މި އަހަރުގެ ރޯދަ މަހަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހެޔޮ އެދުންތަކާ އެކު ރާއްޖެއަށް ދޭން ނިންމި 50 ޓަނުގެ ކަދުރު ހަވާލުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި ކަދުރުތަކާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާކުރި ނަމަވެސް މިފަހަރު އެކަން އެގޮތަށް ކޮށްފައި ނުވެއެވެ. އެހެންކަމުން މިފަހަރު ސަރުކާރުން ކަދުރު ބަހާފައެއް ނުވެއެވެ.

ކަދުރު ބެހުމަށް އިސްލާމިކް މިނިސްޓްރީން މިފަހަރު ނިންމާފައިވާ ގޮތް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން މިފަހަރު ކަދުރު ނުބެހި ނަމަވެސް އަމިއްލަ ޖަމިއްޔާތަކުން ވަނީ ރޯދަ މަހާއި ދިމާކޮށް އާއްމުންނަށް ކަދުރު ބަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދާދު

    ތިކާނީ ފާތުމަ.........

  2. ކަދުރު އަސާރަ

    އަންނަ އަަހަރަށް އަވަސް ކޮއްލީ
    މިއަހަރު ލަސްވީމަ
    އަވަހަށް ބަހަން ފަށާ

  3. ކަދުރޭ

    ތިޔައީ ވަކިބަޔަކަށް ލިބޭ އެއްޗެއް

  4. ހުސޭނުބޭ

    އަންނަ އަހަރަށްތަ؟

  5. އައްމަޑޭ

    ތިއީ ކެމްޕޭން ކުރާން ދިން އެއްޗެއް. ރޯދަމަސް ނިމިއްޖެއެއް ނޮއް.ދެން ކޮން ކަދުރެއްތަ..

  6. ކަދުރު ފާތުމަ

    މިފަހަރު ސައުދީ މީހުނަށް ރޯދަމަސް އޮޅުނީ ކަމަށްވާނީ...

  7. އަޙުމަދު

    އަލުން ރޯދަ ހިފަން ފަށަންވީތަ؟

  8. މުހައްމަދު

    ކަދުރު ކަނީ ރޯދަމަހު އެކަނިތަ؟