ޑީއާރުޕީގެ ވެރިކަމެއްގައި އެއް ލައްކަ ގޯތި ހިލޭ ބަހާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖާބިރު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. ހުރިހާ ދިވެހި ރައްޔިތުންނަށް އެއް ލައްކަ ގޯތި ދިނުމަށް އޭނާގެ ހުށަހެޅުއްވުމުގައި ގޮވާލައްވައިފައެވެ. ނަމަވެސް ޖާބިރުގެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. އެ ބަހުސަށް ހުޅުވާނުލައި ބޭރުކޮށްލަން 28 މެންބަރުން ވޯޓު ދެއްވުމުން، މައްސަލައިގެ ބަހުސެއް ކުރިއަކަށް ނުގެންދެއެވެ.

ޖާބިރު ވިދާޅުވީ އެއް ލައްކަ ގޯތި ކަނޑާފައި ބެހުމަކީ ދައުލަތަށް ކުރެވެން ޖެހޭނެ ވަރުގެ ކަމެއް ކަމަށެވެ. ގޯތި ދިނުމުގައި އޭނާގެ ތަރިކަ މުދަލާއި ރަށަށް ބެލެވިގެން ނުވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އެއް ލައްކަ ގޯތި މިއަދު އިޝޫ ކުރެވޭނެއޭ، ޑިއާރުޕީގެ ވެރިކަމެއްގައި، 2500 އަކަފޫޓުގެ ގޯތި، އެއް ލައްކަ ގޯތި، ވަގުތުން ހިލޭ ރައްޔިތުންނަށް ބަހާނަމޭ،" ޖާބިރު ވިދާޅުވިއެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެންގުޅެނީ އިންސާފެއް ނެތް ފޯމިއުލާއެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އެއް ބަޔަކަށް ހިލޭ ގޯތި ދެވޭއިރު ދެން ތިބި ބަޔަކަށް ގޯތި ވިއްކަނީއެވެ. އަދި ބައެއް ފަރާތްތަކަށް ދެވެނީ ކުލި ދައްކަން ޖެހޭ ގޮތަކަށް ފްލެޓް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު މި ނެރޭ ފޯމިއުލާއަށް ރައްޔިތުން އެ ދަނީ ބަވަމުންނޭ ސަރުކާރަށް، އަޅުގަނޑު އުންމީދުކޮށްގެން ހުރީ މިއަދު މި ކަމަށް ބަހުސްކޮށްފައި ކޮމިޓީ ލެވެލްގައި މި ކަމުގައި ސަރުކާރަށް މަގު ދައްކައިދޭން،" ޖާބިރު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތާއީދު ކުރެއްވި ކަމަށާއި ނަމަވެސް އަމަލު ކުރަމުން ދަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގައުމީ ލޯބި

    ހަމަ ކޭބަލް ކާރު އެޅިގޮތަށް ފޮޓޯ ދައްކާލާފައި ބުނާނީ ބިން ހުސްވީއެ..

    އޭރުން ވަޢުދު ފުއްދުނީ ދޯ..

    ގަމާރުން މި މަޖިލީހުގަ ހުސް.. މި މީހުން ގާނޫނު ހެދީމަ އޭގަ ހުންނާނެ އޮއްޓަރު ނިކަންވިސްނާލާ!

    ތަންދޮރު ނޭގޭ މީހުން.. މީސްތަކުގެ ވެރިންނަށް
    ގަޑި ކާރިވަނީ ކަމުގެ ޢަލާމަތް މިހިރަ މިހިރަ ގެން ފެންނަނީ..

    ވައްﷲ ޢައުލަމް

    14
  2. އަބްދޫ

    ކާސިދޫއާ ގާފަރާދެމެދު އަލންބުނި ކޭބަލްކާރުގެ މައްސަލާގަ ޖާބިރުގެ ވާހަކަ މިހާރު މީހުންގަބޫލުނުކުރޭ. ތިމާގެއަތުގަ ފެންވަރު ނެތިފަ ގައުމުގަ ނެތް ފެންވަރުގެ ވާހަކަ ދެއްކީމަ ކުރިން ސިކިންޑިޔަށް ނުވަނަސް މިހާރު އެންމެންގެ ލޯހުރީ ހުޅުވިފަ،

    10
  3. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ކޭބަލް ކާރު ނިމުނީ؟

    13
  4. ހުސޭނުބޭ

    ކޭބަލްކާރު އަޅާ ނިމުނީތަ؟

  5. ކަނޑުކޮސް

    ޖާބެއަށް ތާއީދު ކޮއްފިން. ވޯޓް ލުމުގެ ކުރިން ޖާބެ ދޭނެކަމަށް ތިބުނާ ގޯތި ލިބެންދެން ރަހުނެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދޭންވާނެ. ގޯތި ލިބުމުން އެ އެއްލައްކަ ރުފިޔާ އަނބުރާ ޖާބެއަށް ލިބޭގޮތަށް ލިއުމަކާއެކު. ރަނގަޅެއްނު. ގޯތި ޔަގީން؟ ވޯޓު ޔަގީން....

  6. ފާދިރީ ހަވާސާހިސާބު

    ދިޔާނާ ބަހާނިމުނޫ، ކޭބަލްކާރު ބަހާނިމުނޫ ރަލާއި އޫރުމަސް ބަހާ ނިމުނޫ، ބޮޑުމޮހުރަ ކައްވާލައި ނިމުނޫ، ދެންހޯހޯ!

  7. ވަދޫދު

    ކޮންތާކުންތޯ ގޯތި ބަހަން ބިން ހޯއްދަވަނީ؟

  8. މިވަގުތުވެސް މީނީ ގާފަރު ކާށިދޫ ކޭބަލް ކާރުގައި

    އެހެންވެއްޖިއްޔަކާ ތިޕާޓީގެ ވެރިކަމެއް ބޭނުމެއްނޫން.. ހުރިހާ ރައްޔިތުންނަށާއި ހުރިހާ ރަށެއްގައި ގެދޮރުއަޅާ ސިޔާސަތެއް ބޭނުމެއްނޫން.. އަދި މަދު އަދަދެއްވެސް ނޫން އެބުނެވުނީއެއް...

    • Anonymous

      ޖާބެ ވެސް 500 ރ. ދިއްކޮށްލީމާ ހެއްލޭނެ މީހުން މިރާއްޖޭގައި ގިނައީ.

  9. އަލްޖިބްރާ

    ކަލޭ ކޮށްފަ ހުރި ކަންތަށް ގިނަކަމުން ރައްޔިތުން މިތިބީ ހަމަ " ތަލިން ކުޅުހިކިފަ " އެހެންވީމަ ކަލޭ ކަންތަށް ކުރަން ނޫޅެ ހުރިއްޔާ މާ ރަގަޅު !

  10. ސަމްސިއްޔާ

    އަދިވެސް މިމީހުން ދައްކާ ވާހަކަ ގަބޫލު ކުރާ މީހުން އުޅޭދޯ

  11. އަބްސީ

    ހަމަ ކޭބަލްކާރު ހުވަފެން ދައްކައިގެން މެމްބަރު ކަން، ދިވެހިން މީ ގުނބޯ ތަކެއް، މަވެސް ލައިގެން (:

  12. ސަރީ

    ޖާބެ ބުނިއްޔާ ނީންނެ އިތުރު ގޮތެއް، 4 ލައްކައިގެ އާބާދީ އަކައް 5 ލައްކަ ގޯތި ދޭނަމޭ ބުންޏަސް އަހަރުން އަތް ޖަހާނަން.. ޖާބެ އަކީ މޭން އެކޭ

    • މީން

      މަވެސް... ޖާބެއެއްނު... ހަމަ ޔެސް ސާރ.. 🤣🤣

  13. ޝަރަފިއްޔާ

    ހަމަ ހެޔަކު ނޫން ،،،،،،،