އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބޮޑު ބެނާއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި މިއަދު ހަވީރު ހަރުކޮށްފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ.ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާގައި ހުރީ ރާއްޖޭގެ ގައުމީ ދިދައިގައި ހިމެނޭ ފެއްސާރައި ރަތާއި ހުދު ކުލައެވެ. ބެނާގައި ވަނީ ރަތް ކުލައިން އިންޑިއާ އައުޓް ލިޔެފައެވެ.

15 ބުރިއަށް ހަދަމުންދާ ރައީސް ޔާމީންގެ ގެކޮޅުގައި މިއަދު ހަރުކުރި އިންޑިއާ އައުޓް ބެނާ އަކީ މިހާތަނަށް މިކެމްޕޭންގައި ހަރުކުރި އެންމެ ބޮޑު ބެނާއެވެ. ރައީސް ޔާމީންގެ ގެކޮޅުގެ އިތުރުން މާލޭގެ އެހެން ބައެއް ގޭގޭގައި ވެސް މިހާރު އިންޑިއާ އައުޓް ބޮޑު ބެނޭތައް ހަރުކުރަމުން އެބަގެންދެއެވެ.

ރައީސް ޔާމީން މިއަހަރުގެ ޖަނަވަރީ 14 ވަނަ ދުވަހު ށ.ފުނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް ފާރުތަކުގައި އިންޑިއާ އައުޓް ލިޔަން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ އެގޮވާލެއްވުމާއި ގުޅިގެން ބައެއް ރަށްރަށުގައި ވަނީ އިންޑިއާ އައުޓް ފާރުގައި ލިޔެ ބެނާތައް ވެސް ދަމާފައެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި މިއަދު އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފައި މިވަނީ އިންޑިއާ ކަނޑުގެ ސިފައިންގެ ވެރިޔާ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު ރާއްޖެ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

https://twitter.com/ProgressPartyMV/status/1516418406999900166

އެޑްމިރަލް ރާދަކްރިޝްނަން ރާއްޖެ ވަޑައިގެން މިއަދު ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ބައްދަލު ކުރައްވާ ރާއްޖޭގެ ޗާޓް ވިއްކައިގެން އިންޑިއާ އަށް ލިބުނު ފައިސާގެ %25 އިންސައްތަ ރާއްޖެ އާއި ހަވާލު ކުރިއެވެ. އިންޑިއާ ސިފައިންގެ މަނަވަރެއް މިހާރު ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭ ކުރުމުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޯޑު

    ސާބަހޭ ރައީސް، ކޮބާތަ ދެންތިބި ސިޔަސީ ކަނޑުކޮހުން

    6
    1
  2. ބަޅާބާއީ

    ކޮއްމެގެއްގަ ބެނާއެއް ހަރުނުކުރެވޭނެ ކުލީތަންތަންވީމަ ކޮއްމެ އެޕާޓްމެންޓެއްގަ ދޮވެފަ އެޅިދާނެ އެކްސްލާޖް ބޮޑުޓީޝާޓެއް ދޮވެފަ ހިއްކަން އީދުއައްނަންދެން ދޮވެހިއްކުމާބެހޭގަވާއިދެއް ސިޓީކައުންސިލިން ހެދިފަނެއްހެންހީވަނީ އޭސީއިން ބޯމައްޗައް ފެންއައުޓް ވިއަސް އޯކޭ ދުވާރުމަތީ ސާހޮޓާ ވިޔަފާރިވެސްއޯކޭ ހަމަ ފާކިންވެސް ކަމުނުދަނީ ބީޗްގަ ފިނިބުއިމެއް ބޯންތިބުން ސުކޫލްދޮރުމަތީ ވެސްއޯކޭ ހުޅުމާލެނަމަ

  3. ކަހުރަބު

    އިންޑިއާ އައުޓް ލާދީނީ ޣައްދާރުން އައުޓް

    7
    1
  4. ޕު އް ޕު

    މެންޓަލް މޭން

  5. ސަރ ކާރު

    މީނަ އެކީ ރާއްޖޭގެ އަންސަން ސޫ

    2
    24
    • Anonymous

      މަހާތުމާ ގާންދީއޭތަ ބުނަންތިއުޅެނީ؟

  6. ކޮއްޔާ

    ވަރަށް ގަދަ // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

  7. Anonymous

    މަރުހަބަާ މނިކުފާނައް ސެލިއިޓުކުރަން

  8. އަފީ

    ހަބޭސް ގަޓް ރައީސް

  9. ހުޅުމާލޭ ބޮޑު ޖިންނި

    އިންޑިޔާ އައުޓެއް ނުވާނެ. އައުޓު ވާނީ ބޮޑު ވަގު....... މަންޒަރުން ބޭރަށް. ދުވަސްކޮޅަކުން އައުޓުވާގޮތަށް މުޅި އުމުރަށް އައުޓުވާނީ.. ފުރަތަމަ ފުށްގިރިޔަށް 25، ދެން އާރަަށަށް 25، ދެން ދަރުމަވަންތަ ހޮސްޕިޓަލަށް 15، ދެން ސަލްމާން މިސްކިތުގެ 6 މިލިޔަނަށް 15، ދެން ނަސަންދުރާޔަށް އަނެއް 15. މީ ހަޤީޤަތް އިގޭ. ކަލޯމެން ބަލަންތިބޭ. އަދި އޮންނާނެ ރުބެލް އަށް އައުޓު ކުރީމަ އަންނަ ބައި އެވެސް 10 ވަރު ވާނެ. ވަގުންނަށް ނޯ ޗާންސް އިނގޭ. ވަރަށް މޭކަރައިފި ދޯ. ނުކެރޭނެ މި ކޮމެންޓްސް ޖަހާކަށެއް ވަގުތު ނޫހަކު. އެހަމަ ގައިމު ކަމެއް.. އެހާ ގަޓް ނެތް ނޫހެއް މީ

    3
    11