ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިންޑިއާއާއި ދެކޮޅު ބެނާ ހަރުކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބޮޑު ބެނާއެއް ރައީސް ޔާމީންގެ ގެކޮޅުގައި އިއްޔެ ހަވީރު ވަނީ ހަރުކޮށްފައެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާއި ގުޅޭ ގޮތުން ބަދުބަސްނުވެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުޤޫބާތާއި ހިލާފު ކަމެއް ކަމަށެވެ. "އެއީ ގާނޫނުލްއުގޫބާއި ހިލާފު ކަމެއް. އާއްމު މަސްލަހަތާއި ހިލާފު ކަމެއް. އެތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ވަގުތުން ވަގުތަށް ފުލުހުން ނަގަން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ.ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާގައި ހުރީ ރާއްޖޭގެ ގައުމީ ދިދައިގައި ހިމެނޭ ފެއްސާރައި ރަތާއި ހުދު ކުލައެވެ. ބެނާގައި ވަނީ ރަތް ކުލައިން އިންޑިއާ އައުޓް ލިޔެފައެވެ.

15 ބުރިއަށް ހަދަމުންދާ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ އަކީ މިހާތަނަށް މިކެމްޕޭންގައި ހަރުކުރި އެންމެ ބޮޑު ބެނާއެވެ. ރައީސް ޔާމީންގެ ގެކޮޅުގެ އިތުރުން މާލޭގެ އެހެން ބައެއް ގޭގޭގައި ވެސް މިހާރު އިންޑިއާ އައުޓް ބޮޑު ބެނޭތައް ހަރުކުރަމުން އެބަގެންދެއެވެ.

ރައީސް ޔާމީން މިއަހަރުގެ ޖަނަވަރީ 14 ވަނަ ދުވަހު ށ.ފުނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް ފާރުތަކުގައި އިންޑިއާ އައުޓް ލިޔަން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ އެގޮވާލެއްވުމާއި ގުޅިގެން ބައެއް ރަށްރަށުގައި ވަނީ އިންޑިއާ އައުޓް ފާރުގައި ލިޔެ ބެނާތައް ވެސް ދަމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަންތިރި

    މީއްޗަކު މިޔޮއް ކިޔާ ބަދު ބަހަކުން ލައްކަ ހިނި އާދޭ

    84
  2. Anonymous

    މިއީ ހަމަރަނގަޅަށްވެސް ތަނެއްގަ ހުރި ބޮޑުކޮހެއް، ކަލޭ މިސަރުކާރުގައޮވެމެ އެހެންގައުމުތަކަށް ބަދުބަސް ބުނުން އޯކޭ، ޔާމީނު ހެދީ ރަނގަޅަށް..

    101
    1
  3. ާއާބި

    އިންޑިއާ އެއީ ކެނެރީގެ އާބިދާތަ

    39
  4. ފާއިޒު

    ގާނޫނުލްއުޤޫބާތަކީ ކޮންއެއްޗެއް ކަން އެނގޭތަ؟

    31
    1
  5. ނަންނެއް ގޮލައެއް

    މިކަލޭގެ މީ ގައުމައްމޖެހިފަ އޮތް ބޮދު ވަބާއެއް. މަނިކުފާނު ދާންވީ ނޫންތޯ އިނޑިޔާގެ ޕާލިމެންޓައް ރާއްޖެ ތަމްސީލު ކުރަން. މިހާރު ދެން މިއީ އިންޑިޔާ އަޅުވެތިކަމުގެ ދަށުގަ އޮތް ގައުމެއް.

  6. ޢަލީ

    ތިބޭ ފުޅާ އުޅުއްވިގޮތުގެ މާޒީ ސޮފުހާއެއް ބައްލަވާލައްވާ. އިތުރު ވާހަކައެއް ނުދައްކާނަށް ރޯދައަށް މިހުރީ.

    37
  7. ރައްވެހިފަތިސް

    އެހެންތާވާނީ މީނަރުޅިއަންނާނެތާ މީނަގެކާރުގެކުރީގަތިބެނީއެމީހުންވިޔާ އަދި ފަހަތުންއެދާއެޖިޕުގަވެސްއެބޯނެރިގެންތިބެނީ އެމީހުންވިޔާ އެހެންވީމަ ކިހާރުޅިއަންނާނެނުން.

  8. Anonymous

    ކޮނގައުމަކައްތަ ޔާމީން ބަދުބަސްބުނީ މިގޮވަނީ އިންޑިއާސިފައިން މިރާއްޖެއިން ފައިބާށޭ ފައިބަންހަމަޖެހޭނިީ

    36
  9. ޕޮގުބާ

    މިގަމާރަށް ހަޖަމް ނުވީތާދޯ

    32
  10. ކަހުރަބު

    ފާ ކޮށްގެން ހުރޭ އިންޑިއާ އައުޓް

    33
  11. ހަސަނާ

    ކަލެއަށް ކީއް

    26
  12. މާނިއުމާނި

    ނަޝީދޫ ކަލެއާ ކޮންބެހޭކަމެއް އެމީހެއްގެ ގޭގަ އެމީހަކު ބޭނުން އެއްޗެއް ދަމައިފާނެއްނު އެއަދި ހަރާން ފައިސާގަ އަޅައިފަހުރި ގެޔަކަސް ކަލޭތިހާވަރެއް އަރުވާކަށް ނުޖެހެޔޭ

    19
    3
  13. ގައުމީ ލޯބި

    މީހެއްގެ ގޭގައި ލާނެ ކުލަ، ލިޔާނެ ލިއުން، ކުރަހާނެ ކުރެހުމާއި، ފާޅުކުރާނެ ޚިޔަލަކީ، ގާނޫނާއި ޚިލާފުނުވާހާ ހިނދަކު، އެންމީހަކަށް ބަސްބުނެވޭނެ އެއްޗެއް ނޫން.. އެއީ މިނިވަންކަން..

    މިނިވަންކަމަށް ދައުވާ ކުރާ މީހާ މިކިޔަނީ ކީކޭ؟ މޮޔަ ފުޅުވީތޯ؟ ނުނީ ގަމާރީ ތޯ؟

    މަޖިލީހުގެ ގޮނޑީގައި އިދެގެން ދެއްކެންވާނީ ރައްޔަތުންގެ ލާބައާއި މަންފާއަށް ދެކެވޭ ވާހަކަ ؟

    ޓެކްސް ފައިސާ ޚަރަދުކޮށްފައި ތިތަނުގައި ޖަލްސާ ބާއްވަނީ އަމިއްލަ އެޖެންޑާ ހިގުމާއި، ތިމާ ރުހޭ ނުރުހޭ ކަންކަމުގައި ޚިޔާލުފާޅުކުރާކަށް ނޫން..

    އެވަރުނޭގޭ ނަމަ ގޮނޑިންފައިބާ މަގުމައްޗަށް ނިކުންނަވާ.. ތިމީހުންގެ ތަނަކީ އަސްލު މަގުމަތި.. ބޮޑެތި ގޮނޑިތަކުގައި ތިބޭ އިރުވެސް ތިހީވަނީ މަގުމަތީ ބަޔެއްހެން.. ގޮތްގަނޑު ތިހުންނަނީ މުޅީން އެފާޑަށް !

    ގައުމު ހާލުކުކޮށް ނިންމަނީ، މަޖިލީހުގެ ކަރާމާތާއި ހައިބަތު ގެއްލުވާ ލަނީ..!

  14. ކަޅުބުޅާ

    ތިޔަ ހުރިހާ ކަމަކީވެސް އެމްޑީޕީ ދަސްކޮއްދިން ކަންތަށް. ސައުދީ ރަސްގެފާނު އަންނަން އުޅުނުއިރު ކޮއްފަހުރި ޓުވީޓްތަށް ބަލާލީމަ އިނގޭނެ. އެމް ޑީޕީ ކަމުދަނީ އިދިކޮޅުގައޮވެގެން މުޒާހަރާ ކުރަން. ވެރިކަން ކުރަން ކުފޫ ހަމައެއް ނޫން

  15. މަބޭ

    ގާނޫނުލް އުގޫބާތުގަ އޮންނާނެ މީހަކުވަގައްނަގާ ރަހީނުކޮއްފިނަމަ ދޭންޖެޖޭއަދަބުވެސް

  16. ޅަރާ

    އަހަރުމެންގޭގައިވެސް ހަރުކުރެވިދާނެ.
    ނަމަވެސް އަމިއްލަ ޚަެަދުގައި މިވަގުތު ނުކުރެވޭނެ. ޕޕމ ކުދިންގެ ޚަރަދުގައި އައިސް ކުރަންވީ.

  17. އިންޑިއާއައުޓު

    ކިހިނެއްބާ އެނގެނީ އެއީ ހަރާމް ފައިސާގަ އަޅާފަހުރި ގެއެއްކަން ކޮންގޮތަކައްބާ އެކަންސާފުވީ ރޯދައައްހުރެ ދޫރައްކާތެރިކުރޭ