މަސްތުވާތަކެއްޗާއެކު ނ.ހޮޅުދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ ހޮޅުދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މިދެމީހުންގެ ތެރެއިން 25 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާ އެއްޗެއް އަޅާފައިވާ 555 ރަބަރު ޕެކެޓު މިމީހާގެ އަތުން ފެނިފައިވާ ކަމަށެވެ. އަދި 30 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާ އެއްޗެއް އަޅާފައިވާ 3 ސެލޯފިންކޮޅު މިމީހާގެ އަތުން ފެނިފައިވާ ކަމަށެެވެ.

މިދެ މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިޔުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ. އެކަކަށް 10 ދުވަހުގެ މުއްދަތެއް އެކަކަށް ދީފައިވާއިރު އަނެއް މީހާއަށްވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކުރު

    ކޮބާތަ މަނަދޫގަ މަސްތުވާތަކެތި ވިއްކާމީހުން މިހާރު މުޅިރަށުގަ އެ އެކަމު ޕޮލިހަކަށް ނުފެނެ. ޕޮލިހުންއުޅެނީ އަންހެނުންނަށް ކަސްރަތުކޮށްދެން. މަނަދޫ ޕޮލިހުން މިކަމުގަ ޒިންމާނަގަންޖެހޭ.