އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މައި އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރޭ ދަންވަރު ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީހުގެ ދޮރަށް އެއްޗެއް އެއްލައި، ދޮރުގެ ބިއްލޫރިގަނޑުވަނީ ތަޅާލާފައެވެ. ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުން އެތަނަށް ފުލުހުން ގޮސް ހަރަކާތްތެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ފުލުހުން އެތަނަށް ދިޔަނަމަވެސް އެމްޑީޕީ އޮފީހަށް އަންގާރަ ދުވަހުގެރޭ ދިން ހަމަލާ ފެންނަ ގޮތަށް ހުރި ސީސީޓީވީ ކެމެރާތަކުގެ ތެރެއިން އެމްޑީޕީ އޮފީހުގައި ހުރި ކެމެރާ ފިޔަވައި ދެން އެންމެ ކައިރިންވެސް ކެމެރާއެއް ހުރީ ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގްގައި ކަމަށެވެ.

"އެ ކެމެރާތަކުގެ ފުޓޭޖް ސަރުކާރުން ދީފާނެކަމާއިމެދު އެތަނަށް ދިޔަ ފުލުހުން ސުވާލު އުފެއްދި އަދި އެމްޑީޕީ އޮފީހުގެ ކެމެރާ ފުޓޭޖްވެސް ފުލުހުންނާއި ހަވާލުކޮށްފިނަމަ އެއަށް ވާނެ ގޮތް އެތަނަށް ދިޔަ ފުލުހުންނަށް ނޭނގޭ. ފުޓޭޖްގެ ކޮޕީއެއް ހައްދާފައި ފުލުހުންނާއި ހަވާލުކުރުމަށް އެތަނަށް ދިޔަ ފުލުހުން އެދުނު" އަނަސް ވިދާޅުވިއެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަފާތު އެތައްފަހަރަކު ތަޅާލާފައިވާއިރު، ދާދި ފަހުން ވަނީ ކަޅު ތެޔޮވެސް ޖަހާފައިވެއެވެ. އަދި އެމްޑީޕީ އޮފީހުގެ ރިސެޕްޝަނާއި ބޭރު ދޮރުގައި އަލިފާންވެސް ރޯކޮށްފައިވެއެވެ.

އެމްޑީޕީ އޮފީހަށް ހަމަލާދިނުމާއި ގުޅިގެން ޢަދާލަތު ޕާޓީއިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަންގާރަ ދުވަހުގެ ރޭ ކުރި ޓުވީޓެއްގައި އެޕާޓީއިން ބުނީ ގުޅިފައިވާ އިއްތިޙާދުގައި ހިމެނޭ ޕާޓީތަކަށް މިފަދައިން ދޭ ހަމަލާތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެޅޭ ހުރަހެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮންކްރީޓް ތަރައްގީ އާއި ނުލައި ދަނޑި ފަނުން ހުންނަ ތަރައްގީތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ބޭނުންވަނީ އޭން ބުނެބަލަ ބުނެބަލަ ކޯއްޗެއް ހަދާނެ ކަމަށް ހިތާތޭ ތިޔާ އުޅެނީ ތަމެން ނަށް ނޭގޭނެއޭ ތަރައްގީ އަކީ ކޯއްޗެއް ކަން ކޯއްޗެއްތޭ ކޮން ޖަޒީރާ އެއް ތޭ ބޮޑު އެއް ޖަޒީރާ ލައިފް އޮންނާނީ އިނގޭތޭ ޖަޒީރާ ލައިފް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ...

  2. ކެނެރީ ސޮނި މުގާބޭ

    އިބޫ މަގުބޫލު ނޫން ވީމަ ސަމާލުކަން ހޯދުމަށް އާބިދާގެ ދެއުޅި އެއްނުވާ މުނާފިގު ނަސޯރާ މޮހޮންމަދުގެ ރޭވުންތީ

  3. ހޫން. ތިއުޅެނީ ކަންތައް ގޯސްކަން އީޔޫ އައްދައްކަން.

  4. އަމިއްލަޔަށް ކުރާކަންކަމެއް

  5. ދެން ބިއްލޫރި ގަނޑެއް ތަޅައިލައިގެން ކުރެވޭނީ ކޮންކަމެއްތަ އަޅެ ފަހެ؟ މީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް! މި ކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން!

  6. ސަރުކާރާއެކު މަސްވަރާއައް ނުދާންވެގެން އަމިއްލައައް އެމް ޑީ ޕީ އިން އޮފީހުގެ ބިއްލޫރިގަންޑު ތަޅާލީ ދޯ ތީހަމަ ޔަހޫދީ ވައްތަރު ޕުރަޕެގަންޑާ ދޯ؟

  7. ތިޔައުޅެނީ ހަމަތި އެމް.ޑީ.ޕީ އިސްވެ ރާއްޖެ ހަލަބޮލިކުރަންކުރާކަމެއް
    ގައުމުހަލާކުކުރަންނޫޅެއްޗެވެ. އަންނިވެސް މައިތިރިވެގެން ބޭރުގައުމުތަކުގައި އުޅެވޭތޯބަލާ.
    ދިވެހިރާއްޖޭގެ ހަމަޖެހުން ނަގާލަންނޫޅޭ؟؟؟؟؟؟

  8. މަސްލަހަތު

    ކަލޭމެން އެމްޑީފީގެ މީހުން ގައުމުގެ ހަތަރު ތަނބުގައި ރެނދުނއަޅުވާފައި ތިތިބެނީ އީޔޫ ލައްވާ ގައުމު ސުންނާފަތި ކުރާށެވެ. އެޔަކަށް އަހަރެމެން ސީސީ ކެމެރާއެއް ބޭނުމެއްނުވޭ ހެކިވެރިންނަކީ އިސްލާމް ދީނުގެ ފުރިހަމަ އަގީދާގެ މަތީސާބިތުވެ ތިބި ވަތަންދެކެ ލޯބިވާ ހުރިހާ ރަށްޔިތުން.

  9. ޙަފްޞާ / މާލެ

    އަމިއްލަ ގަޔަށް ކަޅުތެޔޮޖެހުން ، އަމިއްލަ ތަންތަނުގައި ރޯކުރުން ، އަމިއްލަތަންތަން ހަލާކުކުރުން މިއީ ބަޔަކު ނުނިޔަތުގައިކުރާ ކަންތަކެއްނޫނެވެ. ތާއީދުހޯދުމަށް ނުވަތަ ބައެއްގެ ހަމްދަރުދީހޯދުމަށް އަމިއްލަޔަށް ކުރާ ކަންތަކެވެ. މިފާޑުގެ ކަންކަމަކީ އެވެރިންގެ މާޟީން ފެނިފައިވާ ކަންތަކެވެ. މިބާވަތުގެ ކަންތައްތަކުން ވާނޭގޮތަކީ ތިމާމެން ބޭޒަރުވެ ފަޟީޙަތްވެ މީސްތަކުންގެ ލަޢުނަތް ލިބުމެވެ.

    • ހަފުސާގެ މާލެ

      ޗަކޮއެ ދާންވީނު ވާހަކަ މުބާރާތެއްގަ ބައިވެރިވާން.. ވަނައެއް ލިބޭނެހެން ހީވަނީ

  10. ބިންލޫރި ގަނޑެއް ނޫން ތަޅަންވީކީ. ތިތަންވެސް ތަޅާ ބިމާ ހަމަކުރަންވީ.