ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރާއްޖެއަށް ގޮދަން ގެނެސް، ފުށް ބަންދު ކުރަން ފަށަން ވެގެން އެސްޓީއޯއިން އަޅަން އުޅޭ ފުތް ފެކްޓަރީ ހދ. ކުޅުދުއްފުށީގައި އަޅަން ވެގެން ބިން ހޯދުމަށް އެ ސިޓީގެ ކައުންސިލާއި މަޝްވަރާކޮށްފި އެވެ.

އިއްޔެ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވުމަށް އެދުނު މަޝްވަރާ ބައްދަލުވުމަކަށް، އެމް.ޕީ.އެލް އަދި އެސް.ޓީ.އޯގެ އިސް ވެރިންގެ ވަފުދެއް އެ ރަށަށް ވަނީ ގޮސްފަ އެވެ.

އެ ބައްދަލުވުމުގައި އެސްޓީއޯގެ ސީ.އީ.އޯ ޙުސައިން ޢަމްރު އަދި އެމްޕީއެލްގެ

ސި.އީ.އޯ ޝާހިދު ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނީ އެ ބައްދަލުވުމުގެ އެންމެ ބޮޑު މަގުސަދަކީ ދިވެހިރާއްޖޭގައި އެސްޓީއޯ އިން ގާއިމް ކުރުމަށް ނިންމާފައިވާ ފުށާއި ހަނޑުލުގެ ފެކްޓްރީ އެޅުމަށް ބޭނުންވާ ބިމުގެ ޖާގަ ކުޅުދުއްފުށި ޕޯޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ތެރެއިން ކަނޑައެޅުމުގެ މަޝްވަރާތައް އެ ދެ ކުންފުންޏާއިއެކު ސިޓީ ކަންއުންސިލުން ކުރިއަށްގެންދިއުން ކަމަށެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ދެކުނު ދާއިރާގެ މެންބަރު ޖަމްސީދު މުހައްމަަދު ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަތަރަސް

    އަމުރު ފުށެއްނޫތަހަދާނީ ކުންފުނިލޫޓްވާލާފައި މިހާރު އެސްޓީއޯ ދަރަނިއަދާކޮއްފައިއަމިއްލަ އަންބޮޑިބޮޑުކުރަނީ ބައްޕަގެދަރަނިދެއްކީތަ؟ ކޮބައިގަންބިން؟ރޭނީތަ؟

  2. އަބްދޫ

    ތިގޮތަށްގެނެސްގެން ބަންދުކުރުން ވަރަށް ބޮޑުތަން އަގު ބޮޑުވެގެންދާނެ. ސަބަބަކީ ރައްޖެގަ މަސައްކަތްކުރާ މަސައްކަތްތެރީންއަގުބޮޑު ކަން ބޮޑެތި މުސާރަދީގެން ދިވެހިން ގެންގުލެންޖެހޭކަން ބަންގްލަދޭސްމީހުނަށް މުސާރަދޭން ތިޔަކަންކުރުމުގެ ބޭނުމެއްނެތް.