އެމްޑީޕީގެ ވެރިކަމެއް އޮވެމެ އެޕާޓީގެ އާންމު މެންބަރުން ތިބީ މާޔުވެސްވެފައި ކަމަށާއި އެ މާޔޫސްކަމުގެ ހައްލަކީ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް (ފަޔާ) އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. އެތެރޭގެ އިންތިހާބުތަކާއެކު އެ މަންޒަރު ވަރަށް ބޮޑަށް ސާފުވެފައެވެ.

އެގޮތުން ނަޝީދުގެ ތާއީދާއެކު އިންތި ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ދެން ވާދަކުރައްވަނީ ރައީސް ސޯލިހްގެ އެންމެ އަރިސް އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މެމްބަރު ނިހާދަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒްގެ ފަހަތުގައި ހުންނެވި މެމްބަރެކެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ނިހާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮވެމެ އެޕާޓީގެ މެންބަރުން އަބަދު މާޔޫސްވެފައި ތިބޭކަށް ނުޖެހޭ ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި ޕާޓީއާއި ސަރުކާރާއިއެކު މަސައްކަތް ބާރަށް ހިންގާލަން ޖެހޭ ކަމަށެވެ.

"ހައްލެއް ހޯޑުމަށް ޕާޓީ އާއި ސަރުކާރާއި އެކު މަސައްކަތް ބާރަށް ހިންގާލަން ޖެހޭ! މާޔޫސްކަމުގެ ހައްލަކީ ފަޔާ ޗެއާ އަކަށް ގެނައުން ކަމާއިމެދު ޝައްކެއް ނެތް" ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން މިހާރު ނިންމާފައިވާއިރު އެ އިންތިހާބާއިއެކުގައި އެޕާޓީގެ އެތެރޭގެ ވާދަވެރިކަން އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ބޮޑުވެ، އާންމުންނާއި ހަމައަށް ތިލަވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިނިސްޓަރ ފައްޔާޒުގެ އިތުރުން ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ.

މިގޮތުން އެޕާޓީގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ފައްޔާޒަށް ތާއީދު ކުރާއިރު، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އިންތިއަށް ތާއީދު ކުރައްވަމުންނެވެ. އެހެންކަމުން ދެ ރައީސުންގެ ވާދަވެރިކަމާއިއެކު އިންތިހާބުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާައަހުމަދު

    އައްޑޫގެ ތާރީހުގަވެސް މިފަހަރު ހޮވިފަ ތިބިމެންބަރުންހާ ކޮރަޕްޓް ތުހުމަތު ކުރެވޭ މެންބަރުން ދުވަހަކުވެސް ނާދެ.

    11
  2. އަޙްމަދު

    މީނާ ރަނގަޅު ވާހަކައެއް ދައްކައިފި!!!

  3. ނަގުލު ފިއްތި

    ހައްލަކީ އިންތި

    2
    7
  4. ފަތްކޮޅު

    އަންނީ ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ދެން ކަލޭ އަނގަ އަރުވާނެކަމެއްނެތް، ކަލޭ މައުމޫނުހެދި ނިމިއްޖެ އަމިއްލަ ޖާހު ބޮޑުކުރަން ހުރިހާ ދޮގަކާ މަކަރެއް ހަދަނީ... ކަލޭ ކިޔާ އެއްވެސް އެއްޗެއް، ހަމަ އެކެއްޗެއްވެސް އަޑުއަހާކަށް ދެން ބޭނުމެއް ނޫން..

    7
    1
  5. ދަރަނި ދަންތުރަ

    ނަސީދަކީ ދީނަން ފުރައްސާރަކުރާ މީހެއްް އިންތިޔަކީ ނަސީދުގެ ޕަޕެޓެއް ފައްޔާޒަށް ވޯޓުދީ

  6. ދެފުއްމިޔަ

    ނިހާދަކީ ރޯނު އެދުރެއް.އުޑާއި،ބިންވެސް ރަނގަޅަށް ނެގޭވަރުގެ ގަމާރަކަށްފެނޭ. ކަލޯ މެމްބަރުކަން ލިބުމަކީ ޕީ.އެޗް.ޑީ މީހަކަށްވާ
    ކަމެއްނޫން. އެހެންވީމަ ކިޔަނީ ފެންވަރު އުޅުނީތޯއޭ ނިދީގަގޮސް ހަނދަށްއެރީ
    ފެންވަޅުތެރެއިންފެލާ ހިޔަނިފެނި ހިތްއުޑަށްއެރީ.
    ތިޔައީ ހަމަޅޮސް ގަހެއްތާ.

    7
    2
  7. ސަންތި މަރީގެ ދޮންބެ

    ފޭދޫގެ ރައްޔިތުން ތިބީ ގޮތް ހުސްވެފަ ހައްލަކީ ކަލޭ އިސްތިއުފާ ދީފަ ގެއަށް ދިއުން

    1
    1
  8. އެޖެންޑާ2021

    އަޅެ މި ފައްޔާޒަކީހާދަބޯގަޅިއެކޭ މިހާރުގެ
    ދިރާސާތައްދައްކާގޮތުން "އިންތި"ގެކެމްޕެއިން ޓީމުގެ ބެންޗްޓީމުންވެސް އަރައި ފައްޔާޒުގެ
    ތިޔަލަޝްކަރ ބަލިކުރާނެ ކަމާމެދު ކުޑަވެސް ޝައްކެއްނެތް.