ހިޔާ ފްލެޓްތަކަށް ފެން ފޯރުކޮށްދޭން ބޭނުން ކުރާ ޕަންޕެއް ހަލާކުވެގެން ބައެއް ޓަވަރުތަކުގެ އެންމެ މަތީ ފަންގިފިލާތަކަށް ފެން ކެނޑިއްޖެއެވެ.

ހިޔާގައި ދިރިއުޅޭ މީހުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފެން ކެނޑިގެން އުޅެނީ ހިޔާގެ 10 ވަނަ ޓަވަރުން 16 ވަނަ ޓަވަރުގަ އެވެ. މި ޓަވަރުތަކުގެ 17-24 ވަނަ ފަންގިފިލާއަށް ރޭ 12:00 އިން ފަތިހު 6:30 އާ ހަމައަށް އެއްވެސް ގޮތަކަށް ފެނެއް ނުލިބެ އެވެ. އޭގެ ފަހުން މިއަދު ހެނދުނު ކޮންމެވެސް ވަރަކަށް ފެން ލިބުނު ނަމަވެސް މިހާރު އަނެއްކާވެސް ވަނީ ފެން ކެނޑިފައެވެ.

އެޗްޑީސީ އިން ބުނީ ޕަމްޕެއްގެ މައްސަލަޖެހިގެން ބައެއް ފްލެޓްތަކުން ފެން ކެނޑިފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ހިޔާ ފްލެޓްތަކަށް ވެސް ފެނުގެ ހިދުމަތް ދެނީ އެމްޑަބްލިއުއެސްސީ އިންނެވެ. ޓަވަރުތަކުގެ އެންމެ މައްޗަށް ފެން ނުލިބެނީ އެމްޑަބްލިޔުއެސީން ފެން ކެނޑިގެން ނޫން ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ހިޔާގެ 6700 އަށް ވުރެ ގިނަ ފްލެޓްތަކުގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު 15000 އަށް އަރާނެ ކަމަށް ބެލެވެއެވެ. އެތަނުގެ ބައެއް އަސާސީ ހިދުމަތްތައް ލިބުން ވެސް ލަސްވެގެން އެތަނުގައި ދިރިއުޅޭ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަދީފު

    ރައްޔިތުންގެ ސަމާލްކަމަށް އަޅުގަޑުމެން ސެކަންޑުފެސް ގައުޅޭ އެޕާޓްމަންޓްގަ އުޅެނީ 3ކުދިންނާ 2މަފިރިން ދުވާލުދާ ހަތަރުދަމު އުޅެނީ ވަޒީފާގަ ގޭން ބެރުގަ ހަވިރު ގެއަށް އަންނަނީ 2ކުދިން ގޭގަތިބެނީ ކުރަސްމަހުގަ ބިލު -/700ރ ވުރެ މައްޗަށް ނަރާ މިފހަރު އައި ފެންބިލް -/5000ރ މަތީގަ މިކަން ބަލާދިނުމަށް ވަރަށް ހިނގިއްޖެ ބުނަނީ ބިލުގަ މައްސަލައެއް ލީކެއް ނުޅެޔޯ މިއަރތުގެ ޖަވާބް އެބަބޭނުންވެ

    1
    1
    • ސުވެންސް

      އެމްޑަބްލިއުއެސްސީގަ އެދިބަލަ މީޓަރާ ލީކޭޖާ ޓެސްޓްކޮށްދޭން ކޮންމެވެސް މައްސަލައެއް އުޅޭތީ ތިވަރު އަރާނީ

  2. މަ

    ތިތާ ހަމަ ކަމެއް ހިނގާއިރަށް ނޫސްތަކަށް އަރަންޖެހޭތަ؟ ބަލަ އަހަރެންވެސް މިއުޅެނީ ހަމަ ހުޅުމާލޭގަ ސަރުކާރުން ދިން ފްލެޓެއްގަ، މިތަނުންވެސް ދޭތެރެއަކުން ފެން ކެނޑޭ ،ކަރަންޓުވެސް ކެނޑޭ، ނޫހަކަށް ނާރާ. ތީ މާ ޒާތްކޮޅު ބޮޑު ބައެއް އުޅޭތަނަކީތަ؟

    4
    1
  3. ބައްޔާއިދޫ

    ހިޔާގެ މީހުން ދިރިނޫލޭ ފްލެޓްތަކަށްވެސް ބޯދެތި ބިލްތައް ފޮނުވަމުން ދަނީ. މިކަން ބަލާނެ ފަރާތެއްވެސްނެތް. 4000 އިން 5000ރުިޔާއިން . ފެންވެސްލީކެއްނުވޭ. ޟިަތުވެސް ރަަނގަޅު. އެތަނުގައި ދިރިއުޅޢ މީހަކުވެސް ނެތް. މީ ރައްިޔިތުންނަށް ޔާމީނާއި މުއިއްޒު ޖައްސާފަ އޮތް ބަލާއެއް. މިކަމާއުޅޭނީ ކޮންބަޔެއް. މިފަދަ ފްލެޓްތަކުގެ ފެން ބިލްނުދައްކާތިބޭ ދައުލާތާ ދައުވާޚުރަންވީ. މީ އިންސާފެއްނޫން.

  4. ގަންޓާބެ

    ތަނުގެ މަސައްކަތް ނުނިމެނީސް މުޒާހަރާކޮށްގެން ތަނަށްވަނީމަ އަސާސީ ހިދުމަތްތަށް ފުރިހަމައެއްނުވާނެތާދޯ