ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްވި ރިޔާސީ ބަޔާނަކީ ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ކަމަށް އިދިކޮޅު ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަންޖެހޭކަމަށާއި އެބަޔާނަށް އިދިކޮޅު ފަރާތްތަކުން ޖަވާބުދާރީވާން މަޖިލިސް ގަވައިދުގައި އޮތުމުން ޖަވާބު އަރުވާ ކަމަށެވެ.

2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙު އިއްވެވި ބަޔާނުގައި ޤައުމުގެ ޙާލަތު އެކަށީގެންވާގޮތެއްގައި ބަޔާންކޮށް ނުދެއްވާކަމަށް ސަލީމް ވިދާޅުވިއެވެ. "ރިޔާސީ ބަޔާނުގެ ނަމުގައި 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ސިޔާސީ ބަޔާނެއް. އެ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަތަކަކީ، ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ޚިޔާލީ ވާހަކަތަކެއް. މިއީ ޒިންމާދާރުކަން ކުޑަ ކަމެއް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެއެވެ. "ރައްޔިތުންގެ އިތުބާރު މިވަނީ ގެއްލިފައި، ރައްޔިތުންމިވަނީ މާޔޫސްވެފައި. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްކަމަށް ވިދާޅުވެ މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށްވަނީ ވެފައި. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް. ވަޢުދުވި ތަނަވަސްކަމެއް ރައްޔިތުންގެ ޖީބަށް ނުވަދެ އިތުރަށް ކުރިމަތިވާނީ ނިކަމެތިކަމާއި ހާސްކަން." ސަލީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ކަމަށް އިދިކޮޅު ޕީޖީ ލީޑަރު ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

    4
    1
  2. އެދުރޭ

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްވި ރިޔާސީ ބަޔާނަކީ ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ކަމަށް އިދިކޮޅު ޕީޖީ ލީޑަރު ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

    4
    1
  3. ބޮކި

    ބަލަ ކަލޭމެންގެ ވާހަކަދެއްކޭކެ ނެތް ދެން ކޮން އެހެންމީހުންގެ ވާހަކަ ތިދައްކަނީ ؟

    1
    5