އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ނިންމެވުމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޝައުނާ އަށް ފާޑު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރު ޝައުނާޣެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި އެމްޑީޕީގެ އާންމު މެމްބަރުންނަށް އެ ޕާޓީއަކީ ކޮބައިކަން ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ނަޝީދު ތާއީދު ކުރައްވަނީ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށެވެ.

ޝައުނާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްލި ޕާޓީ ކަމަށެވެ. އެމްޑީޕީއަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި މުހިންމު ކަންތައްތަކެއް ހާސިލް ކުރެވުނު ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ ބޭސްފަރުވާ އަށް ރައްޔިތުން ސަލާން ޖަހަމުން އައި ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމުގައި ހެދުމެވެ. އަދި އެ ފަހުން އައި ކޮންމެ ސަރުކާރަކުން އެއީ ކުރަން ޖެހޭ ކަމެއް ކަމުގައި ވެގެން ގޮސްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"ތިން ވަނަ ކަމަކަށް އަޅުގަނޑުމެންނަށް އޭރުގެ ސަރުކާރުގައި ހާސިލް ކުރެވުނު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ޓެކްސްގެ ނިޒާމެއް ތައާރަފް ކުރެވުނު" ޝައުނާ ވިދާޅުވިއެވެ.

އެމްޑީޕީ 2018 ވަނަ އަހަރު އިންތިހާބުވީ ހަމަ އެ ޒާތުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ތަންފީޒު ކުރެވުނު އެންމެ މުހިންމު ސިޔާސަތުތަކަށް ބަލާއިރު، ރާއްޖޭގެ މިހާރު ވެސް 10،000 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފައިވުމާއި އެތައް ހާއްސަ ރިސޯޓު މުވައްޒަފުންނަށް މިނިމަމް ވޭޖް ތައާރަފްކޮށް އާމްދަނީގެ ވަސީލަތްތައް އިތުރުކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕާޓީން ވައުދުވެ ކުރަން ހުރި ކަންކަން އަދިވެސް ވަރަށް ގިނަ،" ޝައުނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި ޕާޓީއާ އެކީގައި މި ދެންނެވި މަސައްކަތްތައް ވެސް ކުރަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"އެހެންވީމަ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަޔާ." ޝައުނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބުރޯ

    އަންނިގެ އެންމެ ބޮޑު ސަޕޯޓަރެއް ޝައުނާއަކީ، ޢަހަރެމެންނަށް ފެންނަނީ ޝަައުނާ މަގާމަށް ޢައިސް ގެނައި ކުރިއެރުން... ސޯ:.......::.::::::......... ޓޭކް އަ ޗިލް ޕިލް

    28
    1
  2. Anonymous

    އެންމެން އަބަދަކު ލާދީނީ މީހާގެ ފަހަތުގައި ނުތިބޭނެ. އެންމެން އަބަދަކު ލާދީނީ ވެގެން ވެސް ނޫޅޭނެ. ރައްޔިތެއްގެ މައްޗަށް ވެރިކަމެއް ކުރެވޭނީ އެ ރައްޔިތަކު ރުހޭ ގޮތަކަށް. މިރާއްޖޭގެ އާބާދީގައި ގިނައީ އިސްލާމްދީނަށް ލޯބިކުރާ މުސްލިމުން. އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލުﷲގެފާނަށް ޖޯކު ޖަހަނީ ދެތިން މީހެއް. އެއިން އެކަކީ ލާދީނީ މީހާ. ވަރަށް ސަލާން.

    63
    2
  3. އަފީ

    ތިއިންތިޔަތްވުރެ ފައްޔާޒުވެސްމާރަގަޅުވާނެ
    އައްނިއައްވުރެން އިބޫވެސްރަގަޅުވާނެ

    58
    4
  4. ޢސދ

    އެމް.ޑީ.ޕީ ގައި ފެކްޝަނަށް އެމް.ޑީ.ޕީ އަކަށް ވަނީ މަގުމަތީ ރައްޔިތުން ހަޅޭއްލަވަން ތިބުން. އިސްލާމްދީނާއި ދުރު ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ގައުމު ބައްޓަންވުން. އިނގިރޭސި ވިލާތުން ފަންޑުލިބޭ ކޮޅުކޮޅުން ޝަރުތުކުރާ ކަންކަން ކުރަން ތަންދޮރު އޮޅުންފިލާފައިވާ ފެކްޝަނުން ފުރުސަތު ނުދޭތީ ބޮޑުމީހާ ރުޅިއައިސްގެން ކުދިންކޮޅަށް ބަވަނީ..

    41
    2
  5. ހައްދުންމަތި

    މި ސޮރު ބާކީ ވަނީ ތޯއްޗެއް؟ ހުރެގެން އެންމެނާއި ދިމާކުރަނީ.. މީނާ އެދޭ ގޮތަށް ކަންކަން ނުވެގެން ރުޅިގަދަވަނީ..؟

    ދެން ހީވަނީ މުސްތަޤުބަލުގައި މީނާ ވަރަށް ބާކީވާނެ ހެން.. އެކުގައި އުޅޭ ގިނަމީހުންނަށް ބަދުބަސް ކިޔާނަމަ، ދެން ތާއީދު ކޮށް އެކުގައި އުޅޭނީ މަދު މީސްކޮޅެއް..

    މިސޮރު ގެ ޒަމާން ދަނީ ކަމަށް ހާދަ އެބަ ހީވެޔޭ!

    48
  6. ސުވޭބު

    ޢަންްނި ނޫން އެންމެނަކީ ގޯސް، އެއްޗެއް ނޭގޭ، ކަމެއްކުރަން ނޭގޭ، ފިތުނަ އުފައްދާ، މީހުންކަމަށް ބުނާތީވެ މަ ހަމަ ހައިރާން ވެ އަންތަރީސް ވޭ !

    ވަޓް ގުޑް އާ ޔޫ ؟

    38
  7. ގަން

    ތީ އަންނިމެން ދަންނަ ޑިމޮކްރެސީ އަކީ...ތިމާއާއި ޚިޔާލު އެއްގޮތް ނުވާ ކޮންމެ މީހަކު ގޯސް...އަޖައިބު ވެއްޖެ ހަމަ...އެހެންވީމާ މިނޫން ޑިމޮކްރަސީ އެއް ގެންނަން އެބަޖެހެއެއްނު....

    40
  8. ނަހްރުއްނީލް

    ތީ އަންނިމެން ދަންނަ ޑިމޮކްރެސީ އަކީ...ތިމާއާއި ޚިޔާލު އެއްގޮތް ނުވާ ކޮންމެ މީހަކު ގޯސް...އަޖައިބު ވެއްޖެ ހަމަ...އެހެންވީމާ މިނޫން ޑިމޮކްރަސީ އެއް ގެންނަން އެބަޖެހެއެއްނު....

    30
  9. ހަސަނާ

    މައުމޫނަށް ވީހެން ތިވަނީ ދެން އަޅާލާނެ މީހެއްވެސް ހުދު އާއިލާ މީހުންވެސް ހޯހޯ އޭ ކިޔާތަަން ދެން ފެންނާނީ .ދުނިޔެ ދައްކާ މަގު .

  10. ޏސ

    ޝައުނާގެ ނިންމެވުމަށް މަރުހަބާ ދަންނަވަން

    24
    1
  11. ކޮރަލް

    އަންނި އެކަނި ވަނީ އެވެ. އެކަމު ވެސް އަނގައަކުން ނާރާނެ އެވެ.

    29
  12. ޙަަަހަ

    ނަޝީދު ބޭނުންނުވާ ގޮތެއް ވިއްޔާ ހަމަ އެމީހަކު އެހަދާލަނީ ކާފަރަކަަށްދޯ ، އަޅޭ ނަޝީދަށް ތާއީދުކުރާމީހުންނަށް ހަމަބުއްދި އަންނާނީ ކޮންދުވަހަކުންބާ ، މިއަދު އެންމެ ލޯބިން ގެންގުޅޭމީހާވެސް މާދަމާ ނަޝީދުއާއި ދެކޮޅަށް ބަހެއް ބުނެވެއްޖިއްޔާ އެނުވޭ ތުން ފުއްސަކަށްވެސް

  13. ޅަރާ

    އައްނި މިހާރު ހަގީގަތް ގަބޫލުކޮށް އަމިއްލަޔަށްވެސް އެކަހެރިވާން އެބަޖެހޭ.
    ޙަގީގަތުގައި ރައްޔިތުންވެސްް އަދި މޑޕ މެމްބަރުންވެސް އައްނިބަލައިނުގަނޭ.

  14. ޑިމޮކްރަސީ

    މިސޮރުގެ ނަން މިހާރު ބަދަލުކުރަން ވެއްޖެހެން ހާދަ ހީވެޔޭ، ކުރިން މީނައަކީޑިމޮކްރަސީގެ އައްޕަ މިހާރު މުޚުތާރުގެ އައްޕަ، ހަމަތެދެއް މިބުނީ ހިތަށްއަރާ މީނައަކީ ހަމަސޮރެއް ބާއޭ

  15. ހިނިގަނޑު

    ހަހަހާ. ބަނޑު ގޯސްވީ ތޯއްޗެއް. މިހާރު އެނގޭނެ އަމިއްލައެދުން އެއްމެންނަކު އަބަދަކު ބަލައި ނުގަންނާނެކަން. ވިސްނައިފި ބަޔަކަށް އިބުރަތެއް. ޔާ ﷲ އައްނިގެ އުނދަގުލުންނާ ނުބައި ރޭވުން ތަކުން މި ލޮބުވެތި ޤައުމު މިންޖު ކުރައްވާށި. މި ލޮބުވެތި ޤައުމު އިސްލާމް ކަންމަތީ އަބަދުމެ ލައްވާށި. އާމީން.

  16. Anonymous

    ލާދީނީ މީހާ ހިތްދަތިވެގެން ހިނދުކޮޅު އަންނަ ވަގުތު ދުނިޔެއަށް ވެސް އިސްތިއުފާދީފައި ހިނގައިދާނެއެވެ. ދެން ބުނާނެއެވެ. ބޮލުގައި ބަޑިޖެއްސީމާ ކުރާނެ ކަމެއް ނޭނގިގެން ދުނިޔެއަށް އިސްތިއުފާ ދިނީއެވެ. ދޮގުވެރި ކައްޒާބު ލާދީނީ މީހާގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށިއެވެ. އާމީން.

  17. ލޮލީ

    ވަރައް ދެރަވެއްޖެ މިއަދު އނނ ފަކީރު ދޫކޮއްަ އެންމެން ފިލަނީ