ރާއްޖޭގައި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަން އިއުލާން ކޮށްފިއެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ އެމަނިކުފާނުގެ ދެބެންދެދަރި ކޮއްކޮ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހްމީ (އިންތި) އަށް ތާއިދު ހޯދުމަށް ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އީވާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވެސް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށެވެ.

އީވާ ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި އޮންނަން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެކެވެ. "2023 ގެ އިންތިޚާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023 އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ އަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ." އީވާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން މީގެ ކުރިން ރައީސް ނަޝީދާއި ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ނޯންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ބަދަލުގައި ރާއްޖޭގައި އޮންނާނީ ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށް އާއްމު އިންތިޚާބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރީވާ ވިދާޅުވިއިރު ރައީސް ނަޝީދު ގެންނަވަނީ މިހާރު އަނެއްކާވެސް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުން އެމްޑީޕީ ވަކިވުމަށް ވެސް ރައީސް ނަޝީދު ވަނީ މިހަފްތާގައި ގޮވާލައްވާފައެވެ.

ރައީސް ސޯލިހް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި އިއުލާނެއް ނުކުރައްވައެވެ. ނަމަވެސް ރައީސް ސޯލިހްގެ ބައެއް އަރިސް ބޭފުޅުން ގެންދަވަނީ ރައީސް ސޯލިހް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ހިސާބު

    ކުރިމަތި ލަންޏާ ލާންވީ.. ޕާޓީގެ ޕްރައިމަރީ ބާއްވާކަށް ޕާޓީގެ ކޮންގްރެސް އަކުން ފާހެއް ނުކުރާނެ. ޓިކެޓް ލިބޭނީ އިބޫއަށް. ޖުރިމަތި ލަންޏާ އަމިއްލަ ގޮތުން ލާ. އިރާދަކުރެއްވިއްޔާ ދާނީ ހަމަ ފަނުފުލުން. ދާނީ ހަމަ ޗޮކުން.

    86
    4
    • ޒަމީރު

      ނަޝީދު ކުރިމަތިލާފިނަމަ، 2 ވަނަ ބުރަކަށް ދާންޖެހޭނެ ގަދަ ހިފުމަކަށް. ދެވަނަ ބުރަށް ދާނީ ޔާމީންއާ ނަޝީދު. އެކަމަކު ކޯލިޝަން އުފެދޭނީ ނަޝީދު ފަޅިން. އެހެންވީމަ ބެލެވޭގޮތުގައި ފުރުސަތު ބޮޑުވާނީ ނަޝީދަށް.
      މިއާ ހިލާފަށް ޔާމީންއަށް ކުރިމަތި ނުލެވޭގޮތް ހަދައިފިނަމަ، އިބޫއާއި، ނާޒިމް ކަޓުވާލާފަ 2 ވަނަ ބުރަށްދާނީ ނަޝީދުއާއި ގާސިމް. ގާސިމަކީ މަހުޖަނެއް. އިބޫއަކީ ބްރޯ ގެންގުޅޭ މީހެއް. އެހެންވީމަ، ގާސިމްއާއި ބްރޯ ޕާޓީ ކޯލިޝަން ހަދާ ގާސިމް ވެރިކަމަށް އައުމާ ގާތީ!

    • ލޮލް

      ބަރުލަމާނީ އާއެކު ބޮޑުވަޒީރުވެސް ޗޮކުން ދިޔައީބާ؟

  2. ކިޔުންތެރިޔާ

    ކާމިޔާބީއަށް އެދެން. މި ގައުމަށް މިހާތަނަށް ވެރިކަންކުރި ބޭފުޅުންގެ ތެރެއިން، ރައީސް ޔާމީނަށްފަހު ދެން ކިރިޔާވެސް ކަމެއް ކޮށްދެވުނީ މަނިކުފާނަށް. މަނިކުފާނުގެ ދީނީ ސިޔާސަތު ރަނގަޅުކޮށް ރައީސް ޔާމީން ގައުމު ބިނާކުރެްވުމަށް ގެންގުޅުއްވި ސިޔާސަތާއިގެން ކުރިޔަށް ދިޔުމަށް އިލްތިމާސްކުރަން.

    19
    46
  3. ވާނުވާ

    އިސްތިއުފާ ދޭ ބޯގޯސް ރައީސުން ބޭނުމެއް ނުވޭ
    މޑޕ އަސާސީގަވާއިދު ކޮބައިތޯ
    ކެނެރީ އަންނިކުރިމަތި ލައިފިއްޔާ ތަބަކަކަށް ލާފަ ޔާމީން އަށް ވެރިކަން ދިންފަދަ

    53
    6
  4. މީޒްލީ

    ކޮންމެ މީހަކަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ! އެކަމަކު ގިނަ ރައްޔަތުން ތިޔަ ނޮހޮރޮޕާންގެ ވެރިކަމެއް މިޤައުމަށް ބޭނުމެއް ނުވޭ! އިންޝާ ﷲ ކާމިޔާބެއް ނުވެސް ވާނެ!

    94
    5
  5. ހަލަމްގަން

    ހިޔެއްނުވޭ އިބޫއާ ވާދަކޮށްގެން ނަޝީދަށް ޓިކެޓް ލިބޭނެހެނެއް ނަޝީދަށްވުރެ އިބޫ މާބޮޑަށްވެސް ރަގަޅު ވެރިކަންކުރަން މިހާރު ރައްޔިތުންގެ މެދުގައިވެސް އިބޫގެ މަގުބޫލުކަން މާބޮޑު

    68
    9
  6. ޅަރާ

    ތިވާހަކަ ނުބުނެވިގެންދޯ އޭނަ އައުކުކުޅެއް ބިހެއް އަޅާފައި ގޮވާހެން ގޮވަމުން ތިދަނީ.
    ބޮޑުތަނުން ފެއިލްވާނީ.

    54
    4
  7. Anonymous

    ދެން ތީގަ އޮންނާނެ ގޮތަކީ އެއް އުރައެއްގަ ދެ ކަނޑިއަކަށް ނޯވެވޭނެ. އުރައިގަ އޮވެވޭނީ އުރަޔަށް ހެޔޮވަރު ކަނޑިއަކަށް. މިއުސޫލަށް ބުރަވާނަމަ ނަޝީދު ޖެހޭނީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދަން. މާޒީގަ ނަޝީދަށް ހެދިފައިވާ ގިނަގުނަ ގޯސްތައް ރަނގަޅުކޮށް ގައުމުގެ މަސްލަހަތު އިސްކުރަން. ނަޝީދުގެ ވެރިކަން ރާއްޖޭގެ ރައްޔިތުންނަށް ވަނީ މީގެކުރިން ފެނިފަ. އެހެންކަމުން ރިޔާސީ އިންތިހާބަށް ކުރިމަތި ލިޔަސް އެއީ އަދި އެހާ ފަސޭހަކަމެއް ނޫން. ވަރަށް އުނދަގޫ ރާސްތާއެއް ނަޝީދަށް އޮތީ.

    38
    3
    • ލޫލް

      ނަޝީދު އެންމެ ފުރަތަމަ ޖެހޭނީ ކަޅުބެ ޢަބްދުއްލަޠީފުގެދަރި ގާތަށްގޮސް އިސްލާމްދީން އުނގެނެން. އޭގެ ފަހުން ރައްޔިތުންނޭ ކިޔާފައި އަނގަފުޅު ފޭފުޅު ކުރައްވަންވާނީ.

      2
      1
  8. ޢަސްލު

    މީނާގެ އަތްދަށުން މިޤައުމު ސަލާމްތް ކުރަށްވާށި! ޢާމީން

    77
    4
  9. ލުލު

    އމ ޑ ޕ އަށް ސޯސިއަލު ހައުސިން ގަނޑެއްވެސް ނޭޅުނު ވޯޓެއް ނުދޭނަން

    45
    2
  10. ހައްޗޭ

    ވެރިކަން ނިމުނުގޮތައް އައްނިގެ ސިޔާސީ ހަޔާއް ނިންމަން ތިއުޅެނީ.

    45
    4
  11. ލޮލް

    ކަލޯ، ކަލެޔަށް އިންތިޚާބު ކާމިޔާބުވާނެވަރަށް ވޯޓުދޭނެ ބަޔަކު ތިބިތޯ ބަލާފަ ކުރިމަތިލާންވީނު. މަށަށް ހީވާގޮތުން ފިލި ވަހީދަށް ވީވަރުވެސް މިފަހަރު މީނާއަށް ނުވާނެ ތޯއްޗެއް! އެފަކީރަށްވެސް ފަހެއް އިންސައްތަ ވޯޓު ލިބުނު. ކަލެއަށް ދިހަހާސް ވޯޓު ލިބުނިއްޔާ ނޫނީ މަށަކަށް ބުނާކަށްނުކެރޭނެ ކަލެޔަށް އެވަރުވެސް ލިބޭނެއެކޭ. ދެން އަނެއްކަމަކީ، ކަލެޔަށް މިފަހަރު ރިޔާސީ އިންތިޚާބު ނާކާމިޔާބު ވެއްޖެއްނަމަ ތިޔަ ގެންގުޅޭ ރައީސްކަމުގެ ލަގަބު އެއްލާލަން ކެރޭނެތަ؟

    41
    4
  12. 40+

    އިބޫ އަށް މަގޭ ވޯޓް.

    25
    20
  13. ލޮލް

    މީ އަނެއްކާ އަނެއް މަރުކޮސް. މިހާރު އެއުޅެނީ "އާންމުރައްޔިތުން ކުރުދޮށިން ދިން ރައީސް"ގެ ލަގަބު ނުލިބިގެން. މިތާ ކައިރި ސިލޯނުން އެބައުޅޭ ނަޒާހަތްތެރި ވެރިއަކު ނުލިބިގެން. މަނިކުފާނު ދާންވީނު އަހަރެމެންނަށް ނޮހޮރުއްޕާން ނުކޮށް ސިލޯނުގެ ވެރިކަމާ ހަވާލުވާން. މިގައުމަށް މިހާރު މަނިކުފާނުގެ ބޭނުމެއް އޮތްކަމަކަށް ނުފެނޭ.

    34
    4
  14. ޢަލިފް

    2023 ޔާން..އިންޝާﷲ..އާމީން..

    49
    9
  15. އިއްބެ

    އެމް،ޑީ،ޕީ އަށް ސޮރީ އޭ ބުނެވޭނީ،

    45
    7
  16. ސަމާ މާލެ

    ނުހޮވޭނެ

    35
    5
  17. ހަސަން ކުރުސީ

    ވެރިކަންބޭނުމެއްނޫންކަމަށްބުނި މީހާވެރިކަމާހެދި ދަންޖެހެނީ.

    40
    4
  18. ރެފްރީ

    އިންޑިއާއަށްމިދިޔައީ އިންޑިއާގެ ރައީސްކަމަށްކުރިމަތިލާކަން އިއުލާންކުރަންދޯ ؟

    34
    4
  19. ޒަރީނާ

    ތިޔަފެތުނީ އޮޑި

    35
    4
  20. އައްޑޫ ލެއި

    މައްސަލައެއް ނޫން އެއްގޮތަކަށްވެސް. ރިޔާސީ އިންތިހާބުގަ ވާދަ ކުރުމަކީ ކޮންމެ ދިވެހި ރައްޔިޔަކަށް ލިބިގެންވާ ހައްޤެއް. ހޮވޭނީ ރައްޔިތުންގެ ތާއީދު އޮށް މީހަކު. މަގޭ ވޯޓް ރައީސް ޔާމީނަށް ދޭނީ.

    42
    6
  21. ޕޮގުބާ

    ލަދެއްގަ ބެދެން

    33
    4
  22. މުޙައްމަދު

    ވޯޓުދޭނެ މީހަކަުނެތަސް އަންނިއަށް މަގޭ ވޯޓު ހަރާމް

    12
    1
  23. ޒާ

    އެއްވެސް ތަރައްގީއެއްނުލިބޭ ހައިޖާނުގަނޑެއްގެ ތެރެއަށް މިރާއްޖެ އަނެއްކާވެސް ވެއްޓިދާނެ ކަމުގެ ކޮޅުމަތި ފެންނަންފެށީ

    23
    2
  24. ޗޮކުން ފެރީ

    2008ގަ މައުމޫނަވީވަރުވެސް ނުވާނެ ތީނާގެ ކުަޅިގަޑު ދިވެހިންނަވަނީ ފެނިފަ 3އަހަރު ވީ ވެރިކަމަށް ނާބުރައީސަކީ2023 ހަސަންޓޭ ދޯ

    22
    2
  25. ދިގުދޫ

    ބަލަ ދެހާސް ތޭވީހުގާ ވެރިކަމަންކުރިމަތި ލައްވާ ތިންބޭފުޅުންގެ ތެރޭގާ އިބޫ ނަޝީދު ޔާމީނު މާތްﷲގެއިރާދަފުޅާއެކު ބޮޑުތަނުން ކާމިޔާބުރާނީ ކުރީގެ ރައީސްޔާމީނު ޔަގީ ކޮންމެގޮތަކުންވިޔަސް ޔާމީނު ވެރިކަމަންވާދަނުކުރެވޭގޮތައް ޖަލު ތައްޔާރުކޮއްފަހާއިމުރާނުމެން ފަހަރަހުކުމެއްތައްޔާރުކުރަނީ އަލީޒާހިރާ އެންޑިޔެންހަމީދާ ރިޔާޒާ ހެކިން އަދީބު ޒިއަތު މިއީދެފާ ފާސިގުން ގައުމުހަޒާނާ ބަހާލާފި ރައްޔަތުންވީނިކަމެތި ބޭސްފަރުވާ ވީދަންތުރަޔަކައް ވަކަންވީއިތުރު ފިޔަވަލުވީ ނިކަމެތިންގެގާނޫނު ރޭޕްވީއާދަ މިބައި މީހުން ގައުމުއިންޑިޔާގެ މުއްޕަތުން ވެރިކަން ކުރަނީ؟

    8
    2
  26. އަޙްމަދު

    ނަޝީދު ކުރިމަތިލެއްވުމަކީ ވަރަށް އުފާވެރި ޙަބަރެއް! ﷲގެ އިރާދަފުޅުން މީނާގެ ސަބަބުން އެމްޑީޕީ ބަލިވީ!

    8
    2
  27. 😑😑😑

    އަންނި އއްވެސް އިބޫއެއްވެސް ރަނގަޅެއްނޫން

    9
    1
  28. ނިހާން

    ކަލެއަށް ވޯޓުދީގެން އަނެއް އުނދަގުލެއް އަހަރުމެން އެފުލާކަސް ބޭނުމެއް ނޫން. މިހާރުވެސް މަޖުލިސްގެ ރައީސްކަން ދީގެންވެސް މިއުޅެތީ އަހަރުމެން ގަލޮޅުގައުޅޭ މީހުންނަށް ނުއުޅެވިގެން އަބަދު އެ ކެނެރީގެ ހުންނަމަގު ބަންދުކޮށްގެން އެގެއަށް ވަދެއޮންނަނީ އެކަމަކު ސަރުކާރުން މީނާއުޅެން ގެއެއްދީފަ ހުރެޔޯ؟؟؟ މަގުބަންދުކޮށްގެން ހުރިހާ ނޮހޮރުއްޕާނެއް މިޖެހެނީ މާލޭގަ ދިރިއޮޅޭ ރައްޔިތުންނަށް. ދެންބުނާނީ ފުރާނަޔަށް ގެއްލުން ދޭން އުޅޭތީއޭ. ތިމާގެ ދޫ ރައްކާތެރި ކުރަށް ދީނުގައި އަންގަވާފަވޭ. ނުރައްކާވީވެސް 100 ޕަސަންޓް މުސްލިމުން އުޅޭޤައުމެއްގައި މުސްލިމުންނާ ދިމާ އިދިކޮޅަށް ދޫ ބޭނުން ކުރެވޭތީ.

    9
    1
  29. ޕިންކީސް

    އުފާވެރި ހަބަރެއް ، އުފާވެރި ހަބަރެއް ، ޕިންކީންގެ ރަށްތަކައް އުފާވެރި ހަބަރެއް،
    ބުރިޖް ޔާމީން އަށް ވަރަށް ފަސޭހަވާނެ 2023 .

    10
    2
  30. ލަޠީފް

    ކުރިން ވަރުގަދަ އަޒުމެއްގައި ހުރެ ޔަހޫދީންގެ ފަރާތުން އެހީ ހޯދާ ޔަހޫދީން ދައްކާގޮތަށް މަކަރުވެރި ވާހަކަ ދެއްކީމާ ހިތްތިރި ދިވެހިން އެއީ ތެދުކަމުގައި ދެކި މީނައަށް ވޯޓުދީގެން ރައީސަކަށް ހޮވި. އޭގެ ފަހުން ރައްޔިތުންނަށް މީނާގެ ޙަޤީޤަތް އެނގެން ފެށި. ދެންވެސް ހަދާ ދޮގުތަކަށް ބަޔަކު ތަބާވެ މީނަގެ ފަހަތުގައި ތިބި. ދުވަސް ވީވަރަކަށް އަސްލު ސޫރަ ފެންމަތިވަމުން ދިޔައީ. މިހާރު އެ މަކަރުވެރިކަން އެންމެންނަށް ފެނިއްޖެ. ރައީސްކަމަށް އެއްވެސް ޤައުމެއްގައި އެކަމަށް ކުފޫ ހަމަނުވާ މީހަކު ނުހޮވާނެ. ތި އަންނި އަކީ ކިހާ ދޮގުހަދާ ކިހާ މަކަރުވެރިއެއްކަން އެންމެ ގާތު އުޅުނު މީހުންނަށްވެސް އެނގިއްޖެ. ދެން ކާކު މީނައަށް ވެރިކަން ދޭނީ.. ވެރިކަމަށް ބޫތުކލައިފައި ހުރިވަރުން ތިމަންނަ ބޮޑުވަޒީރުކަން ބޭނުމޭ ގޮވި.. އެއަށް މީހުން މަލާމަތް ކުރުން ނޫން ކަމެއް ނުވި. މިހާރު ދެން އަނެއް ކޮސް ގޮވަނީ.. އިންޝާއަﷲ ދުވަހަކުވެސް ދެން ވެރިކަމެއް ނުލިބޭނެ.

    3
    1
  31. މުހައްމަދު

    މިހިސާބުށް އެހެށްޕާޓީއަކައް ފުރުސަތު ލިބިގެށް ހިގައްޖެ ކަމުގައި ގިނަބަޔަކު ދެކެފި އެހެށްޕާޓީތަކުށް އުފާކުރާނެ ސަޅި މެސެޖެއް ކަމުގައި ގިނަބަޔަކު ދެކޭނެ؛؛؛؛؛؛

    2
    1
  32. ރާއްޖެއިން

    މޑޕ ރިޔާސި ޕްރައިމަރީ މިފަހަރު ނޯންނާ އެވެ ރިޔާސީ
    ޓިކެޓް އޮތީ އިބޫ ސޯލިހަށެވެ ނަސީދަށް އޮތްގޮތަކީ
    އިބޫގެ ފަހަތަށް ޖެހުމެވެނުވަތަ ޕާޓީން ވަކިވެ އަމި އްލަ އަށް ކުރިމަތި ލުމެވެ މޑޕ ގެ އ އެ އްވެސއް މެންބަރެ އްގެ
    ތާ އީދު އޭނާ އަކަށް ނުލިބޭނެ އެވެ.

    3
    1
  33. ގލޅ

    ވެރިކަމަށް ކީތްކުރަންތޯ ދައުލަތުގެ އެ އްވެސް މަގާކަމަކަށް
    ފުރުސަތެ އް ނެތެވެ.

    9
    3
  34. ހާއްޖީބޭ

    ނުހޮވޭނެ. އެކްސްޕަޔާ ވެފަ ތިހުރީ

    10
    1
  35. Anonymous

    މިޖެހުނީ ކަންތަކާ.

    10
  36. އެއްނަމްބަރ ސައިންޓިސްޓް

    2023 ރައީސް ޔާމީން ކާމިޔާބުކޮށްފިހެން މިހާރުވެސް އެބަހީވޭ.

    18
    3
  37. Anonymous

    އިބޫއަށްވުރެ ބޮޑު ސަޕޯޓް ނަޝީދަށް އޮންނާނެ! ނަޝީދަކީ ހަސަބާ ނަސަބާއި އިލްމާއި ތަޖްރިބާވެސް އިބޫއަށްވުރެ މަތީގަ ހުރި ބޭފުޅެއް.
    އިބޫއަކީ ހުރިހާ އެއްޗެއް ލެކްވާ އަދި ދޮގުވެރި ގައްދާރެއް.

    2
    3
  38. ލައިލާ

    ރޭރުވާނެ އިތުރު ގޮތެއް ހޯދާލީދޯ؟

  39. އަބްދޫ

    ވަގު ނަސީދަށް ރިޔާސީ އިންތިހާބަށް ކުރިމަތި ލެވިގެން ނުވާނެ. ގާނޫނުއަސަސީގެ 109 ގެ ކާފު ގަ ވަނީ އިސްލާމްދީނުގަ ހައްދު ކަނޑައެޅިފައިވާ ކުށެއްކުރިކަން ސަރީއަތަށް ސާބިތު ވެފައިވާމީހާގެ ސަރުތު ފުރިހަމަނުވާކަމަށް. ނަސީދު ވައްކަންކުރެއްވިކަންއަމިއްލަ އިއުތިރާފުންސާބިތުވެ ސަރުއީހުކުމެއް ތަންފިޒުކުރެވިފާ ވަނިކޮށް ސްޕްރީމްކޯޓުންނެރުނު ހުކުމަކުން ކެންޑިޑެންސީ ސައްހަކުރިޔަސް އެހުކުމުގަ އޭނަކުރީ ވައްކަމެއްނޫންކަމަށް ކަނޑައަޅާފައި ނުވޭ. ކީރިތި ގުރއާނުގަ މާއިދާ ސޫރަތުގެ 38 ވަނަ އާޔަތުގަ ވައްކަންކުރާމީހުންނަށް ދޭންޖެހޭ އުގޫބާރް ﷲ ގެ ހަޒުރަތުން ކަނޑައަޅުއްވާފައިވޭ. ވީމާ ނަސީދަކީ އެއްވެސް އިރެއްގަ ރައީސުލްޖުމްހޫރިއްޔާގެ މަގާމްފުރޭނެ މީހެއްނޫން. ގާނޫނުއަސަސީގެ މަފްހޫމަށް ބަލާއިރު ވެސް އަދި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނިންމުންތަކަށް ބަލާއިރުވެސް ކުރިން ނިންމާފަ އޮންނަ މައްސަލަ ދެވަނަފަހަރަށް ރިވިޔު ކުރުމުގެ ބާރު ސްޕްރީމްކޯޓަށް ލިބިގެންވޭ. ސަރީއަތަކީ ތިމާގެ ހިތުގަ އޮތީ ކޯންޗެއްކަން ބަލާ ކަމެއްނޫން.ސަރީއަތަކީ މުޖްތަމައުގެ ތެރެ ކަންހިގަފަ އޮތްގޮތްބަލާ ފައިސިލާ ކޮށް ނިންމޭ ނިންމުމެއް.ވީއިރު ނަސީދު ގެ މައްޗަށް ސާބިތުވެފައިވާ ވައްކަމަކީ ވެލާނާގެ އިން އެތަނާހަވާލުވެ ތިބި މީހުނަށް ސިއްރުން ލިއުންތަކަކާއި އެނޫންބައެއް ތަކެތި ގެންދިޔަކަން އިއުތިރާފުންސާބިތު ވުމުގެ އިތުރުން އެތަކެތި އޭނައަތުގަ ހުއްޓާ ހޯދާފައިވެސް ވޭ. މިފަދަ ވަގަކު ގާނޫނުއަސާސީ 109 ގެ ކާފު އާއި ހިލާފަށް ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަކީ މިހާތަނަށް ގައުމަށް ލިބިފައިވާ އެންމެ ބޮޑުގެއްލުން.ދިވެހިރައްޔިތުން މިކަމަށް ވިސްނަވާނެ ކަމަށް އުންމީދުކުރަން.

  40. މެސީ

    ކާކުތަ މީނަ އަށް ވޯޓް ލަނީ ، މީނަ އެމްޑީޕީ އަށް 2023 ގަ ވޯޓް ލާނެ މީހެއް އިރާދަ ކުރެއްވީޔާ ނުވާނެ.

  41. އަބްދޫ

    ޔާމީނު ކުރިމަތި ލައިފިނަމަ ޔާމީނާ އިދިކޮޅުގަ ތިބި އެންމެން އެއްގަލަކަށް އަރާ 2018 އިއާދަކުރާނެ.

  42. ޠމ

    ދޮޅު ރޯނާ ނޫސްތަކުގެ ސުރުހީން ޖާގަހޯދާލީ

  43. އަބްދޫ

    ރިޔާސީ އިންތިހާބުގަ ވާދަކުރަންއުލުއްވައިފިނަމަ ސްޕްރީމްކޯޓަށް ދާނަން. ވަގަކަށް ރިޔާސީ ކެންޑިޑޭތަކަށް ނުވެވޭނެ.