ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިން ނުހޯދޭނަމަ އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 06 ވަނަ ދުވަހު ދިން ހަމަލާއަށް އެއްއަހަރު ފުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ހަމައެކަނި، ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއެއް ނޫނެވެ.

"އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖްތަމަޢާ ދެކޮޅަށް ދިން ހަމަލާއެކެވެ. ޤާނޫނުގެ ބާރާއި ދީމިޤްރާތީ މުއައްސަސާތަކަށް ދިން ހަމަލާއެއްވެސްމެއެވެ. ދިވެހިން ނަގާކޮޅަށް ޖަހާފައިވާ މުޅި އިޤްތިޞާދަށްވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަޞައްވުރު އެކީއެކަށް ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެކެވެ. އެ ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަންއޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދި ބިރުވެރިކަން ވަނީ އުފެދިފައެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެ ހަމަލާއަށް މިއަދު އެއް އަހަރު ފުރިގެންދާއިރު، އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ޝަރީޢަތް ނިމިފައިވަނީ އެންމެ ފަރާތެއް ކަމަށާއި ހަމަލާ ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި އަށް ފަރާތުގެ ޝަރީޢަތް ވަނީ އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް މަޑުޖެހިފައިކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެ ހަމަލާގެ ސަބަބުން އެ މަނިކުފާނު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުންވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ. "އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ. އެހެންކަމުން، އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީޤުކުރުމުގެ މުހިންމުކަން މި ހިނދުގައި ފާހަގަކުރަމެވެ." ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާތައް ދެވޭ މިންވަރު އިތުރުވަމުން އައިސް، ރައީސް ނަޝީދަށް އަމާޒުކޮށްދިން އެ ހަމަލާއަކީ، ފަހުގެ ތާރީޚެއްގައި އެފަދައިން ދިން އެންމެ ބޮޑު ހަމަލާ ކަމަށް ބަޔާނުގައި ވެއެވެ. އެފަދަ ހުރިހާ ހަމަލާތަކެއް ތަޙްޤީޤުކޮށް، ޝަރީޢަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނައުމަކީ މި ޤައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއްކަންވެސް ފާހަގަކުރާ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އިންޑިއާ އައުޓް

    ޢަމިއްލަ މަސްލަހަތު އިސްކޮށް ގާނޫނު ހަދާ މަޖިލީހުގެ ނަން ބޭނުންކޮށް ބަޔާން އިގިރޭސިބަހުން ނެރެނީ ޔަހޫދިން ލައްވާ ކޮންކަމެއް ކުރުވާނަމޭހިތާ ބުއްޅަބޭ؟؟؟

    39
  2. ލޮލް

    ތިކަމުގެ އަޑީގައި ތިބޭނީ ސިޔާސީ މީހުންނާއި ގޭންގުތައް. ގައިމުވެސް ދީނީ ޢިލްމުވެރިން ނުވަތަ ދަޢުވަތުގެ މައިދާނުގައި އުޅޭ އެއްވެސް މީހަކު ތިޔަފަދަ ޖަރީމާއެއް ހިންގަން ފަންޑެއް ނުދޭނެ. ސިޔާސީ މީހުން ދީނީޢިލްމުވެރިން ބަދުނާމުކުރަން ކޮށްފައި އޮތްކަމަކާ ތިކަން ވައްތަރީ. އާޚިރުގައި އަނިޔާ ލިބުނީ ސިޔާސީ ބޮޑަކަށް.

    11
  3. ނާދިރާ

    ބޭކާރު ވާހަކަ. ކަމެއް ހިނގިތަ

    9
    2
  4. ހުސޭނުބޭ

    އަޖައިބެއް! ޕޮލިސް ކަލޭމެންގެ. މަޖިލިސް ކަލޭމެންގެ، ސަރުކާރު ކަލޭމެންގެ. ޖޭއެސްސީ ޕްރައިވެޓް ލިމިޓެޑް ކަލޭމެންގެ. ދެން ކޯންޗެއް ނުހޯދިގެން ތި އުޅެނީ. ތި އުޅެނީ ތި ކުޅުނު ޑްރާމާ އަތަށް ގޮވައިގެން.

    19
  5. ކޮރަލް

    އަންނި އަށް ބަޔަކު ހަމަލާ ދިން ސަބަބު ނޫސް ތަކުގަ ހާމަ ކޮށްފަ ނެތެވެ. އެއީ ކީއްވެ ދިން ހަމަލާ އެއް ކަން އާއްމުންނަށް އަންގާލަދީ ބަލާށެވެ.

    10
    1
  6. ހޭއަރާ

    ސިފައިންނާ ފުލުހުންނާގުޅިގެންނޭ ކިޔާ އޮޕަރޭޝަނަކީ ރައްޔިތުނ ލޮލުގަ އަޅުވާގެން އުޅޭ އަނދުނެއް ވާކަމެއްހަރާން ކުރާކަމަކީ ސިފައިން ލައްވާ ޕޮލިހުން އެމީހުންނާ ހަވަލުވެފައިވާރަސްމީ ޑިއުޓީ ސިފައިނލައްވާ ކުރުވުން ސިަފައިންނަށް އެއްވެސް ގާނޫނީ ހައިސިއްޔަތެއްނެއް ޑިއުޓިއެއް ސިފައިނލައްވާ ކުރުވަނީ ތިޔަށްވުރެ މާރަނގަޅުވާނޭ ސިފައިންނާ ފުލުހުން އެއްމުއަށްސަސާއަކަށް ހެދިއްޔާމުން މީ ހަނގުރާމަކުރާ ތަނެއްނޫން ސިފައިންގޭގަ ފާޑުފާދުގެ ޔުނިޓްހަދާގެން ރައްޔިތުންގެ ޓެކުސްފައިސާއިން އިސްރާފެއް ކުރަން މިތާ ހަނގުރާމަކުރަން ތިބޭނެ އުނޑިޔާ މިލިޓަރީ ސިފއިންނާ ފުލުފުން ގައުމުގެ އަމަންބަލަހައްޓަން މަގުމައްޗަށް ނިކުތުމަކީ ބިރުވެރިކަމެއް ކީއްވެބަ މަހާތުމަގާންދީ އަސާގަނޑަކާ ފޮށަޔެއް އަނދެގެން މުޅި އިނޑިޔާގަ ހިނގާ އިނގިރޭސި ސިފައިން އިންޑިޔާއިން ބޭރު ކުރީ މިތަންވީމަ އޯކޭ އިނޑިޔާސިފައިން ތިއްބަސް

    11
  7. Anonymous

    ފުރިހަމަ ތަހުގީގެއް ކޮއްފިއްޔާ އަތައް ގޮވާނެ

    13
  8. އަހުމަދު

    ހަމަލާ ބޭނުންކޮއްގެން ލާދީނީ އެޖެންޑާ ހިންގަން ނޫޅޭ. ނަޝީދާއި ދެކޮޅު އެންމެން ހައްޔަރުކުރަން ރިޕޯޓު ނުނެރެނީސް ނަޝީދު ހިތްހަމަ ނުޖެހޭނެ

  9. ނަޝީދު

    ތީ ކެނެރީގޭ ބުއްޅަބޭ އަމިއްލައަށް ކުރި ކަމެއް ތިކަ.މަށް ފަންޑު ކުރީވެސް އޭނަ ތިކަން ރޭވިގޮތައް ނުދިޔާމަ އަމިއްލަ އަތައް ގޮވީ...

    12
  10. Anonymous

    ރައީސް ޔާމީނަށް ދިން އިންޒާރު ކުއްވެރި ނުކުރީ ކީއްވެގެންތޯ؟..މަނިކުފާނަށް ދިން ހަމަލާ ވެސް ކުއްވެރިކުރަން...

    11
  11. ަސދަދ

    ޔާމިންއަށް އިންޒާރުދިން މީހުން ކޮންބައެއްތޯވެސް ނުބަލާ.
    މިގައުމުގައި ސިޔާސީގޮތުން ހަވާސާކުރެވިފައިހުރި އަދި ލާދީނީ މީހުންނާއިދިމާލަށް އެހެންބުނާ މިހުން ކުއްވެރިވާ ވަރުގެ މީހަކު މާމުހިއްމުވެގެން އުޅެނީ ؟

    11
  12. Anonymous

    އަމިއްލައަށް ކޮށްގެން އުޅޭ ކަމަކާ ވައްތަރީ. އެހެން ބަޔަކު ކުރި ކަމެއް ނަމަ ނުހޯދެންވީ ސަބަބެއް ނެތް. ހަމަލާ ދިން މީހުން މަޖިލީހަށް ގެންގޮސްގެން އަމިއްލައަށް ތަހުގީގުކޮށްގެން ވެސް ހޯދޭނެ. ހޯދީމަ ހޯދޭނީ.

    10
    1
  13. ެައަބްދޫ

    މާލީ އެހީވެސް އަދި ރާވާ ހިންގީވެސް ނަސީދު .ގަޔަށް ހުރިހާތަކެތި ހެރުނު އިރު ބިންމަތީގަވެސް ގައިގައޮތް ހެދުމަކުވެސް ލޭތިއްޖެއްގެ މިންވަރުވެސް ނެތް.މިއީ ކުރަފި އާއިލާގެ މީހެއްތަ .މިއި ނަސީދު ގެ ސަޕޯޓް ގެއްލޭތީ އޭނާގެ އެންމެ ގާތް މީހުން ލައްވާ ކުޅުނު ގޭމެއް.

    11
  14. އެމްޑީޕީ ހާޑުކޯއެއް

    ވެރިކަމުގައި ހުރީ އިބޫ ޕާޓީގެ ރައީސްކަމުގައި ހުރީ އަންނި. މެއްސާއި މާބުރަކަށް ޕާޓީއެއް މުހިއްމެއްނުވާނެ. ވެރިކަމުގައި އިބޫ ހުއްޓަސް އެމްޑީޕީގެ ތާއިދު އޮތީ އަދިވެސް އަންނިއަށް އެކަން ވާނީވެސް އެހެން. 2023 ގައި އިބޫ ވެރިކަމަށް ކުރިމަތިލިފިއްޔާ ޕާޓީއަށް ލޯޔަލް އެތަށްބައެއްގެ ވޯޓު އިބޫއަށް ނުލިބޭނެ. އެއީ އަންނިވެސް ވާދަކުރާނެތީވެ. މެއްސާއި މާބުރެއް ބޭނުމެއް ނުވާނެ އަންނިއަށް ކުރިމަތިލެވޭކަށް.

    1
    4
  15. Anonymous

    ހަމަލާގެ މާލީ ވާގިވެރިޔާ އަކީ ހަމަލާގައި އަނިޔާލިބިގެން ގޮނޑިދުއްވަން ދިޔަ ކަލޭގެ. މިދެން ވަރަށް ސާފުކަމެއް. ސަޕޯޓް ނެތުމުން ޖެހި މަޅިއެއްމިއީ. ހަމްދަރުދީ ހޯދުމަށް ޖެހި މަޅިއެއް. ހަމަލާއަށްފަހު ފުށްފުރޭންޏެއްހެން ކޮށާލާފައިވާ ފޮޓޯތަކެއް މީޑިއާއަށް ދޫކޮށްލުމަށްފަހު އުޅުނީ މަޖާކުރަން. ބަލީގެ ކަންފުޅެއްވެސް ނެތް. އަނެއްކާވެސް މީހުންގެ ބަސް މަދުވީވަ ނައިބު ކޮއްކޮ ލައްވައި ފޮޓޯއެއް މީޑިއާއަށް ދޫކޮށްލާނެ އެއްއޮށ ނެތޭ ސިސްޓަމް މަސައްކަތްނުވެ ވަޅޯއޭ ކިޔާނެ. އަމިއްލައަށް ތެދުބުނެ ފުލުހުންނާއި ޙަވާލުވުމަށް ގޮވާލަން. ތިޔައީ މިގައުމަށް ޖެހިފައިވާ ބލއއ

    13
  16. ޢަލީ

    100% އެތެރޭގެ ކަމެއް، ފައިސާވެސް ދީގެން ޕްލޭންކޮށް ރ.ނަޝީދު ދާ ތަންތަނުގެ މަޢުލޫމާތު ރަނގަޅަށް އެގޭބަޔަކު ކުރުވިކަމެއް! ޢެމަނިކުފާނު އެއްފަޔާތްކުރެވުނީމާ ފައިދާވާނީ ކޮންބަޔަކަށްތޯ ބަލާ! އަދި ޤަބޫލެއްނުކުރަން މިވަގުތު ދިވެހި ފުލުހުންނަށް މިނިވަންކަމާއެކީ ތިޔަ މައްސަލަ ބެލިފައި އޮންނާނެކަމަށް، އަދި އިތުރަށް ބެލިދާނެކަމަކަށްވެސް...މީ މަގޭ ޚިޔާލަކީ

    6
    1
  17. Anonymous

    މިދުނިޔެއަކީ ވަގުތީ ތަނެއް، ތިހާބޮޑާކަމާ ކިބުރުވެރިކަންމަތީ އުޅޭކަށް ނުވާނެ.

    11
  18. ރަން ރީނދޫ

    ތި ކަމަށް ޚަރަދު ކުރީ އެލެކްސް އަހުމަދު.

    12
  19. މަބޭ

    ނޮވެންބަރ 3 1988 ހަމަލާގެ ފަހަތުގަވާ ބަޔަކުވެސް ހޯދަންޖެހޭ އެލްޓީޓީ އެކަނިކުރެވޭވަރައްވުރެ ބޮޑެތިކަންތައްތަކެއް ހިންގާގޮސްފަވަނީ އެތައްކަމެއް ސިއްރުކޮއް އެހަމަލާގަ އަމަލީގޮތުން ބައިވެރިވި ބަޔެއްމީހުނައް ސަރުކާރުގެ ބޮޑެތިމަގާމުތައްދީފަވޭ

    13
  20. ހައްޕުޑު

    ސޮނިބެ ތީ އެހެން ނޫނަސް ޖަލަށް ހުކުމް ކޮށްފަ ހުރި ޓެރަރިސްޓެއް. މިނިވަނެއްނޫން.

    14
  21. ގަލަން

    މިގައުމުގެ މިނިވަންކަން ނަގާލަންއުލޭ ބަޔަކައް ކޮންމިނިވަންކަމެއް ދޭންވީ ނިކަން ވިސްނާލަބަލަ؟

    12
  22. ރަބަރޭ

    އަޅުގަނޑަށް ފެންނަނީ ނަސީދު އިބޫސޯލިހުއަށް ފުރުސަތު ދީފައި ސިޔާސީ ހުރިހާ ކަމަކުން އެއްފަރާތް ވާން ް

    13
  23. ޢިޔާބު

    ހަޤީޤީ ހާދިސާއެއް ވިއްޔާ ހޯދޭނެ. އެހެންނޫނީ ތީ ހަމަ ހޮޅި ވާހަކަ

    12
  24. އަބުދުﷲ

    ތިމާ އުޅޭ މުޖުތަމައު އާއިދިކޮޅު ވުމުން އަންނަ މައްސަލަ ތައް ހައްލެއް ނުކުރެވޭނެ. ރ

  25. އަބުދުﷲ

    ތިމާ އުޅޭ މުޖުތަމައު އާއިދިކޮޅު ވުމުން އަންނަ މައްސަލަ ތައް ހައްލެއް ނުކުރެވޭނެ. ރަނގަޅުވާނީ ނަޝީދުވެސް ތުނބުޅިބަހައްޓާ ދިވެހި އިސްލާމަކައްވެ ބޭރުފުށުންވެސް އެއަލާމާތް ތައްދައްކައިގެން ޔަހޫދީންނާ ދުރައްދިއުން . އެހެން ނޫނިއްޔާ ކުރިސްޓިއަން ޗާޗެއްގަ ދިރިއުޅުން.

  26. މުހައްމަދު އަހްމަދު

    މާރުކޭޓްގައި ނިދަން ބުނި މީހާ މޮޅު ވާހަކަ ދައްކައިގެން ގަނޑުވަރުތަކުގައި ނިދަންވެގެން ދައްކާހާ ވާހަކާ.

  27. ވާންޗޯ

    އެސޮރު އެއުޅެނީ އިންތީގެ ކެންޕޭނަ ނުދެވިގެން ކުނިކަހާ މޮޕްއާޅާ ހުނިގާނަވެސް ބޭނު ފާވާންކިބަ

  28. ކަންމަތީ ހޮޓަލުން

    އެހެންމީހުންވީ ބިރުވެރިކަމެއްގައި ތިބެން. މީނާއެކަނި މިނިވަންކަމާއެކު އުޅެންވީ.

  29. ހަސަން ކުރުސި

    މިނިވަންކަން ލިބެންޖެހެނީ ހަމައެކަނި ނަޝީދައްތަ؟ މިހާރުވެސް މަގެއްމަތިންހިނގާލެވެންނެތް ތިކަލޭގެޔާހުރެ އެހެންމީހުންގެ މިނިވަންކަމާއި ހައްގުކޮބާބާ؟

  30. އުމަރު

    ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ މާލީ ވާގިވެރިން ނުހޯދާ ނަޝީދަށް ހަމަލާދިން ވާގިވެރިން ހޯދާނެގޮތެއް ބުނެދީބަލަ ހަމައެކަނި އިންސާނީ ކަރާމާތް އޮންނަން ޖެހޭނީ ނަޝީދަކަށް ނޫން ހުރިހާއެންމެންނަށްވެސް އޮންނަންޖެހޭނެ ނަޝީދުވެސް ވިސްނާލިންތަ އެހެންމީހުންނަކީވެސް އިންސާނުންކަމަށް.

  31. ހިސާން

    ލަދެއްހަޔާތެއްނެތް ކޮބާހޭ އަފްރާސިމް މަރާ ފަނޑު ކުރިމީހުން ފުރަތަމައިނުން އަފްރާސިމްގެ ހައްގު އަދާކޮއްފައި ދެން ތިކަމައި އުޅޭ. ތިމާއައް ރައްކާތެރި ކަންލިބޭނެ ކަށަވަރުވާނެ ތިޔަ ބޮޑު އަންގަ މައިތިރިކުރީމަ.

  32. ބަރުގޮނު

    ދަވްލަތުގެ ތަޙްޤީޤީ މުއްސަސާތަކު ގެ އިތުރަށް މަޖްލިސް ގެ ކޮމެޓީއެއް އުފައްދާ ބޭރުގެ މީހަކު ގެނެސްގެން މިކުރީ ކޮންކަމެއް.؟ އަނެއްކާ ތަޙްޤީޤު ހިގަމުން ދިޔަދިޔަހެން ލިބޭ މަޢުލޫމާތު ނަޝީދުގެ ޢާއިލާއަށް ފޯރު ކޮށްދޭންވެސް ޖެހުނު. މިވަރުންވެސް އަދި ނުފުދިގެން މިއުޅެނީ