ގާތް މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިޔަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ފޮނުއްވެވި މެސެޖްތަކެއް އާންމުވެއްޖެ އެވެ.

ކޮރަޕްޝަނާއި، ނުފޫޒު ފޯރުވުމާއި ދެކޮޅަށް އެންމެ ގިނައިން ވާހަކަދައްކާ އެއްބޭފުޅާ ކަމަށްވާ އިންތިގެ މިފަދަ މެސެޖްތަކެއް ލީކް ވުމުން އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް މެސެޖްތަކާއި ގުޅޭ ގޮތުން އަދި މިހާތަނަށް އިންތި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ލީކްވެފައި ވަނީ އިންތި، ގްރޭޓަރ މާލެ ކުންފުނީގެ ޗެއާމަން ސާތިރަށް ފޮނުވި މެސެޖްތަކެއް ކަމަށް ވެއެވެ.

މެސެޖްތަކުން އެނގޭ ގޮތުގައި އިންތި ބޭނުންފުޅުވީ އައިމިނަތު ތޮއިބާ ހަސަން ކިޔާ މީހަކަށް ވަޒީފާއެއް ހަމަޖައްސާށެވެ. އައިމިނަތު ތޮއިބާ ހަސަން އަކީ އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަދްހަމްގެ އެއްބަނޑު އެއްބަފާ މީހެއް ކަމަށާއި އޭނާ އޭރު ވަޒީފާ އަދާކުރަމުން ދިޔައީ އުރީދޫގައި ކަމަށް އިންތިގެ މެސެޖްގައި ވެއެވެ.

އިންތިގެ ފުރަތަމަ މެސެޖަށް ފަހު ވެސް ވަޒީފާއެއް ނުލިބުމުން އިންތިގެ އިތުރު މެސެޖެއް އޮގަސްޓް 07 ވަނަ ދުވަހު ޝާތިރަށް ކޮށްފައި ވެއެވެ. އެ މެސެޖްގައި އިންތި ވަނީ ވަޒީފާގެ ކަންކަން ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި އިންޓަވިއުއަށް ފަހު ހަބަރެއް ނުވާތީ އަންގާލެއްވީ ކަމަށް ވިދާޅުވެފައިވެއެވެ. "ޗެއާމަން ވިދާޅުވީމެއްނު ތީ ޗެއާމަންގެ އަތްމަތީ އޮންނަ ކަމެކޭ ތި ވަޒީފާގެ ކަމަކީ." އިންތިގެ މެސެޖްގައި ވެއެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އިންތި ކުރެއްވި އިތުރު މެސެޖެއްގައި ވަނީ ވަޒީފާ ހަމަޖެހުމުން ޝުކުރު އަދާކުރާކަމަށް ވިދާޅުވެފައެވެ. އެމެސެޖްގައި ވަނީ އިންތި ކުރެއްވި މެސެޖްތަކަށް ޝާތިރު ޖަވާބު ދެއްވީތީ އެކަމަށް "ޝުކުރު" ވެސް އަދާކޮށްފައެވެ. ނަމަވެސް މެސެޖްތަކުން ފެންނަ ގޮތުގައި އިންތިގެ އެއްވެސް މެސެޖަކަށް ޝާތިރު ޖަވާބު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން ބެލެވެނީ އިންތިގެ ޝުކުރުގެ މެސެޖަކީ ޖެއްސުމަށް ކުރެއްވި މެސެޖެއް ކަމަށެވެ.

މިދިޔަ މަހު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިންތި ވަނީ އޭނާގެ ދާއިރާގެ މީހުންނަށް ވަޒީފާ ދޭން އެދުމުން ވަޒީފާ ހަމަނުޖެހޭ ކަމަށް ވިދާޅުވެ އެކަމުގެ ޝަކުވާ ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    މިއީ ވަރަށް ދެރަވަރުގެ ކަމެއް، ރުޅި އަޔަސް ތަންކޮޅެއް ބޮޑުވަރު

    17
    7
  2. ޅަރާ

    ހުސް އެއްކަހަލަ މީހުން.
    އިންސާނުންނަކީ ޖަނަވާރުންގެ ފެމިލީ ބައެއް.
    ލަދުހަޔާތްވެސް ހުންނާނީ ބައެއްފަހަރު

    29
    1
  3. ޙަޒާ

    ނާދީ އާއިއެކު ޓިކްޓޮކް ކުޅެވޭތޯ ބަލާތި

    33
  4. ހަނީ

    އެ މްޑީޕީގާތިބޭނީ ހުސް ދޮގު ހަދާ މީހުން

    43
  5. ލޮލް

    އެންމެ ނަޒާހާތްތެރިކަމަށް ބުނި މީހާވެސް ފަސާދަވެފައި. ޕާޓީގެ މުގުލުގައި ހުރީ ފަސާދަ ނައްތާލަން ވަކާލާތު ކުރިޔަސް ފަސާދަވެފައި ހުރި ބޭފުޅެއް. ދެން އެބޭފުޅާގެ ފަހަތުން އުޅޭ މީހުން ފަސާދަނުވެ ވަންނާނީ ވަކި ކޮންތާކަށް.

    40
  6. ވާނުވާ

    މިއޮތީ ހަމަރަނގަަޅަށް ވެސް އިދިކީލި އަރާފަ

    30
  7. ރައްޔިތު މީހާ

    ގައުމުގެ ހާލަތު މި ސިޔާސީ މީހުން ނަކީ ހަގީގަތުގަވެސް ގައުމު ހަލާކުކުރާމީހުން ނަކީ

    26
  8. ޢަޖާބު

    ގްރޭޓަރ މާލޭގެ ޗެއަރމަން އަކަށް ޝާތިރު ކިޔާމީހަކު ހުރިކަމެއް އެއްވެސް އިރެއްގަ ނުދެނެހުރިން

    10
    10
    • ބަލާއިރު

      އެއީ ވަނަމެއް ނޫނީ އެމްޑީޕީތެރޭގެ ނަމެއް ކަމަށް ބެލެވެނީ. އެމެޖެސެޖްގަ ނެތް ގްރޭޓަރ މާލޭގެ ޗެއަރމަން އޭ.

      1
      1
      • ލޮލް

        މިގައުމުގައި ހުންނާނީ އެންމެ ޗެއަރމަނެއް. އެއީ ޢަބްދުﷲި ޖާބިރު، ހ. ތިމާވެށި. އޭނާގެ ނަމުގެ ކުރިޔަށް ޗެއަރމަން ލާފައި އޮންނާނެ ކެނެރީގޭ ނަސީދުގެ ކުރިޔަށް ރައީސް ލާފައި އޮންނަ ގޮތަށް.

  9. މަވާސަލާމް

    ތީހުސް އެކައްޗެއް

    17
  10. Happy 123456

    ޢިންތިގެ އަގުވައްޓާލަން ކޮށްގެން އުޅޭކަމެއް!

    3
    28
  11. ދޮންރަހާ

    ހީވާގިތުން ތިކުއްޖާ ތީ އިންތި އަންހެނުން ނޫނީ އަންހެނުން ކޮއްކޮ. ޔަގީނުންވެސް އެނގޭ ކަމަކީ އަދުހަމް އެއީ އިންތި ޅިޔަނު އަދުހަމް ވަޒީފާ އަކީ ހެނދުނު ސޮއިކޮށްފަ އޮފީސް ބަންދު ކުރަންދެން ކޮފީ ބުއިން. މި އިންތި އެމްމެ ބޮޑަށް ޅިޔަން ފަހަރިންނަށް ވަޒީފާ ދެނީއޭ ކިޔާގެން އަނގަ އަރވާނީސް ދިމާ އިދިކީލަ ވެއްޖެއެއްނުން

    25
    1
  12. Anonymous

    މުޅިރާއްޖޭގަވެސް ހުރި އެންމެ ފިތުނަ އުފައްދަން ކުޅަދާނަ ދޫ ނުބައިމީހާ އެމް ޑީޕީއައް މީނަ ވަރައްމުހިންމުވާނެ

    29
    1
  13. ބުއްޅަބޭ

    ތިމާމީ ހުދުފޮތިކޮޅެކޯ

    26
    4
  14. ހަސަން ކުރުސި

    މިކަހަލަ ކޮރަޕްޓުމީހުންދޯ ބާރަށްހަޅޭލަވަމުން މިދުވަނީ. މިމައްސަލަ ބަލާ މީނައަށްހައްގުއަދަބުދޭންޖެހޭނެ.

    27
    1
  15. ޒޫ

    އިންތިގެ އަންހެނުންގެ ކޮއްކޮ ތޮއިބާ ހަބީބް

    28
    1
  16. ޖާނޭ

    ހުސްވަގުން. ވައްކަމާއި ފަސާދައިން ފަސްބައި ކަޅިވެފައިވާ ބޮޑެތި މުޖުރިމުން ތިޔައީ. ވަގަކަށް ދުކުރާނެ ވެގެއް ނެތް.

  17. Anonymous

    މެންބަރުލްވަގު އިންތިއްޗީޑި އައްޗީޑި. މެންބަރުލްވަގު އިންތިއްޗީޑި އައްޗީޑި. މެންބަރުލްވަގު އިންތިއްޗީޑި އައްޗީޑި. ... ރަށްމެދަށް ނުކުމެހުރެ ވަލިއްޔުލްވަގު އައްޗީޑިއޭ ގޮވި ހަނދާން އެބަހުރިތަ؟

  18. ބެލީމަ

    ތިޔައީ އަދި އެންމެ މީހެއްގެ މެސެޖެއް. މިދިޔަ 4 އަހަރުތެރޭ ކިތައް މެސެޖް ވާނެ.

  19. އަޙްމަދު

    މީދޯ ވޯޓް ހިދަން ގަންނަގަނޑަކީ! ވަޒީފާ ދޭންޖެހޭނީ އެކަމަށް ޤާބިލް މީހުންނަށް! އެނާގެ ރައްޓެއްސަކަށްވީމާ ނުޖެހޭނެ ވާޒީފާ ދޭކަށް! އިމްތިޔާޒް ފަހުމީއަކަށް ވޯޓެއް ނުދޭނަން!!!

    11
  20. ޅޮލޮ

    އަހަ މިވީ ކޯއްޗަކަށް ހަމަ ހިލާ ދެން މަގޭ ވޯޓް ނުލިބޭނެ. އަންހެނުންގެ ކޮއްކޮ އަށް ވަޒީފާ ހޯދަދޭންވެގެން ދޯ…ގައިމު ކިހާ ބައެއް ތި ޕޯސްޓް އަށް ކުރިމަތިލާނެދޯ.

    11
    1
  21. ޒުވާނުން

    ބުނަންތަ ހަގީގަތެއް. ރައީސް ނަޝީދު އިންތިއާއި އެކު ހުރި ކަމަށްދެއްކިޔަސް ހަގީގަތުގައި ރައީސް ނަޝީދު ހުންނެވީ ފައްޔާޒާއެކު. ރައީސް ނަޝީދު އަށްވެސް މާރަނގަޅަށްވެސް އިންތި ބަލިވާނެ ކަންވެސް. އެކަމަކުވެސް ޑިމޮކްރަސީ ޕާޓީ ތެރެއިން ދެއްކުމަށް. ސޯލިހް އާއި ނަޝީދު ކުޅޭ ސިޔާސީ ހަގީގަތްތައް މި ފެނިގެންދަނީ. އެކަމަކު މާ ސޯލިހު ވެގެން އުޅޭ އިންތި ތި އޮތީ އެތައް ވޯޓެއް ގެއްލިފާ މިހާރު މާފަސޭހައިން ފައްޔާޒު ތި އިންތިޚާބު ކާމިޔާބު ކުރާނެ. އިން ޝާ ﷲ