ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް ނިސްބަތްކޮށް ޒިނޭ ކުރުމުގެ ތުހުމަތު ކުރުމާއިއެކު ރޮޒައިނާ އާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒް މެންބަރު ޝިޔާނަށް ބަނގުރާ ބޯކަމުގެ ތުހުމަތު ކޮށްފިއެވެ.
ރޮޒައިނާ ހިލޭ ފިރިހެނުންނާއި ގުޅުން ބޭއްވި ކަމުގެ ތުހުމަތު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ޝިޔާން ކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. އާއްމު ވެފައިވާ ޗެޓްލޮގްތަކުން އެނގޭ ގޮތުގައި މިނާކުޑޭ ހެދި މަސްފެކްޓްރީއެއް އިނދަޖެހުނީ ރޮޒައިނާ ވަގު ފިރިހެނުން ގެންގުޅޭތީ، ރޮޒައިނާގެ ފިރިކަލުން ނާޝިޒްއަށް އެރަށުގައި ނުހުރެވިގެން މާލެ އަންނަން ޖެހިގެންކަމަށެވެ.
ޝިޔާން އިޝާރާތް ކުރި މަސް ފެކްޓްރީ އަކީ ނާޝިޒްގެ ބޭބެ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކުން ފުނައްޑޫގައި ހިންގި މަސް ފެކްޓްރީ އަށެވެ. މިނާކުޑޭ އަކީ ތަސްމީން އާއި ނާޝިޒްގެ ބައްޕަ އެވެ.
ރޮޒައިނާ ހިލޭ ފިރިހެނުން ކައިރިއަށް ދިޔަ ކަމަށް ޝިޔާން ވިދާޅުވުމުން ރޮޒައިނާ ވިދާޅުވީ ޝިޔާން ހުރީ މަސްތުވެގެން ކަމަށެވެ.
ރޮޒައިނާ އަށް ރައްދު ދެއްވަމުން ޝިޔާން ވިދާޅުވީ އެގޮތަށް "ވަގު ފިރިހެނުން ގެންގުޅުން" އެއީ "ފުޅިއަށްވުރެ" މާ ނުރައްކާތެރި އެއްޗެއްކަމަށް ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި ޝިޔާން އިޝާރާތް ކުރި ފުޅިއަކީ ބަނގުރާ ފުޅިއެވެ.
ރޮޒައިނާ ވިދާޅުވީ އޭނާ އާއި ގުޅޭ ގޮތުން ގިޓާ ދެއްކެވި ވާހަކަތައް ޤަބޫލު ކުރާނެ މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށާއި، އެއީ ޝިޔާން އަމިއްލައަށްވެސް ގަބޫލު ނުކުރާނެ ވާހަކަތަކެއް ކަމަށެވެ. ޝިޔާން އެބުނާ މަސް ފެކްޓަރީއަކީ މިނާ ކުޑޭ ހެދީ ތަނެއް ނޫން ކަމަށާއި އެއީ ތަސްމީން ހެދި ތަނެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"އަޅެ މީނައަށް ރަނގަޅަށް އެނގޭ އެކައްޗެއްވެސް ނޯވެއޭ ދޯ. އަނގައެއް އޮތީތީ ތަޅުވަނީ" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އާއި ޝިޔާނާއި ދެމެދު ބަދަލު ކުރެވެމުން ދިޔަ ބަހުގެ ހަމަލާތަކުގެ ތެރެއިން ރޮޒައިނާގެ ފިރިކަލުން ނާޝިޒް ވެސް ފަހުން ވެންނެވިއެވެ. ނާޝިޒް ވިދާޅުވީ އެއީ ފުކެއް ބޮޑުވަރު ކަމަށާއި މިނާކުޑޭ އާއި އަދި އެހެން މީހެއްގެ ވާހަކަ ވެސް ދައްކަން ނުޖެހޭ ކަމަށެވެ.
އެއަށްފަހު ނާޝިޒްވެސް ޝިޔާންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެއްވިއެވެ. ނާޝިޒް ވިދާޅުވީ "ގިޓާގެ އަނބިކަނބަލުން ވިއްކައިގެން ފުޅި ހިއްޕަވައިގެން ޓެރަސް މަތިންނާއި ސަފާރީތަކުން އުޅުއްވިއަސް ރޮޒޭ އެއްވެސް ކަމެއްގައި މީހެއް ކައިރިއަށް ދާކަށް ނުޖެހޭނެ. އަދި ނުވެސް ދާނެ" ކަމަށެވެ.
ނާޝިޒްގެ މެސެޖަށް ފަހު ރޮޒައިނާ ވިދާޅުވީ އޭނާ އެހެން މީހުން ހޯދަން ޖެހޭވަރަށް ވުރެ ނާޝިޒް "މާ ގަދަ" ކަމަށެވެ. ނާޝިޒް އާއި ރޮޒައިނާގެ ކައިވެންޏަށް 30 އަހަރުވީ އިރުވެސް ނާޝިޒް މަތިން ފޫހި ނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްތަކުގައި އެއްމެންބަރަކު އަނެއް މެންބަރަކާއި ޒުވާބު ކުރުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މީގެ ކުރިން ޒިނާ ކުރުމާއި ބަނގުރާ ބުއިން ފަދަ ތުހުމަތުތަކެއް އެއްވެސް މެންބަރަކު އެހެން މެންބަރެއްގެ މައްޗަށް ކޮށްފައެއް ނުވެއެވެ.
މިހެންވެ ލާދީނީ އޭ ގޮވުން ހުއްޓުވަން ގާނޫނު މި ހަދަނީ. މިމީހުން ޢިއްޒަތްތެރި ކުރަން ވެސް ޖެހޭނީ ގާނޫނުން. ރައްޔިތުންގެ ކުރިމަތީގައި އަގެއް ތިބި ބައެއް ނޫން.
ގިޓާމެންގެ އަސްލު ސޫރަ ތިހިރަ ފެންނަނީ...
އެބަރަނގަޅުވޭ
އެބަޔަކު ކުރާނީ އެބަޔަކު ކުރާ ކަމެއްގެ ތުހުމަތުކަން ޔަޤީން. ބަނގުރާ ބޯ މީހުން ހީކުރާނީ އެންމެން ވެސް ބަނގުރާ ބޯނެޔޭ. ވައްކަން ކުރާ މީހުން ހީކުރާނީ އެންމެން ވެސް ވައްކަން ކުރާނެޔޭ. ޒިނޭކުރާ މީހުން ހީކުރާނީ އެންމެން ވެސް ޒިނޭކުރާނެޔޭ. އެމްޑީޕީ މީހުން ހީކުރާނީ އެމީހުން ކުރާ ކަންކަން އެހެން މީހުން ވެސް ކުރާނެޔޭ.
ރާކަނި މަސްކެވޭބާ. މިރޯދަމަހުވެސް ފުޅިކަނޑައިގެން ގޮވޭ ނުގޮވޭ ހާލަތުގަ ޔެލޯގުރޫޕް ރާޑިވެއްޖެ. ދެންހަމަ އުބުޖާޑިވެގެން އެޅިފެލެ. ސާބަހޭ. ސާބަހޭ.
އަނގަ ޙައްދުޖަހަން ޖެހޭ ހިސާބަށް ދިޔައީތަ
ކަލޭނޭ ރޯދަ އެއް ޢީދެއް ވަތްކެއް ނުވޭ ތަ؟
ހަޑިމުޑުދާރު ކަމުގައި ވެސް ހައްދެއް އޮންނާން ޖެހޭނެ.
އެ އެއްޗެއްގެ ހުންނަ ކުލައެއް ދޯ ފެންނާނީ. ފޮރުވައިގެން ތިއްބަސް އެކަން އެނގޭ މީހުން ގޮވާނެ! އެ އެންމެންވެސް އެ ބުނަނީ ތެދު ތޯ ބަލާބަލަ!
ރ ނަޝީދު ގެ ހިޔަނި ހިޔަލަކަށް ހަދައިފި ކޮއްމެ މީހަކުމީހުންގެ އަބުރުކަތިލާނެ މީތެދުކަން ހޯނުވެ ބުނާނެ
އެބައެއްގެތެރޭގައި އާންމުކޮށް ކޮށްއުޅޭ ކަންކަމުގެ ވާހަކަ އެބައި މީހުންގެ އަނގަތަކުން ފާޅުކުރައްވަނީއެވެ!! ﷲ އަށް ޙަމްދުކުރަމެވެ!
އާޚިރަތް ދުވަހުން ތިޔަ ދައްކާ ވާހަކަތަކުގެ ޒިންމާ އުފުއްލަވަންވާނެކަން ހަނދާން ކޮށްދެން. އަދި މި މާތް މައްސަރުގެ ހުރުމަތް ގެއްލޭފަދަ ވާހަކަތަށް ދެއްކުންމަތީ ދޫ ނުހިފެހެއްޓިތިބެ ހިފާ ރޯދައިން ލިބޭނީ ކޯޗެއްކަމާއިމެދު ވިސްނުން މުހިންމު. މާތް ރަސްކަލާނގެ ލައުނަތުން ސަލާމަތްވުމަށް އެދޭ މީހާ ކުރެވޭ ފާފަތަކަށް ތައުބާވުން ހުއްޓެވެ.
މިއީ ދެއްތޯ އެބުނާ އިއްޒަތްތެރި މެމްބަރުންނަކީ..
ވަރަށް މޮޅު،ގިޓާ އާއި،މެންޑޯލިން،ސިތާރުފަދަ ދިރުން ނެތް ތަކެތި މަޖްލިސްއަށް ވެއްދީމަ ވާނެ ހަތަރެތި ތިވަނީ.
ލައްކަ ކަންތައް ފަޅާއަރާނެ މިކަނަ ނިމެން ވާއިރަށް. ކުޅި ބަލަން މިތިބީ
ސިޔާސީ މީހުންގެ ހަގީގަތް ތި ފެންނަނީ. ހުރިހާވެސް ހުރީ ފުޅިބޮއި ޒިނޭ ކުރާ މީހުން.
ޢަހުންނަށް އެގިފައިވާ ގޮތުގަ ނާޝިޒްއަކީ މިނާކުޑޭގެ ދަރިއެއް ނޫން . ޢެކަމަކު ތަސްމީނުގެ މަންމައާ ނާޝިޒްގެ މަންމަ އަކީ އެކަކު. ތަސްމީނުގެ ބައްޕައަކީ މިނާ ކުޑޭ.
އެބަ ރަނގަޅުވޭ // ވާނުވާގަ ތިބޭ މީހުން ގިނަބައެއް // ،،،،،
ފުޅިއަަށް ދެވިހިފާފަ އެންމެން // އަނެއް ދިވެހިރާއްޖެ ބާރަށް ކުރިޔަށް //
އެމީހެއްގެ ގައިގަ ނެއްސިފައެއް ލޮލުން ނުފެންނަހާ ހިނދަކު އެމީހެއްގެ ދުލުން ބުނަން ނޭނގޭނެ ކަމީ ށައްކެއް އޮށްކަމެއް ނޫން. ވަގުންނަށް ހީވާނީ ދެންތިބެނީ ހަމަ ހުސް ވަގުންހެން.. މީ ރޮޒެއިނާއަށް ތާއީދު ކުރާތީ ކުރި ކޮމެންޓެއް ނޫން ނުވެސްކުރާނަން. މީހައްޤް ބަސް
ކޮންމެ އެއްޗެއްގެވެސް އަސްލު ފެންނާނެ މިފެންނަނީ އަސްލު މިވަރުގެ އުޑެއް ބުޑެއް ނުދަންނަ މީހުންނައް ވިއްޔަ ރައްޔިތުން ވޯޓްމިދެނީ މީގެން އެކަކައްވެސް އެނގޭބާ މިކިޔެނީ ކިހާވަރެއްގެ އެއްޗިއްސެއްކަން.
ރޯދަމަހު ތަންކޮޅެއް މައިތިރިވެގެން ތިބުމަށް ނަސޭހަތްތެރިވަން.ދޫ ރައްކާތެރިކުރަން ޖެހޭ.ގިޓާއަށް ތެދުމަގުދައްކަވާށި.އާމީން
ތިއިއްޒައްތެރި މެމްބަރުންނާއި ބެހޭގޮތުން ރައްޔިތުންނަށް ނޭނގޭވާހަކައެއް ދައްކާނަމަ މައުލޫމާތު މުއްސަނދިވާނެ
ޞައެއް ޜިސޯޓް ތަކުގައި އުޅޭކުދިންނަށް އެނގޭނެ ތިމީހުންގެ ތެރެއިން ބޯމީހުން!
އެބަ ރަނގަޅުވޭ.
80000ރ ކާލައިގެން އިއްޒަތް ކެނޑި މެންބަރުން ކިހިނެއް މި އުޅެނީ ގައުމައް ފައިދާހުރި ކަމެއްކޮއްބަލަ ..
އެއްޗެއް ފެލާލުމުން އެ އެއްޗަކުން ނިކުންނާނީ އެ އެއްޗެއްގެދިޔަ މިބުނީ ނިސްބަތްކުރި
ފަރާތްކުން އެކަންކުރިއެކޭނޫން ނަމަވެސް ހަރުބަހެއްގައިބުނޭ އަޑެއްކިޔާފިއްޔަ ރެދެނދެއް
ލާނެޔޭ ވީމާ، ޕާޓީ ބޭފުޅުންގެހަގީގަތް ޕާޓީ ބޭފުލުންނަށް އެނގިލައްވާނެކަމަށް ބެލެވޭ ހަގީގަތެއްނެތް ވާހަކައެއް ބުނާނަމަ ޒުވާބުކޮށް އަޑުގަދަކުރެއްވުމުގެބަދަލު ޝަރިއްޔަތަށްގޮސް
މައްސަލަނިންމުން ރަގަޅުކަމުގައި ދެކެން މިވަރުނުވާނަމަ ބެލެވެނީ،،،،،،،،،،،،،،،،
ރާ ހުއްދަ ކުރަން އުޅޭ ނަރު ނެތް ގިޓާ ގިނަވީމާ ހަކުރު ގިނަވޭ.އެމްޑީޕީ ބޮޑުންތައް ފާހިޟް ކަންތަކާ ނިކަން ގާތް.ހުރިހާ ނުބައި ކަމެއް ކުރާ ބޮޑުން އެމީހުންގެ ސިޔާސީ ބާރުވެރިކަން އެމްށީޕީ ތެރެއިން ހޯދާ.ފާފަތަކުގެ ވާހަކަ އެހެރަ ފަލީހަތްވަނީ
ރަނގަޅަށް ބިތު ފަންގި ނަގާ!! އޭރުން ކެޔޮ ކޭވަރު އެނގޭނެ!!
ރޭތައް އިހުޔާ ކުރަން ގެންނަންވީ މި ގުރޫޕު