ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެއް ކަމަށެވެ. މި ނިޒާމު ޤާއިމުކުރުމާއި ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވާ، އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މަޢުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ޤާއިމްކޮށް ދަޢުލަތުގެ އިދާރާތަކަށާއި ދަޢުލަތް ހިއްސާވާ ކުންފުނިތަކަށް މި ޚިދުމަތް ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ(އެން.ސީ.އައި.ޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) ގުޅިގެން ތަރައްޤީކޮށް ހިންގުން ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓީޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑްކޮށް އައު ނަމްބަރިން ސިސްޓަމަކާއެކު ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީއާ ޑީއެންއާރު ގުޅިގެން ތަރައްޤީކޮށް ހިންގުމާއި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުންވެސް ހިމެނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ޙާޞިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ޤާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ނިންމި ނަމަވެސް އެކަން ކުރެވޭނެ ދުވަހެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޯ

    އިންޑިޔާ ކުންފުންޏަކަށް ދީ ދެން

    10
  2. ޙޔހޔ

    ޕެގަސުސް

  3. ޙސ

    2023 ގެ އިލެކްޝަން....................

    14
  4. ސަލްލް

    ތިކަން ކޮއްނިމޭއިރު އެންމެންނައް އިންޑިޔާ ރައްޔިތު އައިޑެންޓިޓީކާޑުވެސް ލިބުން އެކަށީގެންވޭ. މިހާރު އަމްބާނީ އަށް ރާއްޖެގެ އިންޓަނެޓުވެސް އެއޮތީ ދީފަ. ދެން އައިްޑެންޓިޓީ ނިޒާމާއި ބޯޑާރ ކޮންޓުރޯލާއި އަސްކަރިއްޔާއާއި ކަނޑުތަކުގެ ސެކިއުރިޓީއާއި އޭވިއޭޝަން ސެކިއުރިޓީ ދީފަ އިންޑިޔާއިން ބަޖެޓުގެ 400 ޕަސެންޓު ލޯނުނެގީމަ ދިވެހިން ދެން ތިބޭނީ ދެފައިގައި ނަޓުއެޅިފަނުން. ސޯލިހު ހަނދާން ކުރާތީ އަދި ދުވަހެއް އެބައޮތްކަން.

  5. ޢަދުރޭ

    ރާއްޖެ ތި ދެމިލީ ދެން އުޅޭނީ އެމެރިކާއަށްވުރެ ވެސް ކުރީގަ . މިހެންވެގެންނޭ ސޯލިބެ ވެރިކަމުގަ ބަހައްޓަންވީ

    2
    5
  6. އަހްމަދު

    މިހާރު އުޅެވޭ ވަރަށް ވެސް މިނިވަންކަމާ އެކީ އޭރުން ނޫޅެވޭނެ

  7. ކާފަބޭ2020

    ބާކީނުވެހުރިކަންތައްވެސް ތިޔަހަވާލުކުރެވެނީ ދެންމަދުވާނީ އަނބިދަރިން ބަލަހައްޓާނިޒާމެއް ޤާއިމްކުރުން އޭރުންފިރިން އޮފްޝޯޕްލެޓްފޯމުތަކުގަ ގައިމޮޑެފަޑޮލަރުހޯދާޑޮލަރުދީފަ ހަވާލުވާންގެއަށް ސަޅިދޯ؟

  8. 😠😠😠

    ތިކަމާ ދެކޮޅު. އެންމެން ތެދުވޭޭޭެެެ.

  9. ހިންދުކަރަ

    2023އަށް ވޯޓް އޮޅުވާލަން ވާތައްޔާރު... ބޭފުޅުންނޭ ހޭވެރިވޭ