ފުވައްމުލައް ސީޓީގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު "ޓައިގާ ޝާކް" ޕޮއިންޓަށް ޑައިވިންގ އަށް ފޭބި މުހައްމަދު ސައީދު (ސައިޓޭ) ގެއްލުނު ސަރަހައްދުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ފުވައްމުލައް ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮަޕަރޭޝަންގެ ތެރެއިން މިއަދުގެ ޑައިވް ނިންމާލާފައިވާ ކަމަށެވެ.

"އަދި މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަހައްދުގެ 68 މީޓަރު އަޑީން ޑައިވް ބެލްޓެއް ވަނީ ފެނިފައި". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މީގެ ކުރިން ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން އޭނާ މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ފެނިފައިވެއެވެ.

ސައީދު ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހުގެ މެންދުރު ފަހު 3:36 ގައެވެ. ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯޓް ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި އަދިވެސް ދަނީ ކުރަމުންނެވެ.

އެގޮތުން، އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަރ ޕެޓްރޯލް އުޅަނދުން ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައެވެ.

އަދި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްމާޢީލް

    “އަދި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުުވިއެވެ.” ސަރުކާރުގެ މޫނުމަތި ރީތިކުރަން ނޫސް ތަކަށް ސަރުކާރުން ލާރިދޭވާހަކަަ. މަހީކުރީ ފޭކެއްކަމަށް. އެކަމު މިޚަބަރު ކިޔާލުމުން އެއީ ތެދުކަން ޤަބޫލް ކުރެވިއްޖެ. މިއީ ވަރަން ދެރަކަމެއް އެމްއެންޑީއެފް ގަ ޑޯނިޔާ އެއްވެސަ އަދި ހެލްކޮޕްޓަރެއްވެސް ނެތް މިތާގަ އޮތީ އިންޑިއާ މިލިޓަރީގެ ޑޯނިޔާޢްކާއި ހެލްކޮޕްޓަރެއް. މިކަން އޮޅުވާލަން އަދި ނޫސްތަކަން ކިތައްމެ ލާއިއެއްދިނަސް ރައްޔިތުން މިކަން ވަރަށް ސާފް

  2. ނަސީ

    ލިޔެވޭއެއްޗެއް އެމީހަކައް އެގެންވާނެ އަދި އުޅެނީ ގެއްލިގެން އާއިލާއައް ކެއްތެރިކަން ދެއްވާށެ އާމީން

    6
    2