ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފާޅުގައި މީސްމީޑިއާގައި އިންޒާރު ދިންކަން މީގެ ކުރިން އެނގިފައިނުވާކަން ދޭހަވާ އިބާރާތަކުން ފުލުހުން ވާހަކަ ދައްކަވައިފިއެވެ.

ފުލުހުން މީޑީއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީނަށް އަމާޒުކޮށް މީސްމީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި އިންޒާރު ދީފައިވާ ކަމަށް ބުނާ މައްސަލައެއް މިމަހުގެ ދެވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލައިދިނުމަށް އިތުރު ސިޓީއަކުން މިމަހުގެ ތިން ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ދެ ސިޓީއާއި ގުޅިގެން ބަލަން ޖެހޭ ކަންތައް މިވަގުތު ފުލުހުން ބަލަމުންދާ ކަމަށެވެ.

ރައީސް ޔާމީނަށް އިންޒާރުދިންކަން ކުރިން ނޭނގޭކަން ދޭހަވާ ފަދަ އިބާރާތަކުން ފުލުހުން ވާހަކަ މިދެއްކީ އެ މައްސަލައިގައި ކޮމެންޓެއް ހޯދަން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދީ އެތައް ދުވަހެއް ފަހުންނެވެ. އަދި ސިޓީތައް ހުށަހެޅިތާ ފުލުހުން ދެތިން ދުވަސް ފަހުން އެކަންތައް ބަލަމުންދާ ކަމަށް ވިދާޅުވިއިރު، އިންޒާރުދިން މީހާ އިންޑިއާއަށް ގޮސްފައިވާ ކަމަށް ވެސް އަޑު ފެތުރިފައިވެއެވެ.

ރައީސް ޔާމީނަށް އިންޒާރު ދިނުމަށްފަހު އެ ގްރޫޕުން ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާ ކުރީ ވެސް ކުރިން އެންގުމަކާއި ނުލާ ކަމަށް ފުލުހުން އެ ދުވަހު ބުނެފައިވެއެވެ.

ފުލުހުންގެ ހިމާޔަތުގައި ތިބެ މުޒާހަރާކޮށް ނިމުމުން އެ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ވިދާޅުވީ، ރައީސް ޔާމީނުގެ ގެ ކައިރިއަށް ބަޔަކު އެއްވެސް ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަސަނާ

    އެމްސީ ހަމީދު ގެ މުނާފިޤުކަމާ

  2. Anonymous

    ފުލުހުންނެއްކަމަކު މިހެދީ ކަނޑައެޅިގެން ދޮގެއް. ފުލުހުންނަކީ އެންމެ ގިނައިން ސޯޝަލް މީޑިއާގެ ހުރިހާ އެއްޗެއް ބޭނުންކުރާ މީހުން. އަދި އެންމެ އަޕްޑޭޓްކޮށްވެސް ތިބެނީ ފުުލުހުން. މިހާތަނަށް ވަރަށް ގިނަ މައްސަލަތައް ފުލުހުން ބަލައި ފިޔަވަޅު އަޅާފައިވޭ ހުށަހަޅާ މީހަކު ނެތިވެސް ސޯޝަލް މީޑިއާ އިން ފުލުހުންގެ ސަމާލުކަމަށް އެކަމެއް އައުމުން. ޔާމީންއަށްމަރުގެ އިންޒާރުދޭތާ އެތަކެއް ދުވަހެއްވެ މިވާހަކަ ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔައިރުވެސް ފުލުހުންނަށް މިކަން ނޭނގުމީ ފުލުހުންގެ ނާގާބިލްކަން ނުވަތަ ފުލުހުން މިކަމާއި އަޅައިލާން ބޭނުންނުވާކަން ހާމަވާކަމެއް.

  3. ރައްޔަތުމީހާ

    ޔާމީނުއަށް އިންޒާރު މިދިނީ މުޒާގަރާކުރަން ހައްޖަށް ގޮއްސަ ހުއްޓާ ތޯ.؟

  4. ދޫދިގަމް

    ހަމަހަމަ ކަމެއްނެތްތާ މީހަކާދޭތެރެ ތަފާތުކުރިއަސް ބޮޑުވަރެއް ސީއައިޑި އޮފްސަރުން ނެތީތަ ކޮންމެވެސް ޤައުމަކުން ގެންނަން ފެންނަނީ

    10
  5. އަހްމަދު

    ވަރަށް ގިނަކަންކަން ހިގުމުގެ ކުރިން ފުލުހުންނަށް އެނގޭ! މިކަން ނޭގުނީ ކީއްވެތޯ!

    11
  6. ޙަޒާ

    ގްރޫޕްތައް މައިތިރި ކުރަން ނުވަތަ ހިމާޔަތްކުރަން އަބަދުވެސް ފުލުހުންގެ "ގްރޫޕްތައް" އުޅޭނެ.

    10
  7. ކޮންޑޭބބ

    ރ ޔ އަދި ޑރ މވހމ އަކީ ފުލުހުން ވަރަށް ރުޅިއަރާ ދެބޭފުޅުން ޚައްސަކޮށް މިސަރުކާރުން

    6
    1
  8. ކެދިސްނާ

    މީހަކު އިންޒާރެއް ނުދޭ ތިއުޅެނީ ސައިޒު އޮޅިގެތޯ އަހާލުމަކީ އިންޒާރު ދިނުމެއް ނޫންދޯ އެހެން ނޫނަސް ޔާމީނަކީ ގައުމުގެ ހުރިހާ ގޭންގުތަކެއް ކޮންޓްރޯލްކުރާމީހާ ކާކަށް ކެރޭނީ ޔާމީނަށް އިންޒާރެއް ދޭންވެސް

  9. ހައްގުބަސް

    ތަނަކު ބެނާއެއް ހަރުކުރާއިރު ފުލުހުންނަށް އެގޭ. އިންޑިޔާ އެމްބަސީން ބެނާއެއް ހަރުކުރަން ބަޔަކުއެބައުޅެއޭ ކިޔާފަ ހަރުކުރުމުގެ ކުރިން ސިޓީފޮނުވަނީތޯ؟؟؟؟ބެނާހަރުކޮށް ނުނިމެނީސް ފުލުހުން އެނައްޓަން ތައްޔާރަށް ތިބެނީ، ނޫނީ އެއީތޯ ފުލުހުންގެ ވަޒީފާއަކީ؟؟؟؟؟

  10. ސޯލިބޭ

    ސިޓީ ލިބުނީ އިންޑިއާ އެމްބަސީންތޯ؟