މިދިޔަ އަހަރުގެ މޭމަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ އަށް އަހަރެއްވީ އިރުވެސް، މައްސަލަ ރަނގަޅަށް ތަހުގީގުކުރެވިފައި ނުވާކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ނަޝީދުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމަށް ހަރަދުކޮށްފައިވާ މީހުން ހޯދުމަށް އެކަށީގެންވާ ތަހުގީގެއް ހިންގުމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ އެދިފައެވެ.

"ހަމަލާގެ ބައިވެރިން ހައްޔަރުކޮށް ދައުވާކޮށްފައިވާއިރު ހަމަލާގެ ކުރީ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު އަހައްމިއްޔަތު ކަން ދީފައި ނުވާތީ ވެސް ކަންބޮޑުވަމެވެ. މައްސަލައާ ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހްގީގް ކޮށްފައި ނެތް," އާއިލާގެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަަށް އަރާވަޑައިގަންނަވަނިކޮށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާ

ރައީސް ނަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ސެކިއުރިޓީ ސަބަބުތަކާ ހުރެ ނަޝީދު ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ހިންގަވަން ޖެހޭ ހަރަކާތްތަކާއި، ސިޔާސީ ގޮތުންނާއި އާއިލާ އަދި ގާތްތިމާގެ މީހުންނާ ހިންގަންޖެހޭ މުއާމަލާތްތަކަށް ބުރޫ އަރާފައިވާކަމަށެވެ.

މި ހަމަލާއަށް ފަހު ނަޝީދު ހޮސްޕިޓަލަށް ގެންދިޔަ ބޮޑީގާޑުން އަދި އޭޑީކޭގައި ފަރުވާދެއްވި ޑޮކްޓަރުންނަށް އާއިލާއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ހަރުކަށި ފިކުރަށް ތަބާވާ ބަޔަކު ދީފައިވާ ހަމަލާއެއްކަމަށް މިކަން ތަހުގީގުކުރި އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިހާތަނަށް މި މައްސަލާގައި ހުކުމް އިއްވާފައި ވަނީ އަތަމާ ޕެލަސް ކައިރީގައި ހުރެ ރިމޯޓެއްގެ އެހީގައި ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް އެކަންޏެވެ. އޭގެ އިތުރުން ދެން ހަމަލާގައި ބައިވެރިވި މީހުންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕޮގުބާ

    ރާއްޖޭގެ ރަށްޔިތުން ތިކަމާ ހައްޔަރު ކުރަންވީނު އެއީ ދެން ކާކުތަ ބޮލުރޮދި ކެނޑިފަހުރި ގަމާރެއް

    10
  2. އަހުމަދުބެގެ އަލީ

    ގައުމު ހުއްޓުވާފައި އެހެން އެއްވެސް ކަމެއް ނުކޮށް ތިކަން އެކަނި ކުރަންވީ. ކޮބާ ފުޅާނުކުރަންވީ ތަހުގީގެއް؟ އަފުރާޝީމު މައްސަލަ، ނިދަންތިއްބަ މަރުވެފައިތިބި ދެމަފިރިންގެ މައްސަލަ. މިވެސް ޖަރީމާދޯ! ކީއްވެ މިވާހަކަ ނުދެއްކެނީ؟ ކެނެރީ ފަހަތުން މުޅު ގައުމު ދުވަންވީ ބާވާލެއްވުނު ދީނެއްހެން؟؟

    10
  3. ޕީޖީ

    ކިހާވަރަކަށް ފުޅާކުރާ ވާހަކަތޯ؟ މާދަމާއަށް އެއް އަހަރުވަނީ. އާއިލާއިން ބޭނުންވަނީ ތަހުގީގު ނުނިންމާ ދުނިޔެ އުމުރަށް ސަރުކާރުގެ ހިމާޔަތުގައި ތިބުމަށްތޯ؟

  4. ޙަޒާ

    ކޮބާ އޭނާގެ އާއިލާއަކީ ؟
    ލައިލާގެ ޚަބަރެއްވެސްނުވޭ. ނަމަވެސް ޓްވިޓަގައި ވަރަށް ހުތުރު ބަަހުން އެއްޗެހިލިޔާ އަންހެންކުއްޖަކު އުޅޭ .

    12
  5. ރަށްފުށުދޮންބެ

    ހަމަލާގެ ވާހަކަ ދައްކަނީ ތާއީދު ހޯދަން. އެރުމާއެކު ވެއްޓުން މިހާ އަވަސްވަނީ އަޚްލާޤެއް ނެތުމުން.

  6. ރައްޔިތުމީހާ

    މާތްﷲ ގެ ކޯފާއެއް އަންނަން ވާއިރަށް އިންސާފުން ކަންކަން ކުރުމަށް އެދެން

  7. ލަތީފު

    އަސްލު މިކިޔާ އެއްޗަކީ ނަޝީދުއަށް އަށް ދިން ހަމަލާގެ ބަދަލު ހިފަން ބޭނުންވަނީ ދިވެހި ރައްޔިތުންގެ ކިބައިންނޭ.. އެހެންވީމާ ވީހާވެސް ގިނަ ބަޔަކު ހައްޔަރުކޮށްގެން އަހުވަ ދައްކާށޭ.