ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއެކު ރަސްމީ ދަތުރެއްގައި ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ވަޑައިގަތްއިރު އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު)ގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ކަން އެނގިއްޖެއެވެ.

ސްމިތު ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ސާބިއާގައި އޮތް ޓޫރިޒަމް ފެއާއެއްގައެވެ. އެ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ރޭ ސްމިތު އެއާޕޯޓަށް ވަޑައިގަތެވެ.

އެކަމަކު، ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އޭނާ އަށް ފުރާ ވަޑައިގެންނެވޭ ގޮތް ނުވީއެވެ.

އެ ފެއާގައި ބައިވެރިވެވަޑައިގަތުމަށް މައުސޫމް ވަނީ ސާބިއާ އަށް ފުރާވަޑައިގަންނަވައިފައެވެ.

ސްމިތުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ސަބަބެއް ނޭނގެއެވެ.

ސްމިތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށުމަން

    ކޮން ސުމިތެކޭ ތަ ކިޔަނީ. ޙާޝިމް އޭނާގެ ނަމަކީ. މާ ކުރަންޔާ އޭނާގެ ފަތިފުއް މިތަނުގަ އެކްސްޕޯސް ކޮއްލަން ޖެހިދާނެ! މިސަރުކާރުގަ ސިޔާސީ މަގާމު ހަދާފަ ބޮޑު މުސާރަ ދީފަ އެބަތިބި ބޮޑެތި ޖަރީމާ ހިންގި މުޖުރިމުން ވެސް. ޜައްޔިތުން ގެ ޓެކްސް ފައިސާ ތަޅާ ބާލަން ސާރބިއަށް ހާށިމް ނުގެން ގޮސް ވެސް ކަން ކަން ކުރެވޭނެ ވާހަކަ ސަރުކާރަށް ގޮވާލަން!!!

  2. ހަސަނުލް

    ރާކަނި މަސް ކެވިފަ ހުންނާނީ