަބޫލެއްނުކުރެވެއޭ ލާރިބޭނުންވެގެން އޭރުގެރައީސް ކުރީއޭ މިއަދު ޒިޔާރަތްކުރާ ފަތުރުވެރިން ގިނަވީމަވެސް އެމްޑީޕީ ސަރުކާރުން އެމީހުންގެ މޮޅުކަމެއްގެ ގޮތުގަ ޕުރޮމޯޓްކުރަނީ ވެސް

  4. ސަރޭ

    އިންޑިޔާއާ ދިވެހިންނާދޭތެރޭ އެއްވެސް މައަސަލަ އެއްނެތް،މައްސަލަ އަކީ ގަމުތަކާ އެކު ގުޅުން ގެން ގުޅޭ ގޮތް އެކަން ކުރަންތިބި މީހުންނަށް ނޭގުން.

    38
  5. ޢަހުމަދު1

    ބިހަކަށް މިނިވަންކަން ވިއްކާލި ސަރުކާރު.

    47
  6. ރައްޔިތުމީހާ

    މިދިވެހި ގައުމަށް ހެޔޮއެދޭ ޤައުމުދެކެ ލޯބިވާ ބޭފުޅެއްނަމަ އެބިލަކަށް ތާޢީދު ނުކުރައްވާނެ!
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    14
  7. ހުސޭނުބޭ

    މިނިވަންކަމަކީ ކޮން އެއްޗެއްކަން އިހްސާސްވާ ބައެއް ތިބޭނީކަން ނޭގެ

  8. އަޙްމަދު

    ތިޔައި ޤައުމުދެކެ ލޯބިވާ މީހުންނަކީ!

    19
    4
  9. ރައްދު

    "އިންޑިއާ އައުޓް" ހުއްޓުވުމަށް ކުރާ މަސައް ކަތްތައް
    މިހާރުން މިހާރަށް ހުއްޓާލުމަށް ސަރު ކާރަށް ގޮވާލަމެވެ
    މިހަރަ ކާތް ހުއްޓުވުމަށް ކުރާ މަސައް ކަތުގައި މޑޕ ގައި
    ހިމެނޭ ގައުމަށް އިޚްލާސްތެތި ރައްޔިތުން ބައިވެރިވާން
    މަޖުބޫރު ނުކު ކުރުމަށް މާފިޔާ ގޭންގަށް ގޮވާލަމެވެ.

    10
    1
  10. އަލީ

    ކޯސްޓު ސަރަހައްދު މިޒަމާނުގައި ބަލަހައްޓަނީ ޑްރޯން ބޭނުންކޮށްގެން. ހެލިކޮޕްޓަރު ބޭނުންކުރި ޒަމާން ހިގައްޖެ.

    11
  11. ޖާނޭ

    ވިޔަފާރީގެ މުވާމަލާތު ކުރާ ކޮންމެ ޤައުމަކުން މިލިޓަރީ މީހުން ތިބޭކަމަށް ވަނީނަމަ، އިންޑިއާ ސިފައިން އަނި ތެނަ ޖެހޭ ސަބަބެއް ނުވިސްނޭ. ޢެހެނަކަމަށްވާނަމަ ސިންގަޕޫރު. މެލޭސިއާ، ޗައިނާ، ސައުތު ކޮރެއާ، ދެކުނު އެފްރިކާ، ތައިލޭންޑް، ޔޫ.ޢޭ.އީ، ކެންޔާ، ތުރުކީ، ނޭޕާލް، ބޫޓާން، ސައުދީ އެރޭބިއާ، ކުވައިތު،ބަހްރައިން. މިހެންގޮސް އެއްޗެއް އެތެރެ ކުރާތީ ސިފައިން ބައިތިއްބަން ޖެހޭނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިފައިން ތިބެން ޖެހޭނެނޫންތޯ؟ ވަކިން ޚާއްޞަކޮށްގެން އިންޑިއާ ސިފައިން ތިބުމުން ސަރުކާރުން މިދައްކާ ހުއްޖަތް ތާކުން ތާކު ނުޖެހޭ.

    12
  12. އަބްދޫ

    ދިވެހިރާއްޖެ ދެވަނަ އަފްގަނިސްތާނަށް ބަދަލުވެގެން ދާތަންދެކެން ގައުމުދެކެ ލޯބިވާ އެއްވެސް ދިވެއްސަކު ބޭނުންވެދާނެކަމަށް ނުދެކެން. އަފްގާނިސްތާނަށް ވެގެންދިޔައީވެސް އޭރު އަފްގާނުގެ ވެރިކަންކުރަންތިބި ބަޔަކު ރަސިޔާ ސަރުކާރާއެކު އެގްރީމެންޓް ހަދައިގެން ރަސިޔާ ސިފައިން އަފްގާނިސްތާނުގާ މަރުކަޒުކުރުވުން. ރާއްޖޭގަ ވެސް މިހާރު ދިމާވެގެން އުޅޭ މައްސަލަޔަކީ އިންޑިޔާއާއެކު އެގްރީމަންޓް ތަކެއްހަދައިގެން ރާއްޖޭގެ ގާނޫނުއަސަސީއާ ހިލާފަށް ދިވެހިގައުމުގެ 4 ސަރަހައްދުގާ އިންޑިޔާގެ އަސްކަރީން މަރުކަޒުކުރުވުން .މިފަދަ ކަންކަމުގަ ރާއްޖޭނެ ބޭރުގަ ކަންހިގަފައިވާގޮތަށް ވިސްނުމެއްނެތި މިކުރެއްވި އަސްކަރީންގެ މަރުކަޒުތަކުގެ ސަބަބުން ދުިވެހިންގެތެރެ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތް އުފެދުމުގެ ފުރުސަތު މުސްތަގުބަލްގަ ނާންނާނެކަމަށް ބުނުން ދަތި. މިއީ ވަރަށް ނުރައކާތެރި މަގަކުން އެމްޑީޕީ ސަރުކާރުތަކުން ކޮށާފަ އޮތް މަގުތަކެއް. ވީމާ މިސަރުކާރުންއަވަސް ފުރުސަތެއްގަ އެކަން ބަދލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރަން،

  13. އަބްދޫ

    އިންޑިޔާ އައުޓް ހުއްޓުވުމުގެ ބިލުގެ ސަބަބުން ދެމން ފެނިގެދާނީ ހަތިޔާރު އެޅި ޓެރަރިސްތް ޖަމާއަތް އުފެދުން ކަމުގަ ވެދާނެ. އިންޑިޔާ އައުޓް ގެ އަނގަމަތީގަ ގާނޫނުއަސަސީގެ 27 ވަނަ މާއްދާގެ ބާރުކަނޑުވަން ހަދާ ބިލަކީ ގައިމު ވެސް ގާނޫނުއަސަސުިއާހިލާފު ވުން ނޫންކަމަކަށް ނުވާނެ. މިގާނޫނުގެ ސަބަބުން ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތް އުފެދުމަކީ ވެދާނެ ގޮތެއްކަމަށް ވިސްނެވުނ ބުއްދިވެރި

  14. Anonymous

    އާޒިމު ވެސް ތެދު ހަދަންޏާ މަގުމައްޗަށް ނިކުމެ ތިހެން ގޮވަންވީ. އޭރުން ގަބޫލުކުރާނީ.

    11
  15. ވިސްނާ

    އަމިއްލަގައުމަ، ގައުމުގެ ރަށްޔިތުންގެ މަށްޗަށް ކުލުނާލޯބިހުންނަނަމަ ، ސަލާމަތްބުއްދިއެއް
    ހުންނަފަރާތެއް ތެދުވެރިކަމާ، އަމާނާތްތެރުކަމާ މީހެއްގެ،ބައެއްގެ ދަށުނުވާފަރާތަކުން މިނިވަންކަމާ އަމާންކަންބޭނުންވާނެ އަދި އެކަންދެމެހެއްޓުމަށްވިސްނާ މަސައްކަތްކުރައްވާނެވީމާ، މުސްލިމުންނާދެކޮޅު ﷲއަށްޝަރީކްކޮށް ގެރިއަށް، ހިލަހިލަގަނޑަށް އަޅުކަންކުރާ ރޭޕްގެރެކޯޑް އޮންނަގައުމެއްގެސިފައިން އެމީހުންގެ އަމިއްލަގައުމު އިސްލާހުނުކޮށް ނުވަތަ ކުރަންނޫޅި އެހެންގައުމަކަށް އަރާމާހެޔޮއެދިގެން ރަގަޅުބައެއްކަމަށް ދެއްކެންނޫލޭނެކަމަށްބެލެވޭ އެހެންއެދުމެއްނެތިއެއް ހަރުބަހެއްގައި ބުނޭ '' އެދުމެއްނެތި ވެދުމެއްނުކުރާނޭ''ވީމާ، މިޒާތުގެ ބައެއްގެ އައުޓަށްގޮވުމަކީ ކުރަންޖެހޭކަމެއް އެހެންގޮވުމުގެ އިތުރަށް އައުޓްކުރަންވެސްޖެހޭ ނޫނީ...............