ކުޑަކުދިންނަށާއި އަންހެނުންނަށް ޚާއްސަ ހޮސްޕިޓަލް ފުވައްމުލަކުގައި ގާއިމުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިކަން އިއުލާންކުރެއްވީ މިރޭ ފުވައްމުލަކުގައި ބޭއްވި ރައްޔިތުންގެ މާހެފުމުގައި ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ފުވައްމުލަކަކީ ސިޓީއެއް ކަމަށް ވާތީ އެރަށުގައިވެސް ރާއްޖޭގެ އެހެން ސިޓީތަކެކޭ އެއްފަދައިން ސިޓީއަކަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތް ލިބިގެންދާންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެގޮތުން ސިއްހީ ރޮގުން އެރަށަށް މުހިންމު ތަރައްޤީތަކެއް ސަރުކާރުން ގެންނާނެ ކަމަށެވެ.

ރައީސް ވަނީ އެރަށުގައި ތަރައްޤީކުރާ އައު ހޮސްޕިޓަލް ޚާއްސަ ވެގެންދާނީ ކުޑަކުދިންނަށާއި އަންހެނުންނަށްކަން އިއުލާންކުރައްވާފައެވެ.

އެހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވީއެންމެ އަވަހަކަށް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން މިހާރު އެދޭ ކަންކަން އެމަނިކުފާނާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޓީ ކައުންސިލް މެންބަރުން ގެންދެވި އެވެ.

އެއާޕޯޓާއި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަން ވެސް ރައީސް ސޯލިހް މިރޭ އިއުލާން ކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި, ފުވައްމުލައް އެއާޕޯޓް މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބޯޓްތައް ޖެއްސުމަށް ހުރަސް އެޅޭނެތީ, ރަންވޭ ބޮޑުކުރެވޭނެ އޮތް މިންވަރެއް ބެލުމަށް ސާވޭއެއް ހެދުމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާނެ އެވެ.

ބަނދަރު ބޮޑުކުރުމަށް ސާވޭ ހެދުމަށް އެ ތަން ކުރިން ވެސް ހެދި ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި, ބަނދަރު ވެސް ބޮޑުކުރެން އޮތް އެންމެ ބޮޑު މިންވަރަކަށް ބޮޑުކުރާނެ އެވެ.

އެއާއެކު, ފަތާ ފެންގަނޑެއް ވެސް ހެދިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. ގުދުރަތީ ގޮތުން ފުވައްމުލައް ސިޓީ އުފެދިފައިވާ ގޮތުގައި މޫދަށް އެރި އުޅުމާއި ފަތާ ހެދުމަކީ ފަސޭހަ އަދި ރައްކާތެރިކަމެއް ވެސް ނޫނެެވެ. އެހެންވެ, މި ސިޓީއަށް ފަތާ ފެންގަނޑެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މާސްޓަރ

    ފޯއްމުލަކުގައި އިންތިޚާބެއްނެތަސް ހަމަ ވަޢުދުވޭދޯ. މިއުޅޭ ޕީޕީ ކުދިން ކިޔާހެނެއް ނޫންދޯ ކަންކަންދަނީ!

    2
    16
  2. ޢިއްތިހާދު

    މީނަޔައް އެޅޭނީ ހަސަންޓެބުނިއެތި ދެންބަފާ ވައްޑެބުނިގޮތައް މިދައުރުގަ ހިޔާފުލެޓައް ދިވެހިރައްޔިތުން ވަނީ ލޯނުނަގާގެން އަދިވެސް ވައުދުވޭ ފުރަތަމަވީވައުދުތައްކޮބާ ޔުކުރޭން ރައްޔިތުންވެސް މިއަދުހާލުގަ ޖެހުނީ ކޮމެޑީފިލްމުކުޅޭ ބުރާންޗެއް އެމެރިކާގެހަރަދުގަ ވެރިކަމަތްގެނާމަ ދެންވީ މިފަދަމީހުންގެފަރާތުން ގައުމުތައްސަލާމަތްކުރަން ދުރުގަތިބޭބަޔަކު ރޭވުންތެރިކަމާއެކުކުރާކަންތަކެއްމީ އެޖެންޓުން އިންތިހާބުތަކައްނެރުން

    13
  3. ޖ

    ވައުދުވަމުންގޮސް ދައުރުނިމެނީ ހަރާންވާނެކަމެއް.

    14
  4. ރާއްޖެ

    ވައުދު މަތިން ވައުދު. ނުފުއްދޭ ވައުދު. ދަރަނި މަތިން ދަރަނި. މީނާގެ ސަރުކާރަށް ކުރެވޭނެ ކަމަކީ އެއީ.

    19
  5. ނާދިރާ

    މި 5 އަހަރު ހެދުނު ދޮގުތަކުން ސަލާމަވާނެތަ ކަލޯ. ހެޔޮ ނުވާނެ ތިޔަހާ ދޮގުހަދާކަށް

    17
  6. ޢިޔާބު

    ދޮގުވަޢުދު ތަކަކީވެސް އަޒާބެއްކަން ވޯޓު އޮޅުވާލައިގެން ވެރިކަމަށް އައިސް ހުރި ޞައްހަ ނޫން ރައީސެކޭމި ކިޔާ މީހާއަކަށް ނޭގޭނެ. ނުކިޔާ ހުރީމަ

    20
  7. ޕޮގުބާ

    ތިކަމެއއ ނުވާނެ އިންޑަޔާ އައުޓް

    18
  8. ފިރިހެނުން

    އަންހެނުބް ނާއި ކުޑަކުދީންނަށް ދެނެ ކަމެއް ނެތް އެކެއްޗެއް

    14
  9. ކޮއްޔާ

    ވައުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ “
    ނޫނީ އެހެން ހުވާތަކެއް އާކޮށް ކުރާނޔޭ “
    ދުވަހަކު އެކަން ވާތަނެއް ލޮލަކުން ނުދެކޭނެޔޭ “

    16
    1
  10. ލި

    ވެރިކަމައް އަންނަން ކުރި ވައުދުތައްވެސް އަދިވެސް ނުފުއްދޭ. އަނެއްކާ އިތުރަށް ވެސް ވައުދު ތިވަނީ.

    18
  11. ސަލާމް

    މިހާރު ތިރަށުގައި ހުރި ހޮސްޕިޓަލަށް ޑޮކްޓަރުން ހަމަޖެހިއްޖެބާ ؟

    11
    • ރާއްޖެ

      ނަން ބޯޑް ހަރު ކޮއްލީމަ މީހުން ތިބޭނެ އަތް ޖަހަން. މާލޭ ހޮސްޕިޓަލުގަ ހުންނާނެ މެންޓަލް ހެލްތް ޑިޕާޓްމަންޓެއް ވެސް އެކަހަލަ.

  12. Anonymous

    ފުވައްމުލަކުގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމު ކުރުމަށް މިސަރުކާރުން ވަޢުދުވި. 1000 އެނދުގެ ސިޓީ ހޮޓަލެއް ގާއިމު ކުރުމަށް ވަޢުދުވި. ފަތާފެންގަޑުތަކެއް ހެދުމަށް ވަޢުދުވި. އަދިވެސް ޢުމްރާނީ ތަރައްޤީއާއި ބެހޭ ގިނަކަންތައްތަކަކަށް ވަޢުދުވި. ކަމުބަހި ފެށޭމަންޒަރު ދައްކާ މިސަރުކާރުން ހިންގާ ތިރީގައިއެވާ ކަންކަމަކީ މިސަރުކާރަށް ފޫޅު ކެނޑި ކަންތައްތަކެއްނޫން.
    1- ފުވައްމުލަކުގެ ގިރާ ސަރަޙައްދުގައި ބޮޑު ހިލަޖެއްސުން. ނުވަތަ ތޮށިލުން. މިމަސައްކަތަކީ ފުވައްމުލަކު އަތޮޅުއޮފީހުން މައުމޫނަށް ދަންނަވާ ފުވައްމުލަކު ބޮޑުކަތީބަކު އިސްވެ މަޢުލޫމާތު ފޯރުކޮށްދީ މައުމޫނުގެ ވެރިކަމުން ފެށި، ޔާމީންގެ ވެރިކަމުގައި ފަންޑު ހޯދާ ޢަމަލީ މަސައްކަތް ފެށުމާއި ދާދިގާތުގައި އޮތް ކަމެއް. މިސަރުކާރުގެ ނިމުމު

  13. ޕިންކީ

    މިރައީސަކީ ދެފުއްކެހެރިއެއް ހުސް ދޮގުވައުދު ކޮބާ ވިލިމާލެ ބުރީޖް އޭނަގެ ކޮޅު ހިއްލޭނީ ބުރިޖުގެ ކޮޅު ނުހިއްލޭނެއެވެ. ފެށޭވަރުވާނެ މީއަބަދު ކިޔާ ލަވަ އަންނަމަހު ފެށޭވަރުވާނެ މީނުންލަވައެއް ކިޔާކަން ގަމާރަށް ނޭގޭ ވަގުވޯޓުން ހޯދި ވެރިކަމެއްގައި ނުކުރެވޭނެ ކަމެއް ހުސްފޮނި ކެޑުން ނޫންކަމެއް ނެތް ވޯޓުވަގު ޝަރީފް ކަލޭގެ ލޮލުން ކަރުކަމަށް ލޭއަންނާނެދުވަހެއް އަދި ފެންނާނެއެވެ. ދެންވެސް ކުށައް މާފަންއެދި ރައްޔިތުންނަށް ކަމެއްކޮށްދެވޭތޯ ބަލަންވީ މިހާރުވެސް ހިތި ހިތާމަކުރަމުން ޝަރީފް އެދަނީ އަހާބަލަ ދޮގެއްތޯ.

  14. Anonymous

    ކުރިއައް އޮތް އަހަރު ދިވެހިން ސްޕޭސް އައްފޮނުވުގެންދާނެ އިބުރާހީމައް ޕީއެޗްޑިީ ލިބިގެންދާނެ

  15. ނާސިރު11

    ވައުދުވާން ލަދު ނުގަންނަ ބުރާންޗެއް ތިއީ. ކޮމަންޑޫރައްޔިތުން ހެއްލުނަކަސް ތިޔަކަހަލަ ކޮސްގޮވީމަ ފުވައްމުލަކު މީހުން ނާހާނެ. ކޮމަންޑުއަށް ގޮސް ކައިރީގެ ހުރިހާރަށްތަކުގަ ރިސޯޓްހަދާ ދެކޮމަންޑޫ ގުޅާނަމޭކިޔާ ވައުދުވެފަ ހެދީ ހުސްދޮގު. ތީ ދޮގު އިބުރޭ.

  16. ޢަލީ

    މީނަޔަށް އުގުޅޭނީ ގައިގަ ގެރިގުއި...

  17. Anonymous

    ހޮސްޕިޓާ އެޅިދާނެ ވަރަށް މޮޅަށް...އަދި އެފަދަ ތަނެއް އެޅުނީމަ ރައީސްމީހާ އަށް ވަރަށް ފަހުރުވެރި ކަމާއެކު ބުނެވޭނެ ހޮސްޕިޓަލެއް އެޅީމޭ. ރައްޔިތަކަށް އެއިން ލިބޭނެ އެއްވެސް މަންފާއެއް ނެތް. މާލެ ފިޔަވައި ރާއްޖޭގަ ހުރިހާ ރަށެއްގަ ވެސް އެބަހުރި ރީތީ ހޮސްޕިޓާތައް. އެކަމަކު ރައްޔިތުން އުޅެމުންދަނީ 1950 ގެ އަހަރުތަކުގެ ތެރޭގައި އުޅުނުގޮތަށް.. މިސާލެއްގެ ގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ބަލާ. އެތަނަކި މާލެ ފިޔަވައި ރާއްޖޭގަ ހުރި އެންމެ ވަރުގަދައަށް ހެދިފަ ހުރި ހޮސްޕިޓާ. އެކަމަކު އައްޑޫ ރައްޔިތުން އަދިވެސް ފުރަފުރައިގެން ދާންޖެހެނީ މާލެއަށް. ނުވަތަ ރާއްޖެއިން ބޭރަށް.

  18. ސަލީމް

    ބްރިޖެއް ނާޅާތަ؟