ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އެކި އިދާރާތަކުންނާއި މިނިސްޓްރީތަކުން ތަހުނިޔާގެ މެސެޖްތައް ފޮނުވައެވެ. އަދި އާއިލާ މީހުންގެ ދެމެދުގައި ރޯދައިގެ މުބާރަކް ބާދީ އާއި ހެޔޮ އަމަލުތައް ކުރުމަށް ހަނދާންކޮށްދޭ މެސެޖްތައް ވެސް ފޮނުވައެވެ. ނަމަވެސް މި އަހަރުގެ ރޯދަ މަހުގައި އައްޑޫ ސިޓީގެ ހިރާ ސްކޫލުން ގެނެސްދިން ރޯދަ ހަދިޔާ ގިނަ ބައެއްގެ ހިތް މިވަނީ އަތުލައިފައެވެ.

ހިރާ ސްކޫލްގެ ފޭސްބުކް ޕޭޖްގައި އާންމު ކުރި ވީޑިއޯއަށް މިހާތަނަށް 93،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. ހިރާ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންގެ ބައިވެރިވުމާއެކު ހެދި މި ވީޑިއޯއަށް ރިއެކްޓު ކުރި މީހުންގެ އަދަދު ވެސް 2،600 އަށް ވުރެ ގިނައެވެ. އަދި 60 އަށް ވުރެ ގިނަ ކޮމެންޓު ލިބިފައިވެއެވެ.

"ރައްޔާން ގޭޓުން ވަނުމުގެ އުއްމީދާ އެކު ބޯޓަށް އަރާ ވަޑައިގަންނަވާ!" މި ނަމުގައި އެ ސްކޫލުން ގެނެސްދިން ވީޑިއޯއިން ދައްކަނީ ރޯދަ މަހު ކުރުން ރަނގަޅު ކަންކަމާއި ކުރުން ގޯސް ކަންތައްތަކެވެ.

ފްލައިޓްގައި އިއުލާން ކިޔައިދޭ ގޮތަށް އެ ވީޑިއޯ ގެނެސްދީފައިވާއިރު ދަރިވަރުން އަރާ ތަން ފެންނަނީ "ޖަންނަ" ޖަހާފައިވާ މަންޒިލަށް ދިއުމަށްޓް ޓިކެޓެއް ހިފައިގެން "ރަމަޟާން" މި "ފްލައިޓަށެވެ".

އެ ފްލައިޓުގެ ކެޕްޓަކީ ކީރިގި ގުރުއާން ކަމަށާއި ކޯ ޕައިލެޓަކީ ހެޔޮ އަމަލުތައް ކަމުގައި ބުނެއެވެ. އަދި އަހަރު އެއް ފަހަރު އަންނަ ފްލައިޓްގެ ދިގު މިނަކީ 30 ދުވަސް ކަމަށް ބުނެފައިވެއެވެ.

އެ ވީޑިއޯގައި ރޯދަ މަހުގައި ތަގުވާވެރިވުމާއި ޒިކުރުކުރުމާއި ގިނަގިނައިން ހެޔޮ އަމަލުތައް ކުރުމަށް ހަނދާންކޮށްދެއެވެ.

އަދި ދޮގު ހެދުމާއި ރުޅިއައުމާއި މަކަރު ހެދުން ފަދަ ކަންކަމަކީ ރޯމަ މަހު މަނާކަންކަން ކަމުގައި ވެސް އެ ވީޑިއޯގައި ފާހަގަކޮށްފައިވެއެވެ.

ހިރާ ސްކޫލުން މި ފަހަރުގެ ރޯދަ މަހަށް ގެނައި އެ ވީޑިއާ އަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ. އަދި އެ ފަދަ ވީޑިއޯތަކަކީ މި މާތް މަސްއަރުގައި އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތަށް ސަމާލުވުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 😡😡😡

    ހަމަ ދެއްކުން ތެރި ކަންކަން. ތި ހިރާ ސްކޫލް މީހުންނަކީ ވަރަށް ދެއްކުން ތެރި ބައެއް. ވަރަށް ކުދިން ތަފާތު ކުރާ ބައެއް ތީ

    17
    55
    • އެންގުރީފޭސްއަށް

      ކޮންމެ ނިޔަތެއްގައި ކުރި ކަމެއްވިޔަސް ހެވެއްނު. ބަރުވެ ލުއިވާނީ މީނަގެ ތިލަފަތެއްނޫންދޯ. ނިޔަތްބަލާ ވަޒަންކުރާކަށް ނޫން އަހަރެމެން ދުނިޔެއަށް ފޮނުއްވީ. އިޚްލާސްތެރިތޯ ދެއްކުންތެރިތޯ ކަނޑައަޅުއްވާނީ ހެއްދެވި ފަރާތް. އެނގްރީ ފޭސް ދެން ޗިލް... ތަފާތުުރުން އޮވޭ ހުރިހާ ތަނެއްގައިވެސް.

      18
      4
  2. އަލީ

    ހުރިހާ ކުދިން އާދޭ މިސްކޫލް އަށް ނޫނީ ފުރުސަތުނިލިބިދާނެ ކުދި ބޮޑު އެންމެން އާދޭ

    7
    11
  3. ހަމަނުހުރެ..

    ވައްތަރީ ދީނަށް / ރޯދަމަހަށް ޖަހަފަ އޮތް ބޮޑު ޖޯކަކާއި.. އެއްވެސް އިމްޕްރެސިވްއެއްނޫން.. އަސްލު މިކަހަލަކަންތައް ކުރަން ހުއްދަދެވިގެން ވުނާވެ.. ކަމަކު ނުދެ. މިހާރު މިކަން ނުހުއްޓުވާިފިޔާ ދެންޖަހާނީ މިއަށްވުވެއް ބޮޑުހަޖޫއެއް.

    18
    15
  4. ޖައިލްމް

    ވަރަށް ފުރިހަމަ

    12
    12
  5. ޠޫލް

    ސަޅި ކަމެއް. ❤️❤️

    2
    1
  6. ވަރިހަމަދޯ؟

    ޓޮމް އެންޑް ޖެރީގަ ގޯސްކޮށް އުޅުނީމަ ނަރަކައަށް ދާނެ ކަން ދެއްކީމަ ވ.ބޮޑު މައްސަލައަކަށްވެ.. ﷲ އިންސާނެއްގެ ހިތައް ތަސައްވަރުވެސް ނުކުރެވޭހާ މަތިވެރި ނިޢުމަތެއް ލިބިގަތުމަށްޓައި ޗެކިންގ ވެގެން ބޯޑިންކޮށްގެން މަތިންދާބޯޓުގައި ތޯ އައްރައްޔާން ދޮރުކޮޅުން ވަންނަންދަނީ؟؟ މިކަމުގައި މައްސަލައެއްނެތްދޯ؟؟

    1
    1