މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް 123 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު އޮތް މީޑިއާ އިވެންޓުގައި ފުލުހުން ވަނީ ކުރިން ހާމަކޮށްފައިނުވާ ހައްސާސް އެތައް މައްސަލައަކާ ގުޅޭ މައުލޫމާތު ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ހިއްސާކޮށްފައެވެ.

މިއިވެންޓުގައި ފުލުހުން ވިދާޅުވީ މިދިޔަ ޑިސެންބަރު މަހުން ފެށިގެން މާލޭ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 123,907,617 ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން 700 އަށް ވުރެ ގިނަ މީހުން ބަލާ ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ޖުމުލަ 349 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 300 ފިރިހެނުންނާއި، 45 ބިދޭސީންނާއި އަދި ހަތަރު ކުޑަ ކުއްޖެކެވެ.

މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި 701 މީހަކު 3024 ފަހަރަށް ބަލާ ފާސްކޮށްފައިވާއިރު އޭގެ ތެރޭގައި 518 ފިރިހެނުންނާއި 51 އަންހެނަކާއި 111 ބިދޭސީންނާއި އެއްވެސް ސައްހަ ލިޔެކިއުމެއް ނެތް 47 ބިދޭސީންނާއި އަދި 21 ކުޑަކުއްޖަކު ހިމެނެއެވެ.

އަދި މި އޮޕަރޭޝަންތަކުގައި ފުލުހުން 30 މިސްކިތެއް ބަލާ ފާސްކުރީއިރު، 43 ކެފޭ/ ރެސްޓޯރެންޓާއި، ކަނޑުމަތިން 21 އުޅަނދާއި، އަދި ކުއްތާ ބޭނުންކޮށްގެން 20 ސަރަހައްދެއް ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. އެގޮތުން މި އޮޕަރޭޝަނުގައި މިސްކިތްތައް ބަލާ ފާސްކޮށްފައިވަނީ އާންމުކޮށް މިފަދަ ޑްރަގުގެ ކަންކަމުގައި އުޅޭ މީހުންނަކީ ވަންނާނެ ތަނެއް ނެތި މިސްކިތްތަކުގައި ނިދާ ބަޔަކަށް ވުމުން އެފަދަ ފަރާތްތަކުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރުމަށް މިސްކިތްތައް ބޭނުން ނުކުރާކަން ޔަގީން ކުރުމުގެ ގޮތުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތަށް ބަލާ ފާސްކުރެވުނު މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ފެނިފައެވެ. މިގޮތުން ފެނިފައިވާ ފައިސާގެ ތެރޭގައި، 607965 ދިވެހި ރުފިޔާ އާއި، 34400 ތައިލޭންޑް ފައިސާ އާއި، 7980 އެމެރިކާ ޑޮލަރާއި، 180 އިންޑިއާ ރުޕީސް އާއި، 18900ސްރީލަންކާ ރުޕީސް އާއި 10،000 އުޒްބަކިސްތާން ފައިސާގެ އިތުރުން 2520 ޕާކިސްތާން ރުޕީސް ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން މި އޮޕަރޭޝަންތަކުގައި މާލެއިން އެކަނިވެސް 12،375،4270.5 ދިވެހި ރުފިޔާއާއި އެއްވަރުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު ހުޅުމާލެއިން 153،346.5 ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބިލީސް

    ކަންކަނަށް ބިތް ޖެހިފައި ތިބޭ ކުދިންކޮޅު އަތުން ފޭރި އެމީހުން ހައްޔަރު ކޮށް އަނިޔާކުރީމަ ވ މޮޅު ކަމެއް ހިތާ މި އިއުލާނު ކުރަނީ. ހަޤީޤީ މިކަމުގެ ވިޔަފާރިވެރިން ހަމަޖެހިލައިގެން ރަށު ތެރޭ އެނބުރެނީ. އެއީ ކޮންބަޔެއްކަން އެނގިތިބެ ހައްޔަރު ނުކޮށް ކަހާތަން ހިރުވާވެސްނުލާ ޓީވީ އަށް އަރާ މޮޅެތި ސްޓަންޓްޖައްސަނީ.

  2. މުހައްމަދު އަންޖުމް

    ފަހެ ކޮންތާކުގަ ހުރީމަތޯ ތިޔަފަދަ ބައިވަރެއް ތިޔަ ހޯއްދަވަނީ ނޫނީ ކިހިނެއް ހޯދައިގެން ބަހައްޓާފައި ހުރީމަތޯ ތިޔައަތުލައްވަނީ ބުނެވޭނީ ތީހަމަ ކުޅޭ ޑުރާމާތަކެއްގެ ބާބުތަކެކޭ އެހެންނަ މުޅިސަރުކާރު ހުރިހާބާރެއް އެއކޮޅެއްގައި ތިބެގެން ނިކަމެތި އަންހެން ވެރިން ދިދައެއް ހޫރާލާއިރަށް އެބަ ހުއްޓުވޭ ނަމަވެސް ވައްކަމާ ފޭރުމާ ބަދުއަޚުލާގީ އަމަލްތަކާ އިސްލާމްދީން ފަނާކޮށް ނިމިދާއިރުވެސް އެކަމެއް ނުހުއްޓުވޭ ދެންބުނޭ ކޮވިޑޭ މިހެންކިޔާ ކެމްޕެއިނަށް އެންމެން ނިކުމެ މަޖާކުރޔން ނޫންކަމެއް އަދިނުކުރެވޭ ހެހެހެހެހޭ