އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރަމަޟާން މަހު އަވަގުރާނަ ގޮވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީގެ ކުރިންވެސް އަދުރޭގެ މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާވެސް ކުރިއެވެ.

މިފަހަރު އަދުރޭ އަވަގުރާނަ ގޮވާފައި ވަނީ، ރޯދަ މަހު ފުލުހުންނާއި މުއާމަލާތް ކުރުމުގެ ތެރެއިންނެވެ. އޭނާ އަވަގުރާނަ ގޮވާ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ މިއަދު އަދުރޭ ފުލުހުންނާއި މުއާމަލާތް ކުރަމުންދާ ތަނެވެ. އެ ވީޑިއޯ ފަށާއިރު އަދުރޭ ހަޑި ހުތުރުބަހުން މުއާމަލާތް ކޮށްފައި ވެއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައް ކުރުމަކީ ކުށެކެވެ. އެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

މި ކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ޙުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު ވެސް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޗުޕާ ޗުޕީ

    ބޭ ފުޅާ އަށް އެ އަވަގުރާނަ ގޮވުނު އިރު ބީޕީ ހުރީ 43 ޑިގުރީ ގެ ހޫނު މިނު ގައި

    4
    4
  2. 2023ޔާން

    2023ޔާން..އިންޝާﷲ..އާމީން

    8
    4
    • ބޮޑު ވަގު

      .އިންޝާﷲ ވަގު ކަލޭގެ ކުރި ވައްކަމުގެ އަދަބު ވީހާއަވަހަކަށް ދައްކަވާށި..

  3. ޕްރިންސިޕަލް

    އަދުރޭ ސަރ އަވަގުރާނަ ނުގޮވާނެ. ތިވާނީ އަޑުޑަބްކޮއްފަ ހުރީކަމަށް.

    7
    1
  4. ސަންދާރް

    ވަގުތު މީހިންނައް ސޯލިހްބޭ ދިން ފައިސާގެ އަސަރުދޯ..

    8
    2
  5. ވާނުވާ

    މިވަރުގެ ބީތާއިން އިސްލާމް ދީނޭ ކިޔާގެން އަނގަތަޅާތީ ދެރައީ ހިތާމަޔަކީ އަދިވެސް އަޑުގަދަ މީހާ ރުއް ގިނަވާނޭ ބުނާހެން ތަނެއް ދޮރެއް ނުދަންނަ މީހުން ސިޔާސީ އިސްސަފުގަ އުޅޭތީ

    3
    7
  6. އަދުރޭ ގެ ކޮއްކޮ

    ހަމަ މިހާރު ޖަލައްލާ

    5
    6
  7. ޅިޔަނުބެ

    އެވަރުކަމެއްތަ ދެންހަމަ ސިޔާސީގޮތުން މީހަކު އެއްޗެއްކިޔަސް

    7
    2
  8. ޕޮގުބާ

    އަދުރޭ އަވަގުރާނަ ގޮވީމަ ކަމު ނުދަނީތަ އަހަރުމެންނަށް ކަމުދޭ

    6
    3
  9. ހުސޭނުބޭ

    ތިއީ އަދުރޭއަށް ޖެހިފައިވާ ބައްޔެއް! ތިކަމަށް ބޭސްކޮށްދޭނެ ޑަކްޓަރެއްނު އިހަށް ހޯދަންވީ!

    2
    5
  10. އަލްޖިބްރާ

    ތިޔައީ އަބަދުވެސް ތިކަހަލަ މީހުންގެ ފެންވަރު !

    2
    4
  11. Anonymous

    ރޯދަމަހު އަވަގުރާނަ ނުގޮވާ އެހެން މަސްމަހު އަވަގުރާނަ ގޮވުން ދީނުގައާއި ގާނޫނުގަ ހުއްދައީތަ؟ 365 ދުވަހުގެ 8760 ގަޑިއިރު އޮންނައިރު އެއީ 525600 މިނެޓު. އެއީ 31536000 ސިކުންތު. މިއިން އެއްވެސް ވަގުތެއްގައި އަގުރާނަ ގޮވުން ހުއްދައެއް ނޫން.

  12. Anonymous

    ބޮޑުމީހާގެ އުޅުން ދެންހުރި މީހާގެވެސް ހުންނާނީ... އަނެއްކާ "މިރައީސް" ވެސް އެވަރަށް ***** ގޮވާލާފަހުރިކަމަށް މިބަލަނީ ޕްރޮފެސަރއާ ދިމާލަށް. ލޮލް

    4
    7
  13. މުހައްމަދު

    އަދުރޭ ތީ ޕީޕީއެމް ގެ ހަލާކު..

    3
    6
  14. ރަނާ

    އަދުރޭނޫނީ މިޤައުމުގަ އަވަގުރާނަ ގޮވާމީހަކުނޭޅޭތަ؟
    ދަރިން ގޮވައިގެން މަގުމައްޗަށް ނުކުތަސް ހަތަރު ފަރާތުން އިވެނީ ތިއަ އަވަގުރާނައެއް ގޮވާއަޑު، އެބައިގަނޑަށް ފިޔަވަޅު އަޅާނެ ބަޔަކު ނެތްތަ މިޤައުމަކު،
    އެ އެންމެންގެ ނަން އަދުރޭއަށް ބަދަލުކޮށްގެން ނަމަވެސް ޕޮލިހުން އެމީހުންނަށް ފިޔަވަޅު އަޅާދީބަލަ،
    ޅަދަރިން ގޮވައިގެން ކަންފަތުގަ އަތްނާޅާ
    މަގުމަތީގަ ހިނގާލެވޭނެ ދުވަހެއް ފެނޭތޯ،

  15. މުރާދު

    އަދުރޭ އަވަގުރާނަ ގޮވުން ނަޝީދު އަވަގުރާނަ ގޮވުން ގާސިމް އަވަގުރާނަ ގޮވުން ސަން ސިޔާމް އަވަގުރާނަ ގޮވުން ކޮލި މޮހަދޭ އަވަގުރާނަ ގޮވުން ޖާބިރު އަވަގުރާނަ ގޮވުން ދެން މިރާއްޖޭގެ ގާނޫނު ހަދާ މަޖިލީގައު ތިއްބަވާ އިއްޒަތްތެރި މެމްބަރުން އަވަގުރާނަ ގޮވުން އެކަކު އަނެކަކަށް ވަގަށް ގޮވުން ޒިނޭގެ ތުހުމަތު އެކަކު އަނެކެއްގެ ބޮލުގައި އެޅުވުން މިއީ މާބޮޑު މައްސަލައެއްތޯ؟ އަޅުގަނޑު ދެކޭ ގޮތުގައި މިހިރީ އަކީ މައްސަލައެއްނޫން، މިރާއްޖެއަކީ ދެން މިހާރު "ޖަންގަލީގެ ވައްތަރަށް" ތަހުޒީބުވެފައިވާ އަދި މިނިވަންކަން ވެސް އެންމެ ހުރިހަމަ ގޮތުގައި އޮތް ގައުމެއް ދެން އެހެންވީމައި ދައްކާ ވާހަކައެއް ކުރާކަމެއް ސިއްރަކުން ކުރާކަށް ނުޖެހޭނެ، ފާޅުގައި އެކަންކަން ކުރެވެންވާނެ.
    މައްސަލައެއްނޫނޭ ބުނަންމިޖެހުނީ މިއިން މީހަކު އަވަގުރާނަ ގޮވައިގެން ދުވަހަކުވެސް ކުށްވެރިވެފައި ނުވާތީ. ދެން މިއީ އާންމުކޮށް އަވަގުރާނަ ގޮވާމީހުންވީމަ މިމީހުންގެ ނަން ފާހަނގަކޮށްލީ.
    މިރާއްޖޭގައި ކުއްވެރިވާނީ ހަމަ އެކަނި އިންޑިޔާއަށް ބަދު ބަހެއް ބުނެގެން، އިންޑިޔާމީހަކަށް ކުޑައިމީސްކޮށް ހިތައިގެން، އިންޑިޔާއާއި ދެކޮޅު ޝުއޫރެއް ފާޅުކޮށްގެން.
    މިނޫން އެހެން ހުރިހާކަމެއް އޮންނާންވާނީ އޯޕަންކޮށް އެހެން ނޫނީ މިނިވަން ޑިމޮކްރަސީ އަކަށްނުވާނެ.

  16. ވގ13

    ތައުލީމެއް ތަރުބިއްޔަތެއް ނެތީމަ ގޮވޭނީ އަވަގުރާނަ ޕޕ ގަނެތޭ މިނޫންމީހަކު ދެންކީއްކުރާނި މި ވީޑިއޯ އަދުރޭގެ ދަރިންބަލާނެ އެއީވެސް ސަހަލު ބަޔަކައްނުވާނެ ކުރަނީވައްކަން ދެން އެފައިސާ ދަރިންނައް ކާންދެނީ ކޮންރަގަޅެއްވާނި