މިދިޔަ ފިތުރު އީދު ދުވަހު މާލޭގެ ޖަނަވަރީ މަގުގައި ހިނގި މާރާމާރީ އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ ދުވަހު މާލޭގައި ދެ މާރާމާރީ ހިންގާފައި ވެއެވެ.

އެގޮތުން ކޯރުކެނޑި މަގު މާވެޔޮ މިސްކިތް ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު އެރޭ ފަތިހު 05:48 ކަންހާއިރު ފުލުހުންނަށް ލިބުނެވެ.

ދެވަނަ މާރާމާރީ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 09:17 ކަންހާއިރުއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މޭ ދެ ވަނަ ދުވަހު ޖަނަވަރީ މަގަގާއި، މަޖީދީ މަގާއި ގުޅޭ ހިސާބުގައި ހިނގި މާރާމާރީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެކަކީ ގދ. ވާދޫ އުނިމާގޭ ހަސަން ޒިޔާން (18އ) އާއި 15 އަހަރުގެ ކުޑަކުއްޖެކެވެ. އޭގެ ތެރެއިން ޒިޔާން، ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވެއެވެ. އަދި 15 އަހަރުގެ ކުއްޖާ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ވިދާޅުވީ، މި ދެ މީހުންގެ އިތުރުން މައްސަލައިގައި ހިމެނޭ ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭގައި މާރާމާރީއެއް ނުހިނގާ އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މާރާމާރީތަކެއް ފަށާފައި ވާއިރު، ރޭވެސް ހުޅުމާލޭގައި ދެ މަރާމާރީއަކާއި މާލޭގައި ވެސް މާރާމާރީއެއް ހިންގިއެވެ.

މާލޭގައި ގްރޫޕް މާރާމާރީތަކެއް ފެށިފައި މިވަނީ ގްރޫޕްތަކުގެ ހަރަކާތްތައް ހުއްޓުވަން ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަތާ ދެތިން މަސް ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަމް

    ކުޑަކުދިނަގެ ހައްގުތައްކޮބާ؟

  2. ކޮރަލް

    މިމީހުން ކޮއި ބި ނިދޭ ގޮތައް އަދި މަސައްކަތް ކުރެވޭ ގޮތައް މީހުން ނޫޅޭ ރަށަކަށް އަރުވާލަން ވީ އެވެ. އޭރުން އިސްލާހް ވެދާނެ އެވެ.

  3. ވާނުވާ

    މާލެ އައް ތިއަންނަނީ ކަލޭމެން ކީއްކުރަންތަ...ބޭސްފަރުވާޔައް ދޯ؟