އދ އަތޮޅުގައި ރޭގަނޑު ފީނައިގެން ލަނޑާ ނަގަމުންދިޔަ ނ.މާޅެންދޫ ދޯންޏެއްގެ ޒުވާނެއްގެ ކަރަށް ތޮޅިއެއް ހަމަލާދިނުމުން ހާލު ސީރިޔަސް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާގެ ކަރަށް ތޮޅިއެއް ހެރުމުން އެމެޖެންސީގައި ފުރަތަމަ ގެންދިޔައީ އދ.މަހިބަދޫ ހޮސްޕިޓަލަށެެވެ. އޭނާ ހޮސްޕިޓަލްއަށް ގެންދިޔައިރުވެސް ކަރަށް ހެރުނު ތޮޅިއިން ކަމަށް މައުލޫމާތު ލިބެއެވެ. މިމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 10:30 ހާއިރުއެވެ.

އެޒުވާނާގެ ހާާލު އިތުރަށް ސީރިޔަސްވުމުން ފުލުހުންގެ ލޯންޗްގައި މާލެ ގެނައުމަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ. އޭނާ ޕޮލިސް ލޯންޗަށް އެރުވި އިރުވެސް ތޮޅި ހެރުނު ތަނުން ލޭ މަނާ ނުވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތްވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކެޔޮޅު

    ސިފާކަﷲ

  2. އަލީ

    އަވަސް ޝިފާއެއް ދެއްވާށި. އާމީން

  3. ދޯނި

    ޝަފާކަﷲ

  4. މާރިޔާ

    އަވަސްޝިފާއަކައްއެދެންއިންޝާﷲ

  5. ޏަމްމަމީ

    ސިފާކަﷲ

  6. ތުނިޔަ

    އަވަސް ޝިފާއެއް މިންވަރު ކުރައްވާށި!

  7. ރަނދަ

    އަވަސް ޝިފާއަކަށް އެދެން

  8. މަޒް

    ތި ކަމުގައިވެސް ފުލުހުންގެ ގަދަ ވާހަކަ ލިޔުން ނަމަ.. ތޮޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވާހަކަ ނުޖެހީ ކީއްވެ

  9. މީހާ

    އަންނި ތިކަމުގެ އަޑީގައި ނޫޅޭތަ؟

    • މޮޔަމީހާ

      ކިހާ ދެރަކަމެއް

  10. އަދުރޭ

    މާލެ ނުގެނެސް ފަރުވާއެއް ދެވޭވަރުގެ ހޮސްޕިޓަލެއް ރާއްޖެ ތެރެއަކު ނުހުންނާނެ. މާލެ ގެނަޔަސް ތިވަރުގެ ކަންތަކުގައި އެބަޖެހޭ އިންޑިއާއަށް ނޫނީ ސިރީލަންކާއަށް ގެންދަން. ޓުރީޓޮޕުން ކަމެއް ކުރެވުނަސް އެޔަކީ ރާއްޖެތެރޭ ދިވެހިންނަކާ އަރާ އަރަފޯދޭނެ ތަނެއް ނޫން. ތިކަމަށް ހިނގާނެ ޚަރަދު ލަފާކޮށްފައި ބުނެދޭން އެނގޭނެ މީހަކު މިތާ އެބަ އުޅޭތަ؟

    • އަންނި

      ކަލޯ އަންނި އެޅިހާ ހޮސްޕިޓާތަށް ތަޅާ ފުނޑުފުނޑު ކޮއްފަވަނީ އެހެންވީމަ ދެން ފަރުވާ ހޯދުމަށް ދާންޖެހޭނީ ތިގެޔަށް އެއީ ކަލޭ އަގައިން ހޯދާ ފަރުވާއެއް، ލަދުހަޔާތް ކޮބާ

    • ކަލޯ

      ތިޔައީ ހަމަ ހަބޭސް އެއްވަނާގެ ވާހަކައެއް..

    • ޙިލ0

      ސިފާކަﷲ

  11. މަ މިއު މަ

    އަވަސް ޝިފާ އަކަށް އެދެން

  12. މުހަންމަދު

    އަވަސް ޝިފާއަކަށް އެދެން

  13. މަ

    މާލެ ގެންގޮސް ދެނީ ޔަހޫދީ ބޭސްފަރުވާއެއް ނޫންތަ؟ ޚަރަދުކުރަން ޖެހެނީ އީޔޫގެ ލާދީނީ ޔޫރޯއާއި ޕައުންޑާއި އައިސިސްއަށް ބޮންއެޅި އެމެރިކާ މީހުންގެ ޑޮލަރެއް ނޫންތަ؟ ދިވެހިފައިސާ ވިކޭނީ ދިވެހި ރާއްޖެއަށާއި ފަލަސްތީނާއި އަފްގާނިސްތާނާއި ސޫދާނާއި ޔަމަނާއި މިހެންގޮސް މިކަހަލަ ބިރުވެރިކަން ބޮޑު ގައުމުތަކަށް.

    • އަޖައިބު

      ތިލިސްޓުކުރި ގައުމުތަކުގެ ހަމަޖެހުން ނަގާލާ ބިރުވެރިތަނަކަށް ހެދީ ކޮންބައެއްކަން ނޭނގިގެންތަ ތިހެންތިބުނަނީ؟؟ނޭނގެންޏާ އަޑުއަހާ...އެއީ އެމެރިކާ އާއި އެމީހުންގެ އެކުވެރިން.

  14. ޑީ

    ان لله وانا اليه راجعون

  15. ނިޔާ

    އޭނާ ނިޔާވެއްޖެ