އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ނިންމަވައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.

ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގެ ކެންޑިޑޭޓެވެ. އަދި އިންތިއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.

ޝައުނާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްލި ޕާޓީ ކަމަށެވެ. އެމްޑީޕީއަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި މުހިންމު ކަންތައްތަކެއް ހާސިލް ކުރެވުނު ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ ބޭސްފަރުވާ އަށް ރައްޔިތުން ސަލާން ޖަހަމުން އައި ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމުގައި ހެދުމެވެ.

އަދި އެ ފަހުން އައި ކޮންމެ ސަރުކާރަކުން އެއީ ކުރަން ޖެހޭ ކަމެއް ކަމުގައި ވެގެން ގޮސްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"ތިން ވަނަ ކަމަކަށް އަޅުގަނޑުމެންނަށް އޭރުގެ ސަރުކާރުގައި ހާސިލް ކުރެވުނު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ޓެކްސްގެ ނިޒާމެއް ތައާރަފް ކުރެވުނު" ޝައުނާ ވިދާޅުވިއެވެ.

އެމްޑީޕީ 2018 ވަނަ އަހަރު އިންތިހާބުވީ ހަމަ އެ ޒާތުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ތަންފީޒު ކުރެވުނު އެންމެ މުހިންމު ސިޔާސަތުތަކަށް ބަލާއިރު، ރާއްޖޭގެ މިހާރު ވެސް 10،000 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފައިވުމާއި އެތައް ހާއްސަ ރިސޯޓު މުވައްޒަފުންނަށް މިނިމަމް ވޭޖް ތައާރަފްކޮށް އާމްދަނީގެ ވަސީލަތްތައް އިތުރުކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕާޓީން ވައުދުވެ ކުރަން ހުރި ކަންކަން އަދިވެސް ވަރަށް ގިނަ،" ޝައުނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި ޕާޓީއާ އެކީގައި މި ދެންނެވި މަސައްކަތްތައް ވެސް ކުރަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"އެހެންވީމަ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަޔާ." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ފަޔާޒް އާއި އޭނާއާ އެއްބަސްވާ ކަންތައްތައް ވަރަށް މަދުވާނެ ކަމަށެވެ. ގިނަ ވާނީ ދެބަސްވާ ކަންކަން ފާހަގަ ކުރައްވައި ޝައުނާ ވިދާޅުވީ، ދެބަސްވެ ޒުވާބުކޮށް ވާހަކަ ބަދަލުކޮށް ކަންތައްތައް ނިންމައިދޭ މީހެއްގެ ގޮތުގައި ފަޔާޒް ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.

"ކޮޅެއްގައި ޖައްސާ ބޭފުޅެއްގެ ގޮތުގައި ފަޔާ ފާހަގަ ކުރެވެނީ." ޝައުނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    އޭން ފައްޔާޒައް އެކަންޔޭ ތިކަން ކުރެވޭނީ؟؟ މަކަހަލަ މީހަކާ ޖެހުނީމަ ތިއެއް އިނގޭނީ!!!

    8
    2
  2. މާމީ

    ޝައުނާ ބުނާކަންތައް ފަޔާ ކޮއްދޭތީ ފަޔާ އައްތާއީދު ކުރަނީ ހެއްވާ ވާހަކައެއް ހުސް ބުރޯ

    10
    2
  3. ޑގގ

    ޝައުނާ އަކީ ހިޔާނާތްތެރިއެއް. ގައްދާރު މައްކާރެއް. މަގާމާއި ޖާހު ބޭނުންވާ މީހެއް. މީނަ 2008 ގެ ކެންޕޭނުގައި ދުންފިނި ހަރުގެއަށް ވެއްދީ ވެސް ރައީސް ނަޝީދު. އިސްތިއުފާ ޝައުނާ ތިމާވެށި މިނިސްޓްރީ ނުހިންގުނު މީހަކު ފައްޔާޒަށް ތާއީދު ކުރިޔަސް އަހަރެމެންގެ ވޯޓު އޮތީ އިންތިއަށް.

    11
    3
  4. Anonymous

    ޤައުމު އިންޑިޔާއަށް ވިއްކާލި ބަޔަކު ޤައުމަށް ހެވެއްނޭދޭނެ.

  5. މީކާކު

    ކޮންކަމެއް ނުކުރެވިގެންތަ މިއުޅެނީ. މިމީހުންގެ ބަސްމަގު ހުންނަގޮތުން ބިރުގަނޭމިހާރު. ޢެކަކު އުޅެނީ ހިންގާނުލެވިގެން

  6. ޢައި

    މިފެންނަނީ މަތީމަގާމާއި މަތީދަރަޖަ ބޭނުންވާ މީހުންގެ އަސްލު ސިފަ ،

  7. ލިލީ

    ސާބަހޭ ފައްޔަ އިންތި މިފަހަރު ފޭލު ކޮއްަލާތި

  8. ސުޖާއު

    ކޮންކަމެއްތޯ ކަމަނާއަށްވީ، ރަށްރަށުގަ ހުރި ކުނިތައް ހުރިތާނގަ ހުރީ، ތިމާ ކިޔަވައިގެން ކޮން ސަކަރާތެއްތޯ ތިޖައްސަވަނީ، ނުވަންޏާމު ބަޖެޓުކާނުލާ އިސްތިއުފާދީ