މިދިޔަ އަހަރުގެ މެއި 06 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ނިރުބަވެރި (ޓެރަރިސްޓް) ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތް ވީތީ ﷲ އަށް ޝުކުރު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އަށް އެއްއަހަރު މިއަދު ފުރުމާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްއަހަރު ކުރިން މިދުވަހު އަމާން ދިވެހިރާއްޖެއަށް ސިހުން ގެނުވީ މިފަސްގަނޑުގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އާއި ގުޅިގެން ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގައި ބައިވެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ސާބިތުކަމާއިއެކު ތިބޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ގޮތާއިމެދު އެމަނިކުފާނުގެ އާއިލާ އިން އިއްޔެ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަޝީދުގެ އާއިލާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ނަޝީދަށް ދިން ހަމަލާ އަށް އަހަރެއްވީ އިރުވެސް، މައްސަލަ ރަނގަޅަށް ތަހުގީގުކުރެވިފައި ނުވާކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ވެސް ބުނީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިން ނުހޯދޭނަމަ އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށެވެ.

އެ ހަމަލާއަށް މިއަދު އެއް އަހަރު ފުރިގެންދާއިރު، އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މަޖިލީހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފައްޔާޒު

    މަށޭ އެބަކިޔާތަ

    27
  2. ޙަޒާ

    އައްނި އުސްތިއުފާ.
    ޖމރ އަށް ނުއަގުގައި އެއަރޕޯޓް ވިއްކީ ކާކު ؟

    29
    2
  3. އިބުރާހިމްސުލޯ

    އޭތް މަށޭކިޔާތަ ވަ ރައްއުފާވޭ ސަލާމަތްވީތީ

    23
  4. ޢިންޑިއާ އައުޓް

    ޢެންމެ މީހެއްގެ ހައްގުގާ މުޅިގައުމުގެ ބައިތުލްމާލުން ހަރަދުކޮށްފަ ބާކީބައިން އިންޑިއާ އައުޓް ބެނާނެގުމަށް ހަރަދުކޮށް ވަގުތުނަގާއިރު ކޮބާ ދެންތިބަ ރައްޔިތުންގެ ހައްގު؟؟؟ކޮންމެ ދުވަހަކު ވަޅިހަރާ މާރާމާރީ ހިންގަމުން އެދަނީ، ޕޮލިހުން ބެނާނެގުމުގަ، މީވާގައުމެއް!

    19
  5. ޕޮގުބާ

    ކޮންކަމެއް ކަމެއް ނުވެގެންތަ މީހުން ނުހޯދެނި އަމިއްލަޔަށް ރާވައިގެންކުރިކަމެއް

    18
  6. ކޮއްޔާ

    3 ނޮވެމްބަރ 1988 ހަނދާނަށް ނައީބާ // 19 ދިވެހީންގެ ފުރާނަ
    ދިޔަ ބިރުވެރި ދުވަހު ސިހުމެއްނުވީތާ ދޯ،،،،،،،، //

    26
  7. އަމީނާ

    މަރުގެ އެތިފަހަރަކުން ޔާމީނުވެސް ސަލާމަތްވި ލޯންޗުގެ ހާދިސާއަކުން..ޔާމީނެއް އަންނި އެއް އެކަކުވެސް ރަގަނޅެއްނޫން

    18
    5
    • ޢެސޮރު

      އެހެންވީމަ މަންޖެ ރަނގަޅީ އޯކޭ އެއްނުން ދޯދޯދޯ

      2
      1
  8. ސަލީމް

    ވެރިކަމާ ހެދި ކޯޅެނީ. މި ދެމީހުންނަކަށް ދެން ވެރިކަމެއް ނުލިބޭނެ.

  9. ޚަިރ

    ކޮބައިތޯ އޭގެ ކުރިންހިގާދހިޔަ މަރުތަކުގެ ވާހަކަ.

  10. ރާއްޖެތެރެ

    އެމްޑީޕީ ދެން ރަނގަޅު ވާނީ އައު ލީޑަޝިޕެއް ގެނެސްގެން

  11. ލީލީ

    ﷲ އަށް ޝުކުރު ކުރުމަކީ އިސްލާމު ދީނާ ހިލާފް ކަންތައް ހުއްޓުވުން ލާދިނީ މީހުން ނަށް މިނިވަންކަން އަދި މަގާމުތައް ނުދިނުން