ސަރުކާރުން ދަނީ އިސްލާމްދީނުގެ ޙުރުމަތް ކެނޑޭފަދަ ކަންކަމަށް ހިތްވަރު ދެމުން ކަމަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުންދޭ ރައްދު މިއަދު މަޖިލީހުގައި އިއްވަމުންނެވެ.

ސަލީމް ވިދާޅުވީ ރައީސް ސޯލިހް ދެއްވި ރިޔާސީ އެއްވެސް ބަޔާނެއްގައި، ކީރިތި ޤުރުއާނަށް ހަޖޫޖަހައި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގައި ޙުކުމް ކަނޑައެޅިފައިވާ ކަންކަމަށް ގޮންޖަހައި، އެމްޑީއެން އާއި އުތެމައިން ނެރުނު ރިޕޯޓުތައް ކުށްވެރި ކުރައްވާފައެއްނުވާ ކަމަށެވެ. އެރިޕޯޓްތައް ނެރުނުމީހުން އަދިވެސް ތިބީ ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ކަމަށާއި އެފަރާތްތަކަށް ސަރުކާރުން ދަނީ ޙިމާޔަތް ދެމުން ކަމަށް ސަލީމް ވިދާޅުވިއެވެ.

"މިސްކިތްތަކުގެ ޙުރުމަތް ކެނޑުން ހުއްޓުވާކަށް އަދި މިސްކިތްތަކުގައި ފާހިޝް ޢަމަލުތައް ހިންގުން ހުއްޓުވާކަށް އެއްވެސްފިޔަވަޅެއް ނާޅުއްވާ. މިސްކިތުގެ ޙުރުމަތް ކަނޑާ މީހުންނަކީ މޮޔައިންކަމަށް ހަދައި، އެއްވެސް ފިޔަވަޅެއްނާޅާ، މިސްކިތްތަކަށް ކުޑަކަމުގޮސް، ގުރުއާނަށް ކުޅުޖެހުންފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގާ ފަރާތްތައް މުޖްތަމަޢުތެރެއަށް ދޫކޮށްލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން މުޖްތަމައުގެ ތެރެއަށް ދޫކޮށްލުމާއި އެމީހުން އިޞްލާޙު ކުރުމަށްޓަކައި ކުރައްވާނެ ކަންކަން އެ ބަޔާނުގައި ހިމެނިފައި ނެތުމުން، އިސްލާމް ދީނުގެ ޙިމާޔަތުގައި ސަރުކާރުން މިހާތަނަށް ވެސް އަދި ކުރިމަގުގައި ވެސް މަސައްކަތެއް ނުކުރާނެކަން ހާމަވޭ. ސަރުކާރުން ދަނީ އިސްލާމްދީނުގެ ޙުރުމަތް ކެނޑޭފަދަ ކަންކަމަށް ހިތްވަރު ދެމުން ކަމަށެވެ. މިކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެދުރޭ

    ސަރުކާރުން ދަނީ އިސްލާމްދީނުގެ ޙުރުމަތް ކެނޑޭފަދަ ކަންކަމަށް ހިތްވަރު ދެމުން ކަމަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

  2. ބަޝީރު

    ސަލީމް ގަދަ. ދެ އަތޮޅުގެ މެމްބަރެއް މިނޫނިއްޔާ ނުހުންނާނެ. ހިންގާލަވޭ ބޭފުޅެއް.

    1
    1
  3. ވގ13

    ސޫޕް ތިއުޅެނީ އިސްލާމް ދީނުގަ ގޮތްގޮތައްތޯ

  4. ސެންޓު

    އެއީ ކޮންކަމެއް ކޮށްގެން، ތިބައި މީހުން އިސްލާމްދީން ކުރިއަރުވަން ކުރި ކަމަކީ ކޮބާ؟

  5. ފޫހި

    ބަލަ ސަލީމޫ ތި ދައްކަނީ ހުސްސިޔާސީވާހަކަ ........ޕޕމ އަކީ އަބަދުވެސް ދީން ހަތިޔާރަކައްހަދާ ހީލަތްތެރިވާހަކަދައްކާ ބައިގަޑެއް ....ސަލީމު އިސްތިއުފާ

    2
    3
  6. ޓިނުއަދުރޭ

    ޥައްކަންކުރުމާއި ގޭގަޑް ރަގު ބަންދުބަންދުކޮއް ކުޑަކުދިން ލައްވާވިއްކުމާ މީކޮންކަހަލަ ކަންކަމެއްތޯ.

  7. ރަބަރޭ

    ސަލީމްބޭބޭ ތިޔަބުނާ ލާާާދީނީ ބަޔަކާ ރިޔާސީ ބަޔާނާ އޮތީ ކޮންގުޅުމެއް، އެމީހުން ތިޔަބުނާ ލާދީނީ ރިޕޯޓެއް ހެދީ ޔާމީނުގެ ވެރިކަމުގައި ބަޔަކު ކަމެއް ކުރިޔަސް އެކަންވެސް ސޯލިހުގެ ބޮލަށް ތިޔަކަޑާލަނީ

  8. ސަމްކުޅިބޭ

    ސަލީމުގެ ތިބަހަށް ބާރުލިބޭ ހެކި އަހަރެންނަށް ފެނިއްޖެ. އަހަރެންގެ ގެ ހުންނަނީ މިސްކިތަށް 4މިނިޓުން ދެވޭ ހިސާބުގައި. ކުރިން ވަރަށްއަޑުދަގަކޮށް ބަންގީގެ އަޑު ގެއަށް އިވޭ. މިހާރަކުނީވޭ. އެކަމާ ގުޅޭގޮތުން މިސްކިތުގެ މުދިމާ ސުވާލު ކުރީމާ ބުނީ މިސްކިތުގެ ބޭރު ލޯޑްތައް ހަލާކުވެފައި ހުރީމާ މިހާރު ލޯޑަކަށް އަޑެއް ނުފޮނުވައޭ. ދެން އެއީ ތެދެއްތޯ ބަލަން އިސްލާމީ މަރުކަޒަށް ދިޔައިރު އެތާނގާވެސް މުންނާރު ލޯޑަކުން އަޑެއް ނީވެއެވެ. އެހެންވީމާ މަކަރުވެރިގޮތަކަށް ބަންގީގެ އަޑު ކަނޑުވަންވެގެން ހުރިހާ މިސްކިތުގެ ލޯޑްތައް މިހުންނަނީ ހަލާކުވެފާ. މިރާއްޖޭން އޭތި މަރާމާތު ކުރެވޭނެ ހެނެއްވެސް ހިއެއްނުވޭ. މީހަމަސީދާ ލާދީނީ ސަރުކާރެއް.

  9. ހުސޭނުބެ

    ރައިސް ނުޖެހޭ ކަލޭ ބޭނުންހާ ކަމެއް ކުއްވެރިކުރާކަށް ކާކުތަ ކަލޭތީ