މިއަހަރު ސެޕްޓެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ތާއިދު ހޯއްދެވުމަށް ވިލިގިލީގައި ޑޯޓުޑޯ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު މެންދުރު ފަހު ބޭއްވި ޑޯޓުޑޯ ހަރަކާތުގައި ފައިސަލް ނަސީމް ވަނީ ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ ހާލު ބަލާފައެވެ. އަދި ވިލިނގިލީގައި މީހުން ދިރިއުޅެމުންދާ ގެތަކަށްވެސް ފައިސަލް ވަނީ ޒިޔާރަތް ކޮށްފައެވެ.

ވިލިމާލޭގައި ބޭއްވި ޑޯޓުޑޯ ހަރަކާތާބެހޭގޮތުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ވިލިނގިލީގައި ބޭއްވި ހަރަކާތުން ފެނިގެންދިޔައީ ރަތްޔިތުންގެ ޝަކުވާ އިންތިހާއަށް ގިނަވެފައިވާތަން ކަމަށެވެ.

"ވިލިމާލެ އަށް މިކުރި ޒިޔާރަތުން ފެނިގެންދިޔައީ ބޯހިޔާވެހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ޝަކުވާއަކަށް ވެފައިވާކަން. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއްދީގެން ބޯހިޔާވެހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނަން" ފައިސަލް ނަސީމް ވިދާޅުވިއެވެ.

ވިލިމާލޭގައި ވެސް ބޭސްފަރުވާގެ ކަންކަން ރަަނގަޅު ކުރަން ޖެހިފައިވާ ކަމަށާއި ރަތްޔިތުންގެ ވިންދާއި އެއްގޮތަށް މި ޝަކުވާތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން ފައިސަލް ވަނީ ވިލިމާލޭގައި މިއަދު ބޭއްވި ޑޯޓުޑޯ ހަރަކާތުގައިވެސް ފެނިގެން ދިޔައީ ރަތްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މިންވަރު ކަމަށެވެ.

"ހުރިހާ ރަތްޔިތުންނަށް ވެސް އިލްތިމާސްކޮށް ގޮވާލަން ވޯޓާސް ލިސްޓުގައި ނަން އޮތްތޯ ޔަގީން ކުރެއްވުމަށް. އަދި ހުރިހާ ރަތްޔިތުންނަށް ވެސް އިލްތިމާސްކުރަން ވީހާވެސް އަވަހަކަށް ރީީރަޖެސްޓުރީ ކުރެއްވުމަށް. ރީ ރަޖެސްޓުރީ ނުކުރައްވާ ނަމަ އެއީ އަޅުގަނޑުމެންނަށް ގެއްލިގެން ދާނެ ވޯޓަކަށްވުން އެކަށީގެންވޭ" ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓަވަރު

    ވިލިމާލެއަށް ތިޔަ ގުރޫޕުގަނޑު އައިސް ތެޅިފޮޅުނު ގޮތުން ބޯހަލާކު.....

  2. ކަމަނަ މުހައްމަދު

    އެސޮރު މޮޔަހައްދައިގެން މުޅި ރަށުގަ ހިންގުވާ.

  3. ހީވާގޮތް

    އަހަރެމެންގެ ވައިސް ޕްރެސިޑެެންޓް ތަ؟؟؟ މީނަ އަދި ކުރިއަކުން ދަންނަ މީހެއްވެސް ނޫނޭ ތައާރަފެްއް ބޭނުން

    • އަންނި

      ތިމީހާ ފޯއް މުލައް... އެހެންތަންތަން ނޭގޭ ކޮންތާކު ކަމެއް، ނަމަކީ ފާއިސާލު ކުރިން އުޅުނީ ރިސޯޓެއްގައި މިވަރު އޯކޭތަ؟