އެމްއެންޑީއެފްގެ އުޅަނދަކަށް ދަގަނޑު ފޮށިތަކެއް އެރުވީ އިންޑިއާ މީހުންކަން އެމްއެންޑީއެފް އިން މިރޭ ކަށަވަރު ކޮށްދީފިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކެއްގައި ދަގަނޑު ފޮށިތަކެއް އިންޑިއާ ބަޔަކު އެމްއެންޑީއެފްގެ ވެހިކަލަކަށް އަރުވާ މަންޒަރެވެ. އެފޮށިތަކުގައި ހުރީ ކޮންއެއްޗެއްތޯ ނޫސްވެރިން ސުވާލު ކުރަމުން އަންނަތާ ދެތިން ދުވަސް ފަހުން އެމްއެންޑީއެފް އިން މިރޭ ވަނީ އެއީ އިންޑިއާގެ ޓެކްނީޝަނުން އުފުލި ފޮށިތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް ފޮށީގައި ހުރީ ސީދާ ކޮންއެއްޗެއް ކަމެއް އެމްއެންޑީއެފް އިން މިރޭ ވެސް ނުބުނެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ މީޑިއާއަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓކައި އެކުވެރި ދަޢުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

މިގޮތުން ކޯސްޓްގާޑްގެ ޚިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެދަށުންކަން ފާހަގަކުރާކަމަށް ކެޕްޓަން ހަނާ ވިދާޅުވިއެވެ. އަދި މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފް އިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެޤައުމަކުން ފޮނުވާ ޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސްކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަރާތްތައް ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަމީހުންގެ މަޢުލޫމާތާއި ގެނެވޭ ތަކެތީގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަލިބިގެން މެނުވީ ދަތުރު ކުރަމުން ނުދާ ކަމަށް ވެސް ކެޕްޓަން ހަނާ ވިދާޅުވިއެވެ.

ދައުރުވަމުންދާ ފޮޓޯތަކާއި ގުޅޭ ގޮތުން ކެޕްޓަން ހަނާ ވިދާޅުވީ ވެހިކަލަކަށް ފޮށިތަކެއް އަރުވާފައި ވަނީ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ "ޝިޕް ކާމިޔާބު" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި އިންޑިއާގެ ދެސިވިލް ޓެކްނީޝަނުން ކަމަށެވެ. މިމީހުން މިމަހުގެ 19 ގައި ފުރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިގޮތަށް އަންނަޓީމުތައް އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ގުޅިގެންކަމަށް ވެސް ކެޕްޓަން ހަނާ ވިދާޅުވިއެވެ.

އިންޑިއާގެ އިންޖިނިއަރުން ކަމަށް ބުނާ މީހުން އުފުލި ފޮށިތަކުގައި ހުރީ ކޯޗެއްކަން އެމްއެންޑީއެފް އިން ހާމަ ނުކުރުނިނަމަވެސް، ބައެއް ތަޖުރިބާކަރުން ބުނާ ގޮތުގައި އެ ފޮޓޯތަކުން ފެންނަނީ ސިގްނަލް އިންޓަސެޕްޝަން ކިޓުތަކެކެވެ. އެފަދަ ކިޓުތައް ބޭނުންކޮށްގެން އެކިއެކި މުވާސަލާތީ ވަސީލަތްތަކުން ދައްކާ ވާހަކަ އަދި ބަދަލު ކުރާ މެސެޖު އަޑު އަހައި ބެލޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ މިރޭ ވިދާޅުވީ 2021 ވަނަ އަހަރުގެ ފަހުކޮޅު ވެސް "ޝިޕް ހުރަވީ" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީ ޑޮކްޔާޑުން ސިވިލް ދެޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ލޫޓުވާ

    މިހާ ދުވަސްވީއިރު އެފެންވަރުގެ ޓެކްނީޝަނެއް އެމްއެންޑީއެފްގައި ނެތީކީއްވެ؟ މިސަރުކާރުއައިފަހުން ފާޑުގެ ޓެކްނީޝަނުން މިއަންނަނީ. ވެރިކަންކުރަން ދަސްކޮށްދޭންވެސް ބީޖޭޕީގެ ޓެކްނީޝަނުން އަދި ގެންނާނެ.

    47
    2
  2. މަރީ

    އޭގަ ހުރީ ހަތިޔާރު.

    28
  3. ދެބޯގެރި

    ހުސް ދޮގު ހުސް ދޮގު ވަޒީފާ ބޭޏުމިއްޔާ ވެރިން ބުނާހާ އެއްޗެއް ބުނަންޖެހޭނީ އޮޅުވާލިޔަސް ތީ ބޮޑުވަރެއް އިންޑިޔާ ސިފައިން ހިމާޔަތްކުރިއަސް ތީ ބޮޑުވަރު ދއްކިވާހަކަތަކުން މައްސަލައިގެ ނުރައްކާތެރިކަން ކަށަވަރުވެ ޔަޤީންވެއްޖެ

    42
  4. ވިސްނާލުމަށް އެދެމޭ

    އަސްކަރިއްޔާގަ އުޅެފަތިބި ތަޖުރިބާ ކާރުން ބުނަނީ އޭގަހުންނާނީ ވަޒަން ބަނޑި ފަދަ ތަކެތި ކަމަށް..އެއީ މީގެކުރިން ދިވެހި ސިފައިން ކޮނޑުގަ އުފުލާ ބޭލި ތަކެއްޗަށްވީމަ އޭމީހުންނަ އޮޅުވާނުލެވޭނެކަމަށް.

    30
  5. ދިވެހި

    ދިވެހިންނަށް މާބޮޑަށް އެނގެނީ... ފެންނަ ކޮންމެ ކަމެއް ސިޔާސީ ކުރެވޭތޯ ނޫޅެބަލަ... އަމަޔާ ބަފާވެސް ސިޔާސީ ކުރުން ކަމަކީ..

    2
    46
  6. ނުބުނާނަން

    ކަލޭމެން ގުނބޯ ހައްދާ އެހެން މީހުން. ޒަމާނާ ބަދަލް ގަޔާހޭ މެރޭ ދޯސްތް. ޓެކްނިކަލް ބޭނުމައް ޓެކްޓިކަލް ސާމާނު އުފުލަންވީ ކޮން ބޭނުމަކު؟

    28
  7. އަބްސީ

    އިންޑިއާ އިން ދެން ކިޔާ

    12
  8. ފާރޫގު

    މިއީ އިންޑިއާގެ ޖާސޫސީ އިދާރާ އިން ހިންގި ހަރަކާތެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ. ތިޔަ މާރިޔާ އާ ހަމީދުމެން ތެދެއް ނަހަދާ.

    28
  9. ާސަމްސިއްޔާ

    ތިޔަބުނާ ޢުޅަނދުތައް މަރާމާރު ކުރަން ބޭނުންވަ ސާމާނާކީ ކުރީނައިގައި މިނިސްޓްރީއަަށް ފޮނުވައިގެން ހުއްދަ ހޯދަން ޖެހޭ ތަކެއްތިތަ؟؟ ޢެއްގޮތަކަށްވެސް ނުވިސްނުނު. އަަހރުމެން މިރާއްޖޭގައި މަތިންދާބޯޓިވެސް މަރާމާތުކުރޭ. ލައްކަ ހުއްދަ ހޯދަން ޖެހޭނެތާ.

    21
    1
  10. ލަކީ

    ޙެހެ ހެ. ހާދަ މޮޅު ބަޔެކޭ ރާއްޖޭގަ މިއުޅެނީ ދަނގަންޑު ފޮށިތަކުގެ އެތެރޭގަ ހުންނަ އެއްޗެހި އެބައެނގޭ އެހެންވީމަ އެއާޕޯޓްތަކުގަ ސުކޭން ކުރާމެޝިން އުކާލާފަ ތި މޮޅު ތަޖުރިބާ ކާރުން ބެހެއް
    ޓީމަ މާރަންގަޅުވާނެ ީީީ

    4
    29
  11. ާހަންކެޑެ

    މަކަރާހީލަތްތެރިކަން ދަށްކާނަމަ އެކަމުގައިބައިވެރިވާ އެންމެންގެމަށްޗަށް ޝަރީއަތްކުރެވޭނެކަން ހަނދާނުގައި ބަހަށްޓައިގެން ތިބޭތި އޮޅުވާލެވޭނީ ވަކިވަރަކަށް ޖާސޫސުންތިބޭނީ ހަމައެކަނި އެމްއެންޑީއެފަކު ނޫންކަން ދަންނަންޖެހޭނެ .

    23
  12. މިތުރާ

    ޢޭގެހުރީ ހަތިޔާރު ކަމަށްވެސް ދާނެ،،،،ހުރިހާވާހަކަ މީޑިޔާގަ އާއްމުނުކުރެވޭނެ،،،،ހާއްސަކޮށްސަލާމތާބެހޭ ސިއްރުތައް🤔

    3
    18
  13. ނަނަނަ

    ވަޓް އަ ލޯޑް އޮފް ނޮންސެންސް.. ÷ޕުޓިން ވެސް ތިއަށްވުރެ ތެދު ހަދާ..

    18
    1
  14. Anonymous

    މިސަރުކާރުގެ ވެރިން މިގައުމުގެ ސަލާމަތީ ބާރުތަކަށް އެއްވެސް އިތުބާރެއް ނުކުރާކަން މިކަމުން ދޭހަވަނީ، އެހެންނޫންނަމަ އެހެންގައުމެއްގެ ސިފައިން މިގައުމުގަ ބައިތިއްބާކަށް ނުޖެހޭނެ.

    23
  15. އިންޖީނަރ

    ހަނާ. ތިއީ ކަނޑު ދުއްވާ އުޅަދެއް، އަދި ނޭވީ ބޯޓެއް .
    ހުންނާ ރިޕެއަރ ކުރަން ކޯއްޗެއް.
    1.މެއިން އިންހީނަރ
    2. ޖެނެރޭޓަރ
    3=ފެން ޕްލާންޓް
    4. އޮކްޒަލަރީ މެޝިނަރީޒްތައް.
    5= ހުންގާނު ޖެކް
    6.ރާޑަރތައް
    7.އަރޕާ
    8.ނެވިގޭޝަނަލް އެއިޑްސް
    9.ވެދަރ އެއިޑްސް
    10. ހަރުކޮށްފަ ހުންނަ މެޝިން ބަޑި
    11.ވިންޑްލާސް
    ބަދިގޭ ގައި އުދުންތައް.
    ޖާސޫސު ކުރުމަށް ހަރުކޮށްފަ ހުންނަ ޑިވައިސްތައް.
    ހަނާ މިފަދަ މަސައްކަތްކުރާ ވ މޮޅު ޓެކްނީޝަނުން، ރާއްޖޭގައި އެބަތިބި އަދި ސިފައިންގެ ތެރޭ ތިބޭނެ. ސާފުތޯ. ތިއީ ނުރައްކާތެރި ޖާސޫސީ ސާމާނާއި ލުއި ހަތިޔާރު ނޫން ކޯއްޗެއްތޯ. ނުވަތަ ޗޮކްލެޓް އާއި ބިސް އަދި ބިރިޔާނީތޯ.

    27
  16. ނަޒީ

    ޑްރްގާއި ހަތިޔާރު

  17. ސޯނިއާ ރައިކަލް

    ކޮންމެހެން ބަލަންޖެހޭތަ އޭގަ ހުރި އެއްޗެއް. ނޫސްވެރިން ވެސް މިހާރު ދޯ.....

    1
    8
  18. ސުވަލަފިންދަ

    އޭގަހުރީ ނިއުކްލިއަރ މިސައިލް އެމިސައިލްތައް ހަރުކުށްނިންމާފަ އެމީހުން އެފުރީ އެމިސައިލްތައް އަމާޒުކޮށްފަ ހުރީ ހެންވޭރުކޮޅުގަ ހަދާ ވަރަށްބޮޑު އިމާރާތަކަށް

    1
    8
  19. ސޯލިބޭ

    އެފޮށިތަކުގައި ހުރީ ދެބިސްމާރިއާ.

    6
    1