މާލޭގައި މަރާމާރީ އާއި ވަޅި ޖެހުމުގެ ހާދިސާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންނަށް އަމާޒުކޮށް ސުވާލެއް އުފައްދަވައިފިއެވެ.

ރައީސް ޔާމީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ދުވަސްތަކަކަށް ފަހު އަނެއްކާވެސް އަނިޔާވެރި ވަޅި ޖެހުމުގެ ހާދިސާތަކާއި އަނިޔާވެރި ކުށްތައް ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.

މާރާމާރީތައް އިތުރުވެފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެފަދަ ހާދިސާތައް ހިނަގަނީ ފުލުހުންގެ ފަރުވާކުޑަކަމުންތޯ ނުވަތަ ފުލުހުންގެ އެއްބާރުލުމާއި އެކީތޯ ސުވާލު އުފައްދާފައެވެ.

މާލޭގައި މާރާމާރީއެއް ނުހިނގާ އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް ބޮޑެތި މާރާމާރީތަކެއް ވަނީ ފެށިފައެވެ. އެގޮތުން މިދިޔަ ފިތުރު އީދު ދުވަހު ބޮޑު ދެ މާރާމާރީ އާއި ރޭ ވެސް ހުޅުމާލޭގައާއި މާލޭގައި މާރާމާރީ އެއް ހިންގި އެވެ.

ފިތުރު އީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު މިހާރު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

މާލޭގައި ގްރޫޕް މާރާމާރީތައް ފެށިފައި މިވަނީ ގްރޫޕްތަކުގެ ހަރަކާތްތައް ހުއްޓުވަން ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަތާ ދެތިން މަސް ދުވަސް ފަހުންނެވެ. ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް މެދުކެނޑުމެއް ނެތި ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ލޮލް

    ކަލޯ ރޮދި ފީވެފަ ތިޔަހުރީ

    8
    29
  2. މާޟީ

    ވަގުތު ނޫހުގަވެސް ހެޑިން އަޅާއިރު މީހުން ބުނާއެއްޗެހީގެ މާނަ އޮޅޭގޮތައް އަޅަނީ އިންޑިއާއިން އަންގާ ގޮތައް ލިޔަން ވެގެން ތޯ؟؟

    33
  3. މުޖޭ

    އަނެއްކާ މިސްކިތް ހުޅުޖެހި މީހާއަށް ވަނީބާ؟؟

    6
    24
  4. Anonymous

    މިކަލޭގެ ޓުވިޓަރަށް ވަތްކަން ތީ ވ.ރަނގަޅަށް ކުރިކަމެއް. މިކަލޭގެ އަމިއްލައަށް ބޭޒާރުވެ ފަލީހަތްވަމުން އެދަނީ. އަސްލު ސިފަ ތިފެންނަނީ

    10
    39
  5. ގައުމީލޭ

    ފުލުހުން މަސައްކަތް ކުރާނެ ވެއްޓެއް ނެތީމަވާނީ ދެމިހެން، ސިޔާސީ ވެރިން ތިބެނީ ގެންގުތަކުގެ ބެކަޕުގަ. ގާސިމެއް ކާސިމެއް ޔާމިނެއް އާނެއް ކިޔާނެ ކަމެއްނެތް ގައުމުގެ ހަމަޖެހުމަށް ވުރެއް ކަލޭމެން ބޭނުންވަނީ ގައުމުގެ ވެރިކަން. ތިސިޔާސީ ވެރިން މިމުޅި ގައުމު ވީރާނަ ކޮށްފި.

    21
    2
  6. ޔާމީން12345

    ޔާމީން ގެ ޢޯޑަރައްކަން ޔަގީން😲

    7
    33
  7. ނިހާން

    ކަލޭ ތީ ތި ވާހަކަ ދައްކަން އެއްމެ ރަނގަޅު މީހާ.

    11
    30
  8. ފާތުމަ އެޅި ވަގު މިސްކިތް

    މިހިރީ މި ގުންޑާ ގެ ހުރި ފެންވަރު

    10
    32
  9. ދޮލިކަސް

    އަހަރެން އަޑުއެހީ މިމާރާމާރީއަކީ ޔާމީނާ ދެކޮޅަށް ތިގޭކައިރީ އަޑުއުފުލި ޔޫތުފޯސްއާ ދެކޮޅަށް ޔާމީނު ބުނެގެން ޔާމީނުގެ ގޭންގުތަކުން ހިންގާކަމެކޭ އޮޅުވާލާ ދޮގުހެދޭނީވެސް ކޮންމެވެސް ވަރަކަށްދޯ

    10
    29
  10. އިންޑިއާ އައުޓް

    ފުލުހުންނާއި ސިފައިން ކުރިޔައްގެންދާ އޮޕޮރޭޝަނަކީ ގޭންގުމާރާމާރީ ހުއްޓުވުމެއްނޫން، އެންބަސީން އަންގައިގެން އިންޑިއާ އައުޓް ބެނާތައްނެގުން!

    25
    4
  11. ރަދުން

    ފެންފޯއް ކަޑަން ފުލުހުން ބައިވެރި ވިތަ

    16
    2
  12. ސލ

    މާ ރާމާ ރީތައް ހުއްޓުވެން ޖެހޭއެވެ އިންޑިއާ އައުޓް ހުއްޓުވާއި ރު އެއަށްވު ރެމާނު ރައްކާތެ ރި ކުށްތަކާއި ގޭންގު ކުށްތައް މިއޮންނަނީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވި
    ފައެވެ ދައުލަތުން އިންތިހާދަ ރަޖާއިގެ ބިޔަ ޚަ ރަދުތައް ކޮށްގެން ހިންގަމުންދާ މުއައްސަސާ ތަކުގެ ދައު ރާމެދު
    ސުވާލު އުފެދެން ޖާގަ އޮވެއްޖެނަނަމަ އެއީފޭލްވުމެވެ.

  13. ބޮކި

    ބޮޑު ވަގު

    2
    5
  14. ތޮސަލިން

    މީސީދާ ކަލޭ އަޑީގަ ހުރެގެން ހިންގާކަމެއް އިނގޭތީ މިހެންމިބުނަނީ

    5
    6
  15. ރާއްޖެ

    ނޫސްވެރިއާއަށް ތަރުޖަމާ ކުރަން އެނގޭތަ؟

  16. ހަނާ

    ޔާމީން ގެ ވެރިކަމުގަ މާ ގިނައިން މާރާމާރީ ހިންގި. އެއީ ޔާމީން ގެ އެއްބާރުލުމާ އެކީތޯ

    4
    5
  17. މުފީދާ

    ލާދީނީ އެމްޑީފީމީހުންނާއި ފުލުހުން ކުރުވާކަމެއް އެއީ

    8
    2
  18. Happy 123

    ޔާމީން ރާވައިގެން ހިންގާކަމެއް! ޥ ތެދަށްމިބުނީ!