ހުޅުމާލޭން މާލޭގެ ރައްޔިތުންނަށް ދޭން ކަނޑައަޅާފައިވާ 1،000 ގޯތި ހިލޭ ދޭން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސިޓީއެއް ފޮނުއްވައިިފިއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށް މީޑިއާއިން މައުލޫމާތު ލިބޭ 1،000 ގޯއްޗަކީ ހަގީގަތެއް ނަމަ، އެހެން ރަށްރަށް ފަދައިން މާލެ ރައްޔިތުންނަށް ވެސް ގޯތި ހިލޭ ދޭން އެދިވަޑައިގެން ރައީސް ސޯލިހަށް ރަސްމީކޮށް ސިޓީއެއް މެދުވެރިކޮށް ދަންނަވާފައިވާނެ ކަމަށެވެ.

ހުޅުމާލޭން 1،000 ގޯތި ދޫކުރަން ސަރުކާރުން ނިންމައި، އެ ނިންމުން އެޗްޑީސީއާއި ޚިއްސާ ކޮށްފައިވެއެވެ. އަދި ގޯތި ލިބޭ މީހުންގެ އުސޫލު ހެދުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މާލޭގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުންނާއި ބައްދަލު ކުރިއެވެ.

މި ކަމާއި ގުޅިގެން މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ބައްދަލުވުމެއް ބާއްވާފައެއް ނެތެވެ. އެ ކަން ކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ސިޓީ ކައުންސިލަށެވެ. ނަމަވެސް މި ކަން ސިޓީ ކައުންސިލާއި ޚިއްސާ ނުކުރާ ކަމަށް މޭޔަރު ކުރިން ވިދާޅުވެފައިވެއެވެ.

"މި ކަމުގައި މާލެ ސިޓީ ކައުންސިލް އަދި އެއްވެސް ވަރަކަށް ބައިވެރިއެއް ނުކުރައްވާ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ވެސް ސިޓީ ކައުންސިލް ބައިވެރި ކުރުވަން ޖެހޭ، އަދި މާލޭގެ ރައްޔިތުންގެ ކަންކަމުގައި ދުވަހުން ދުވަހަށް އުޅެން ޖެހޭ ބަޔަކީ ވެސް ސިޓީ ކައުންސިލް،" މޭޔަރުގެ މެސެޖްގައިވެއެވެ.

މި ކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެސް ގުޅުއްވިން ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށާއި އަނބުރާ ގުޅުއްވާފައި ނެތް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ މާލޭގެ ރަށްވެހިންނަށް ހުޅުމާލޭން 1،000 ގޯތި، ގުޅީފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދުން 2،000 ގޯތި، އަދި ގިރާވަރުފަޅު ހިއްކައިގެން އެ ސަރަހައްދުން 2،000 ގޯތި ދޫކުރުމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މިދިޔަ އަހަރުގެ ކައުންސިލް އިންތިޚާބާއި ހަމައަށް ވެސް މީގެ މަސައްކަތެއް ފެށިފައި ނުވާތީ މާލޭގެ ގިނަ ބަޔަކު ތިބީ ސަރުކާރާއި މެދު ނުރުހިފައެވެ. ނަތީޖާއެއްގެ ގޮތުން ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބުނީ އިދިކޮޅު ޕީޕީއެމްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެމްޑީޕީ ބުރޯ

    ނުޖެހޭނެ ހިލޭ ދޭކަށް! އަތޮޅުތެރެއިންވެސް ހިލޭދޭކަށް ނުޖެހޭނެ! އަތޮޅުތެރޭގަވެސް 1000 އަކަފޫޓައްވުރެން ބޮޑެތި ހުރިހާބިމެއް އަތުލާފަ 1000 ކަފޫޓުގެ ބިން ވިއްކަންވީ އެގޮތައް ރުހޭބަޔަކު ގަންނާނެ ނުރުހޭބަޔަކު ތުންދަމައިގެން މޫނުހަދާފަ ތިބެދާނެތާދޯ؟

    8
    17
  2. މަރީނޯ

    ހުޅުމާލެއިން 1000 ގޯތި ހިލޭދޭން މޭޔަރ އެދުމަކި މޭޔަރ ގެ ޖެއްސުން ކުރުން ހައްދު ފަހަނަޅާ ދިއުން ، ތިމާ އަތްމަތީ ބާރުތަށް އޮތްއިރު ކީއްވެ ގޯތި ހިލޭ ނުދިނީ ،،، މިހާރުދެން މާހެޔޮއެދޭ މީހަކަށް ހެދިގެން ރައްޔިތުން ގުބޯހައްދަން އުޅޭނެ ކަމެއްނެތް

    17
    10
  3. ނައީން

    ހުޅުމާލެއަކީ ބޮޑުއަގުދީފަ ދިވެހިހުރިހާ ރައްޔިތުންގެ ފައިސާއިން އެތައްޚަރަދެއްކޮށްގެން ހިއްކާފައޮތްތަނެއް، ރަށްރަށުން ދޫކުރާ ގޯތިތަކަކީ ޚަރަދުކޮށްގެން ހިއްކައިގެން ދޭ ގޯއްޗެއްނޫން، މާލޭމީހުންނަށްވެސް މާލޭން ގޯތި ދޭންވީ ހަމަހިލޭ، އެކަމަކު ހުޅުމާލެއިން ހިލޭ ހަމައެކަނި މާލޭމީހުންނަށް ގޯތި ދިނުމަކީ ވަރަށްބޮޑު ބޭއިންސާފެއް، އަޅުގަނޑު މާލޭގަ ދިރިއުޅޭތާ 26 އަހަރު މިވީ ސަރުކާރުގެ ވަޒީފާގަ، ސަރުކާރުގަ ސްޓޭމްޕް ޖެހި ލިޔުންތައް އަޅުގަނދު އަތުގަ ހުންނާނެ، އެކަމަކު ފލެޓްވެސް ނުލިބުނީ މުޢިއްޒު ކެޓަގަރީތައް ބަހާލިލެއް މޮޅުކަމުން، 40 އަހަރުން މަތިވެގެން ، ދެންއޭރުގަ އުޅުނު އޮފީސް ސިވިލްސަރވިސްދަށުންވަކިވެއްޖެ، ޓީޗަރެއްނޫން ނަރުހެއްނޫން ޑޮކްޓަރެއްނޫން އެކަނިވެރިމައެއްނޫން، ދަފްތަރަކު ނުޖެހެން މި ޝަކުވާތައް ހުށައެޅީމަ ވަގުތުން ދަފްތަރުގަ ޖެހުމަށް ފުރުސަތު ދިންނަމަވެސް، ފްލެޓްދިންއިރު ބަލާފައޮތީ ދަފްތަރުގަޖެހިގެން ގިނަދުވަސްވީ މީހުނަށް ޕޮއިންޓްގިނަކޮށް ވަގުތުން ދަފްތަރުގަ ޖެހުނު އެންމެން ބާކީކޮށްލާފަ، ހާލަތަށް ޕޮއިންޓް މަދުކޮށްފަ، ދިރިމިއުޅެނީ ވާރޭވެހެންޏާ ވާރޭގަ، ޥާރޭވެހެންޏާ 4 ފުޅިބުރި ގޭތެރޭގަ ބަހައްޓައިގެން، މޮޕްޖަހާ ބާލިދީވެސް ބައްޓައިގެން ފުރާޅު ފޫވެއްޓގެން ގޭތެރެއަށް ވާރޭވެހޭތީ، މީ މުއިއްޒުމެންނާހެދި އުޅެންޖެހުނުހާލު، ދުވަހަކުވެސް މިހަނދާން ނުނެތޭނެ މުއިއްޒު ހަނދާންކުރާތި، ފޮޓޯތަކާއެކެ ހާލަތު ބަޔާންކޮށް ޝަކުވާ ހުށައެޅިން ރައީސް އޮފީހުގަ ސިޓީއަކުން އާދޭސްދެންނެވިން. ވީކަމެއްނެތް،
    މިފަހަރުވެސް ތިއުޅެނީ ހަމައެކަހަލަކަމެއްކުރަން، އަޅުގަނޑުމެން މިހާލުގަ ތިއްބާ ހަމައެކަނި މާލޭމީހުންނަށް ހިލޭގޯތިދޭން މިހާރު، އަޅުގަނޑުމެން ދަފްތަރުގަޖެހިގެން ތިބެންވީ، އެއްވެސްގޮތެއްނެތް.
    މުއިއްޒަށް ވަރަށް ސަލާން.

    5
    4
    • ކަލޭ ދޯ

      ކަލޭ ކޮން ރަށު މީހާ ހުންނަނީ. ކަލޭ ރަށު ގޯތި ނުހުންނަނީ ތަ ކަލޭ މާލެ ގޯތި ބޭނުން ވަނީ. އަހަރެން މާލެ މީހާ ހުންނަނީ. ފަގީރު ހުންނަނީ. ބިން ނުހުންނަނީ. ހުރިހާ ރަށަކުން ގޯތި ދޭން ބުނީމަ ބުނަނީ ކަލޭ މިރަށު މީހާ ނުހުންނަނީ، ގޯތި ނުދެނީ. މިރަށު މީހުންނަށް މި ރަށު ގޯތި ދެނީ. ގޯތި ލިބުނީ، ރަށު މީހުން މައްސަލަ ޖައްސަނީ، ގޯތި އަތުލަނީ. މާލޭ މީހާ ވީމަ އަހަރެން ނިކަމެތިވަނީ މުޅި އާއިލާ ނިކަމެތި ވަނީ. މާލެ ބިން ނުހުންނަނީނު. ރަށު މީހުން ނަށް ރަށު ގޯތި މާލެ ފުލެޓް މާލެ ގަބުރުސްތާނު ވެސް. އާ ސަހަރާ އަބަދު ފުރެނީ އަބަދު ފުރެނީ އަހަރެން މާލެ މީހާ ހުންނަނީ މަރުވީމަ ވަޅުލާ ތަންވެސް ނުލިބެނީނު.....

      1
      1
  4. ތުހުފާ

    ހިލޭ ދީގެން ނުވާނެ އެކަށޭނަ އަތްފޯރާ އަގެއް ކަނޑައަޅާފަ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނަގަން ވީ

    16
    7
  5. ރަބަރޭ

    ކިހާބޮޑު އުނދަގުލަކާއި މިލާގަތީ ކަލޭތީ ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުން ކޮށް އުދަގޫކުރަށް ތިޔަ މަގާމަށް ލާފައި ހުރި ބޭރުފުށުން މާރަގަޅު މީހަކަށް ހެދިގެން އުޅޭ މީހެއްތަ ޔާމީނުގެ ވެރިކަމުގައި ކަލޭގެ މިނިސްޓަރު ކަމުގައި ކީތްވެގެންތަ ތިޔަކަން ތިޔަގޮތަށް ނުކުރީ ބޯކޮސް ވެދާނެ

    10
    7
  6. ޝުކުރިޔާ

    ރައީސް އިބުރާހިމް ސޯލިހައް މިހާރު ސަރުކާރު ހިންގިމުގެ ފުރުސަތެއް ނެތް އެމަނިކުފާނަކީ މިހާރު މާޒީ މިހާރުގެ ރައީސަކީ އެންމެފަހުން ރައީސް ކަމުގެހުވާކުރެއްވި ބޭފުޅާ އެއީ އެއްވަޤުތެއްގަ މިޤައުމުގަ ދެރައީސުން ތިބެން ޖެހޭނެކަމައް ޤާނޫނުއަސާސީގަ ބުނެފަ ނުވާތީ

    2
    2
  7. Anonymous

    މާލެއިން ހުޅުމާލެއިން ހިލޭ ބިމެއް ލިބޭމީހަކީ މިލިޔަނަރެއް އެއީ އެތަން ހަދައިގެން ކުއްޔައްދޭނީ އަތޮޅުތެރޭ މީހުނައް.