"އިންޑިއާ އައުޓް" ގޮވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިދީފައިވާ ހައްގެއްގެ ބޭނުންކުރުމުން ރައްޔިތުންނަށް ބިރާއި ބާރު ދެއްކުމަކީ ރާއްޖެ ފަދަ ކުޑަކުޑަ މުޖުތައުމުއެއްގައި ގާނޫނީ ވެރިކަން ވެސް ނުހިނގާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ "އިންޑިއާ އައުޓް" ގޮވާތީ ބިރު ދައްކައި އިންޒާރު ދިނަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ ސަަރުކާރާ އެކީ ހަދާފައިވާ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފު އެއްބަސްވުންތަކެއް ކަން ހުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އިންޑިއާ އައުޓް" ގޮވުމަކީ ހައްގެއް ކަމަށް ސައީދު ވިދާޅުވެފައި މިވަނީ އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ބޭނުންކުރާ ސްޕެލިން ނުވަތަ އަކުރު ބަދަލުކޮށްގެން މާލޭގެ އެކި ތަންތަނުގައި ބެނާ ދަމައި އެފަދަ ޝިއާރެއް ދޭހަވާ ގޮތަށް ގްރެފިޓީ ކުރެހުމަކީ އެކަން ހުއްޓުވަން މީގެ ކުރިން ކޯޓުން ނެރެފައިވާ އަމުރާ ހިލާފު ކަމެއް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމާފައި ވަނިކޮށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. ނަމަވެސް ރައީސްގެ ރިޔާސީ ޤަރާރަކުން ހިޔާލު ފާޅުކުރުމުގެ ހައްގު ހަނި ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލުން ވެސް އަންނަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކެލާ އާރިފް

    އަނިޔާވެރި 5އަހަރު ދައުލަތުގެ ހަޒާނާ ދިރުވާލީމަ ވައްކަންކުރިކަމާ ކޮރަޕްޝަންގެ ވާހަކަ ރައްޔިތުން ގޮވުމަކީ ހައްޤެއްނޫންތޯ؟ އެދުވަހު ފިނިފެންމާ ސައީދުމެން އަވެސްވެގަތީ އަބުރޭކިޔާ ޤާނޫނެއްހަދާ ރައްޔިތުންގެ އަނގަބަންދުކޮށްލަން، މީދިޔާތަކަށް ބިރުދައްކާ ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށްލީ ނޫންތޯ

    5
    4
  2. އައްނި

    ތިޔައީ ހަމަ ގައުމީ މަސައްކަތެއް އެބައެއްގެ ގައުމު ދިފާއު ކުރާނީ ހަމަ އެބައެއް އަނެއްބަޔަކު ބޭނުންވާނީ ހައްދައގެންވެސް އަތުލަން ނުވަތަ ޖަހައިގަންނަން ދިވެންހން މިފަހަރު މި އަންނިއައް ފުރުސަތު ނުދޭތި ބޭނުމީ ގައުމު ގައުމު ދިވެހިގައުމު

  3. ބޮޑު ވަގު

    ބޮޑު ވަގޭ ބުނީމަ އެންމެނަށް އެގޭނެ އެ ކާކުކަން. އެ ވަގު ކަލޭގެ އުމުރަށް ޖަލަށް އިން ކިޔާބަލަ.

    2
    4
  4. ބޮކި

    ޔާމީންނަށް ވަގައް ގޮވުމަކީވެސް ހައްގެއް ؟؟؟

  5. Anonymous

    އަޖައިބެއް. ޝަރީޢަތާއި ޙައްޤުތަކަކީ ވެސް މި މީހުން ކަނޑައަޅާ ޙައްޤެއް. ﷲ ގެ ޙައްޤު އޮތްތާ އޮތީ. ކިހިނެއް ސަލާމަތްވާނީ. ތިޔައީ ވަރަށްވެސް ދެރަކަމެއް. ތިޔަކަން ހުއްޓާލަން އުޅޭ. ތިޔަގޮތަށް ޤައުމު ސަލާމަތްވާނެހެން ހީނުކުރާތި.
    ދެން ވެސް ސަލާމަތުގެ މަގު އަތުވާން އޮތް މަގު ބަލައިގެން އެ މަގުން ދެވޭތޯ ބަލާ.

  6. Okay 12345568

    "އިންޑިއާ އައުޓް" ގޮވުމަކީ ވ ކަޑަކަމެޢް.. ބޭކާރު ކަމެއް!!

  7. ކާފަ

    ދިވެހިންގެ އަތުން ހަގުވަނީ ނިގުޅާގަނެފަ ހަގުހޯދުން ހުރިހާދިވެހިންގެ ވާޖިބެ