ރާއްޖޭގެ އެންމެ މަގްބޫލުކަން ހޯދާފައިވާ އަތަރް ބްރޭންޑް އޫދް އަލް ސަބާޔާއިން ސްޕޮންސާ ކޮށްގެން، ކ. އަތޮޅު ހިންމަފުށީގައި ކުރިއަށްގެންދިޔަ "ހިޔާ މަދަހަ މުބާރާތް 1443"ގެ އެއްވަނަައަށް ފިރާޝާ އަލީ ހޮވިއްޖެއެވެ.

ރޭ އެރަށުގައި ބޭއްވި ހަފްލާއެއްގައި ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ.

ހިޔާ މަދަހަ މުބާރާތުގެ ވަނައަށް އައި ކުދިންނަށް ތައްޓާއި އިނާމު ހަވާލު ކުރަނީ

މި މަދަހަ މުބާރާތުގައި އެކި އުމުރު ފުރައިގެ އެތައް 73 ކުުދިން ބައިވެރިވިއެވެ. ފަސް އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އަށް އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރު ފުރައަކާއި، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށުގެ އުމުރުފުރައިގެ އިތުރުން 16 އަހަރުން މަތީ އުމުރުފުރައިގެ ކުދިން ބައިވެރިވެފައި ވެއެވެ. މި މުބާރާތުގައި ގްރޫޕް ހުށަހެޅުންތައްވެސް ފެނިގެން ދާނެއެވެ.

މި މުބާރާތުގައި ހަތް ގްރޫޕް ހުށަހެޅުމެއް ފެނިގެން ގޮސްފައި ވެއެވެ.

މި މުބާރާތުގެ ވަނަތަކަށް ބަލާއިރު، ގަދަ ފަހަކަށް ހޮވިފައި ވަނީ ފިރާޝާ އަލީ، އާތިފާ އަލީ، އަލީ ފަރުހާން، އަހްމަދު މިއުވާން އިބްރާހިމްގެ އިތުރުން، މަރިޔަމް ޔޫލީ މުހައްމަދު ރިފާއުއެވެ.

ހިޔާ މަދަހަ މުބާރާތުގެ ވަނައަށް އައި ކުދިންނަށް ތައްޓާއި އިނާމު ހަވާލު ކުރަނީ

މުބާރާތުގެ އުމުރު ފުރައިގެ ބައިން ވަނަތަކަށް އައި ކުދިންތަކަކީ

8-10 އަހަރާއި ދެމެދު

  • 1- މަރިޔަމް ޔޫލީ މުހައްމަދު ރިފާއު
  • 2- މަރިޔަމް އަމްޝާ މުހައްމަދު
  • 3- ފާތްމަދު އީޝަލް އިސްމާއީލް

12 އަހަރުން ދަށް

  • 1- އަހްމަދު މިއުވާން އިބްރާހިިމް
  • 2- ޔަމްކީން ހަސަން
  • 3- ޒުކާން ބިން އިބްރާހިމް ނަސީރް

14 އަހަރުން ދަށް

  • 1- އައިޝަތު ހުޝްމާ އަލީ
  • 2- ރާކިން ބިން އަހްމަދު ހަބީބް
  • 3- އައިޝަތް ފިލްޒާ ފަޒީލް، އައިޝަތު މިޝްޔާ މުހައްމަދު

16 އަހަރުން ދަށް

  • 1- ރަގްހަދު ބިންތި އަހްމަދު ހަބީބް
  • 2- އިސްމާއިލް ވިފާގް ލަތީފް
  • 3- އައިޝަތު ޝައިބާ ސިދާދް

16 އަހަރުން މަތި

  • 1- ފިރަޝާ އަލީ
  • 2- އަލީ ފަރުހާން
  • 3- އާތިފާ އަލީ
ހިޔާ މަދަހަ މުބާރާތުގެ ވަނައަށް އައި ކުދިންނަށް ތައްޓާއި އިނާމު ހަވާލު ކުރަނީ

ގްރޫޕް މަދަހަތަކުގެ ވަނަތައް!

  • 1- އައިޝަތު ފިރަޝާ، ހައްވާ ޝިއުލީން، ފާތިމަތު ހިމްނާ ހާމިދު، ފާތިމަތު ރީނާ، ސަފާނާ އަހްމަދު، މަރްޔަމް ރިޝާނާ، ސީމާ އަހްމަދު، ޝާއިރާ އަހްމަދު، ފަރީޝާ އަހްމަދު
  • 2- އަހްމަދު ޚަލަފް، އަޔާން އިސްމާއީލް، އަހްމަދު އަހްޔާން މުހައްމަދު މުސްތަފާ، އިބްރާޙިމް ނަވީން މުހައްމަދު، ރާކިން ބިން އަހްމަދު ހަބީބް، އަޒާން އަޒްމީ
  • 3- ލީން ހުސައިން ހަމީދް، އައުސް މުހައްމަދު ސަބީން، މަރްޔަމް ރަޒާ އަސްލަމް، މަރިޔަމް މަމްޝާ އަލީ ނައީމް، އައިޝަތު ފިލްޒާ ފަޒީލް، ފާތްމަތު ޒާން އަލީ، ޖަހާތް އިބްރާހިމް، އައިމީ އާދަމް

އެ މުބާރާތާއި ގުޅިގެން ޖަމިއްޔާގެ ރައީސް އަހްމަދު އަބްސަލް ޔޫސުފް ވަނީ ހިންމަފުށި ކައުންސިލް، އެރަށު ސްކޫލާއި، އޫދް އަލް ސަބާޔާ އާއި އައްސޭރި ޖަލުު، ސްޓެލްކޯ، ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ، އައިލެންޑް ބެވެރޭޖް ސެންޓަރާއި އަދި އެހެނިހެން ހިންމަފުށީގެ މުވައްސަސާތަކަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ. އަދި އިބްރާހިމް މަނިކް އާއި އިބްރާހިމް ރަޝީދަށްވެސް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ.

default
  • އޫދް އަލް ސަބާޔާއަކީ ރާއްޖޭގެ އެންމެ ގިނަބަޔަކު ބޭނުން ކުރާ އަތަރް ބްރޭންޑެވެ. އަމިއްލަ އެތައް ވައްތަރެއްގެ އަތަރާއި، ޕާފިއުމް އާއި ލޯޝަނާއި، އެއާ ފްރެޝްނާ އާއި ބޮޑީ އެންޑް ހެއާ މިސްޓް ފަދަ ބާވަތްތައް ރާއްޖެއަށް ތައާރަފް ކުރަމުން އަންނަ އޫދް އަލް ސަބާޔާ ވެފައި ވަނީ ދިވެހިންނަށް ވަަރަށް ކަމުދާ ބްރޭންޑަކަށެވެ.