އިންޓަރ-ޕާލިމެންޓްރީ ޔޫނިއަން(އައިޕީޔޫ)ގެ 144 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް އިންޑޮނޭޝިއާއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

އައިޕީޔޫ އަކީ 157 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމުއިއްޔާއެކެވެ. މި ޖަމުއިއްޔާގެ ޑިމޮކްރެސީ އެންޑް ހިއުމަންރައިޓްސް ކޮމިޓީއަށް، މިދިޔަ އަަހަރު، މެމްބަރު ޖީހާން ވަނީ ހޮވިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ޖީހާން، އައިޕީޔޫގެ ޑިމޮކްރަސީ ނެޓްވޯކަށް އިންތިހާބުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އައިޕީޔޫގައި ބައިވެރިވުމަށް މިއަދު ފުރާވަޑައިގެން ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީގެ އިތުރުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެެވެ.

އައިޕީޔޫގައި ބައިވެރިވެވަޑައިގަތުމަށް މިއަދު މި ބޭފުޅުން ފުރާކަން ހާމަކުރި ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފްސީލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ

    އިގުރައިދޫ ދާއިރާގެ މެމްބަރ ހަސަންޓޭ ފޮނުވިނަމަ

  2. Anonymous

    އައިޕީޔޫ އަކީ ޔަހޫދީ އެޖެންޑާގެ ދަށުން މާސޫނީން ހިންގާ ތަނެއް !