ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބު ބޭއްވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީއާ ދިމާއަށް ދިއްކުރާ އިނގިއްޔަކީ ހަގީގަތެއް ނޫންކަން ދައްކައިދޭންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހުރި ދީނާ ބެހޭ ކަންކަން ރައްޔިތުންނަށް ދެއްކިގެންނެވެ.

އެހެންކަމުން ޗެއާޕާސަންކަމަށް އިންތިހާބު ވެއްޖެނަމަ ދީނީ ހަމަތަކުގެ މަތިން އެމްޑީޕީ ހިންގާލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ރާއްޖެއާއި އެމްޑީޕީގެ ކަންކަންވެސް ގެންދެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ މަތިން. މެއި 14 ގަ އަޅުގަނޑު މި މަގާމަށް [ޗެއާޕާސަން ކަމަށް] އިންތިހާބުވުމާ އެއްކޮށް އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ ކަމަކީ އިސްލާމީ މަޝްވަރާ މަޖިލީހަށް އިންތިހާބަށް ހުޅުވާލާނީ،" ރޭގެ ޖަލްސާގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެމްޕެއިންގައި ތުރާކުނުން ފެށިގެން އައްޑޫ އާއި ހަމައަށް ދަތުރު ކުރެވުނު އިރު، ސަރުކާރާ ފެޔަށް ދާން ބޭނުންވާތަން އެއްވެސް ރަށަކުން ނުފެންނަ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު އޮންނައިރު އެ އިންތިހާބާއި ގުޅިގެން އެޕާޓީގެ އެތެރޭގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދެ ރައީސުންގެ ވާދަވެރިކަން އިންތިހާބާއި އެކުވެ، ވަނީ ދެ ފެކްޝަނަށް ފެޅިފައެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގަދަކޮށް ސަރުކާރާއިއެކުގައި ތިއްބެވިއިރު، އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެމަނިކުފާނަށް ތާއީދުކުރައްވާ މަދު މަޖިލީސް މެންބަރުންތަކަކާއެކު ވަނީ ސަރުކާރާއި ދެކޮޅަށް ނުކުންނަވާފައެވެ.

އެގޮތުން ފައްޔާޒު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ތާއީދާއެކުއެވެ. ދެން ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަ ކުރައްވަނީ ނަޝީދުގެ މަދަދާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކިތުނާއާދުމީނޭ

    ފައްޔާޒު އިސްމާއީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީއާ ދިމާއަށް ދިއްކުރާ އިނގިއްޔަކީ ހަގީގަތެއް ނޫންކަން ދައްކައިދޭންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހުރި ދީނާ ބެހޭ ކަންކަން ރައްޔިތުންނަށް ދެއްކިގެންނެވެ.

    މީހަގީގަތަށް ވެއްޖެ ނަމަ އެމްޑީޕީ އުވާލާކަށް މާގިނަ ދުވަހެއް ނުވާނެ...
    އިގިރޭސިން ނާ ޑެންމާރކް އަދިި އިންޑިއާއިން ފަންޑުދެނީ ލާދީނީ ވީމާ އެކަން ސާބިތު ކުރެވޭވަރަށް ޕަރޓީގެ ބަސްމަގު ރަގަޅު ވީމާ ދެން އިސްލާމް ދީންގެ ވާހަކަ ކިޔަން ފެށީމަ ކިހިނެތް ކަލޯހަދަނީ

  2. ރައްދު

    ތިޔަ ކަމެއް މޑޕ އަ ކަށްނުވާނެ! "އެ ކަންވާރަ ކުން ތި ކިޖަހާނީ
    އޭގައި ހުރި އެއްޗަ ކުންނެވެ"

    15
  3. މޫސަ

    ދީނާ ސިޔާސަތު ދެދޮލަނގުގައި ގެންގުޅެން ޖެހޭ ކަމަށް ބުނެ އަބަދާއި އަބަދު އިލްމުވެރިންނަށް މަލާމާތާއި ފުރައްސާރަ ކުރާ ބައެއް ކޮންމެ އިންތިހާބަކަށް ދީން ގެނެސް ފަގުޑިއެއްހެން ބޮލުގައި އޮޅާނެ. ދާނިން ވުލޫކޮށް މިސްކިތު ދާލަމަތީ ފޮޓޯ ޝޫޓެއްކޮށް މިސްކިތްތަކަށް އަރާނެ

  4. ޖޭޖޭ

    ފައްޔާޒު ބޭބެ އިބުރާ އަށް މުޅިންވެސް ދެއްކެނީ އިސްލާމްދީނާއި ދުރުން ވާހަކަ. އޭނަ އިސްލާހްކޮށް ތައުބާ ކޮށްގެން ރިހެބިލިޓޭޓްކޮށްގެން ގެނެސް ތިމަޖްލީހުގެ ރައީސްކަން ހަވާލުކުރޭ. ޝަހިންދާ ވެސް ހަމަ އެހާލަތުގައި

  5. Anonymous

    ޤައުމު އިންޑިޔާގެ ބަނޑުދަށަށް ދޫކޮށްލި ބަޔަކަށް އިސްލާމީ އުޞޫލުން ޤައުމު ހިންގޭނެ ގޮތެއް ނޭނގެ.
    ޖުމްލަކޮށް އެމްޑީޕީކީ މި ޤައުމަށް ހެޔޮދޭ ބައެއް ނޫން. އަމިއްލަ ޖީބު ބޮޑުކުރާ ބައެއް.

  6. އަޙްމަދު

    ތީ ބައެއްމީހުންނަށް ހަޖަމު ކުރަން އުނދަގޫވާނެކަމެއް!

  7. ޙަސަން

    ސާބަހޭ ފަޔާ، މުޅި ޢާއިލާގެ ވޯޓް ފަޔާއަށް

    3
    7
  8. Anonymous

    ފައްޔާޒު ވެސް އިސްލާމްދީނޭ ކިޔައިގެން ވާހަކަދައްކަންޏާ އެމްޑީޕީގައި ނުބަހައްޓާނެ. އެމްޑީޕީގެ މަތިފަޑީގައި އުޅެނީ އިސްލާމްދީނުގެ ޢަދުއްވުން. އެއްގޮތަކީ އެމީހުން އެމްޑީޕީން ބޭރުކޮށް، ފައްޔާޒުމެން އިސްލާމީ އުސޫލުން އެމްޑީޕީ ހިންގުން. އަނެއް ގޮތަކީ ތިޕާޓީ ލާދީނީ މީހުންނަށް ދޫކޮށްލާފައި ފައްޔާޒުމެން ދިވެހި އިސްލާމީ ޕާޓީ އުފެއްދުން.

  9. ދޮގުމާވަޑި

    ތިދެން ގަބޫލު ނުކުރެވޭ ހިސާބަށް މޮޅު ވާހަކަ ތި ދައްކަނީ. ތި ވާހަކަ ގަބޫލުކުރެވޭނީ ކޭމްޕޭނު ބުރެއްގަ ނަމަވެސް މޑނ އާއި އަމިއަ ކޮއްކޮ ޝަހިންދާގެ އަމުރެއް ކުއްވެރިކޮށް އަޅާނެ ފިޔަވަޅެއް ބުނީމަ.

    ހާސް ނުވޭ. މިކަން ނުކޮށް ވަކި އަސަރެއް ގެއްލުމެއް ނުވާނެ. އިންތިވެސް ނުބުނާނެވިއްޔާ އެއްޗެކޭ.

    އެއް ދައިސާފޮއްޗެއްގެ ދެ މޫނު ވިއްޔަ ތިއީ.

  10. އިސްމާޢީލް

    ފައްޔާ ތިކަން ކުރަށްވަން ލަސްވެސްޖެ އެކަމް ތިކަން ކުރައްވަންޏާއި ކުރެވޭނީ ނަޝީދު ތިޕާޓީން ފޭކުރެވިގެން. އެކަންކުރެވިއްޖެނަމަ އެމްޑީޕީ އެ ސާފުވީ އަހަރެމެންގެވެސް ޕާޓީ އަކަންވާނީ އެމްޑީޕީ.