ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހާތަނަށް ހިންގި ތަޙުޤީގުން އެނގޭތީ މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ދަލާލަތުކޮށްދޭ ކަމަކަށްވާއިރު، އެހަރުކަށި ވިސްނުން ނައްތާލުމަށްޓަކައިވެސް ދައުލަތުގެ އެންމެހާ އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އެއްއަހަރު ފުރުމާއި ދިމާކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާއަށްފަހު ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެމްޑީޕީން މަރުހަބާކިޔާ ކަމަށެވެ.

އެފިޔަވަޅުތަކާމެދު އިދިކޮޅުފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަޤުސަދެއްގައި ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް އެމްޑީޕީން ބުންޏެވެ.

ނަޝީދުގެ ސަލާމަތީ ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔާފައެއް ނުވެއެވެ. ނަމަވެސް ކެނެރީގެ ހުންނަ ގޯޅި ބަންދުކޮށްފައި އޮންނާތީ ބައެއް އާއްމުން ވަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުޤީޤު އަވަހަށް ފުރިހަމަކުރުމަށާއި، މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން މިއަދު ވަނީ ގޮވާލާފައެވެ.

އަދި، މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

"މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުޤީޤަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭކަމަށްވެސް މިޕާޓީން ދެކެމެވެ. ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ މިޕާޓީއާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމީ ލޯބި ހުރި އެއްވެސް ރައްޔިތަކު އެދޭނޭ ކަމެއް ނޫނެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. އަހުމަދު

    ރާއްޖޭގައި ލާދީނީ މީހުނާއި ހަރުކަށިފިކުރުގެ މީހުނަކީ އެއްފައިސާފޮތީގެ ދެފަޅި. ހަރުކަށިމީހުނާއި އެއްވަރަށް ނަޝީދު ކަހަލަ ލާދީނީ މީހުންގެ ނުރައްކާ ވެސް މިގައުމަށް އެބައޮތް. ނަޝީދު އައުޓް

    61
    • ޖަންބުމާގެ

      އަނީލު ދޯ ތީ؟

  2. Anonymous

    ނަޝީދު އަމިއްލައަށް ނޫންތަ އިސްލާމްދީނަށް މަލާމާތްކޮށް ރަސޫލުﷲގެފާނަށް ފުރައްސާރަކުރީ؟ ތިމާ މީހާ އަމިއްލައަށް އިސްލާމްދީނުގެ ޢަދުއްވެއް ކަމަށް ސިފަވެގަތީ ނޫންތަ؟ ފާޑުފާޑުގެ ވާހަކަދައްކައިގެން އިސްލާމްދީނާ ދެކޮޅަށް ކިތަންމެ ވަރަކަށް ރޭވިޔަސް އެންމެ ފަހުން ކާމިޔާބު ލިބޭނީ އިސްލާމްދީނަށް. އިސްލާމްދީނަށް ނަޞްރު ދެއްވާނެ ކަމަށް މާތްﷲ ވަނީ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި. ނަޝީދު ވެސް ތައުބާވެ އިސްލާމްދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރަންވީ. ހުޅަނގުގެ ލާދީނީ ކާފިރު ގޮތްތައް ދޫކޮށްލަންވީ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އޭރުން. ރައްޔިތުންގެ ލޯތްބާއި ތާއީދާއި ވެރިކަން ވެސް ލިބޭނީ އޭރުން.

    53
    1
  3. Anonymous

    އެންމެ ނުރައްކަލީ ޤަދިޔާނީ ފިކުރު !

    35
  4. Anonymous

    އެމްޑީޕީ އަކީ ޤާދިޔާނީ ފިކުރުގެ ބޮޑުންގެ ހޮޅުއަށި !

    41
  5. ސސ

    ރާއްޖެ ބޮޑު އަދޮވަޅަކަށް ވައްޓައިގެން ބޭރުގެ ސިފައިން ގެންނަން ކުޅުނު ކުޅިގަޑެއްތީ ފަންފުލުން ދިޔައީ !

    44
  6. ބޮލުރޮދި ނަސީދު

    އަދި އިތުރު ކޮށްލާ ލާދީނީ އމޑޕ މޑނ ފިކުރު މިގައުމުން މުލުންލުހެ އިންޑިޔާ ހަވާލްކޮށް މިފަސްގަނޑުން މަޑުކަށިގެ އެއްވެސް ޔަހޫދީ ފިކުރުގެ މީހަކަަށް ނޫޅެވޭ ވަރަށް ނައްތާލުމަށް ހައްސަ މސައްކަތްތަކެއް ކުރަންޖެހެ އިސްލާމީ ފިކުރު އަށަގަންނަވަން ބޮދެތި މަސައްކަތެތަކެއް ކުރަން އެބަޖެހޭ މަސީދޫ ކަލެޔަށް އިންޒާރު ދިންމީހެއް އެހެރީ ރައީސް އޮފީސްތެރޭ ނަސިދަށް ޖޯކްޖަހާޓުއިޓާގަގ ބވާ ހަދާ މުނާފިގެއް އުޅޭނެ ބޭރުގެ ކޮންމެވެސް ބަޔަކު އެފަދަ ކަމެއް ކޮއްފާނޭ ބުނި އޭނަޔެއްނު އެކަލޭގެ ހިފާހައްޔަރުކޮއް ތަހުގީގެއް ކުރަންޖެހޭ ފަހަރެއްގަ ކޮންމެވެސް ވަރެއްގެ ދިޔަކޮޅެއް ނިކުމެދާނެެ

    25
  7. ރާއްޖެ

    ދީނީ ހައްދުފަހަނަ އެޅުމާއި ގުޅޭ ކިތައް ގަތުލު ރާއްޖޭގައި ހިނގާފައިވޭތޯ؟ މަސްތުވާ ތަކެއްޗާއި ގޭންގް މާރާމާރީގެ ކިތައް ގަތުލު ހިނގާފައިވޭތޯ؟

    44
    • އަހުމަދު

      ތެދެއް. ޝެއިޚް އަފްރާޝީމްގެ ގަތުލުގެ ތަހުގީގުގެ ކަންތައް ލަސްވެގެން އުޅޭތަން ނުފެނޭ

  8. އާދަމް

    ލާދީނީ ހަރުކަށި ފިކުރު - މިގައުމުގެ ހަލާކު... އަންނި އަކީ ވެސް އޭގެ ފިކުރު ފަތުރާ މީހެއް..

    41
  9. އިންޑިއާ އައުޓް

    ހަރުކައްޓޭ މަޑުކައްޓޭ ކިޔައިގެން މިލާދީނީ ބައިގަނޑު އުޅެނީ މިގައުމުންް އިސްލާމްދީން ފޮހެލަން، ﷲ އިރާދަކުރެއްވިޔާ ތިބައިގަނޑު ބަލިކުރައްވާ މިގައުމުގަ އިސްލާމުންނަށް ބާރުދެއްވާފާށި އާމީން!

    44
    1
  10. ޢަލީ

    100% އެތެރޭގެ ކަމެއް، ފައިސާވެސް ދީގެން ޕްލޭންކޮށް ރ.ނަޝީދު ދާ ތަންތަނުގެ މަޢުލޫމާތު ރަނގަޅަށް އެގޭބަޔަކު ކުރުވިކަމެއް! ޢެމަނިކުފާނު އެއްފަޔާތްކުރެވުނީމާ ފައިދާވާނީ ކޮންބަޔަކަށްތޯ ބަލާ! އަދި ޤަބޫލެއްނުކުރަން މިވަގުތު ދިވެހި ފުލުހުންނަށް މިނިވަންކަމާއެކީ ތިޔަ މައްސަލަ ބެލިފައި އޮންނާނެކަމަށް، އަދި އިތުރަށް ބެލިދާނެކަމަކަށްވެސް...މީ މަގޭ ޚިޔާލަކީ

    14
    6
  11. ގަައުމު

    ހަރުކަށި ފިކުރުގެ ލީޑަރަކީކަލޭ މިގައުމުގަހުރި އެއްމެބޮޑު ހަރުކަށިމީހަކީ ހަރުކަށި އަދިރިދައުލަތުގެ ރައީސް އެއީ ހަމަކަލޭ މިއީއެންމެންދަންނަ ހަގީގަތެއް. ތިބުނާހަރުކަށި އެންމެން ތާއީދުކުރަނީވެސް ހަމަ ކަލެޔައް. ހަރުކަށި ފިކުރު މިގައުމުގަފަތުރަނީވެސް ހަމަ ކަލޭ. ޞަޔަކު ރުޅިނާރުވާ ކަލޭގެ ލޮލަކައް ނިންޖެއްނާންނާނެ. ތީ މިހާރު އަހަރެމެންކައިރީގަ ވެލިފުކަކައްވުރެ އަގުދައްއެއްޗެއް.

    31
  12. ޑިފެންސް

    ޑިފެންސް އިސްތިއުފަަަ

    23
  13. ގަައުމުގެ

    ހަރުކަށި ފިކުރުގެ ލީޑަރަކީކަލޭ މިގައުމުގަހުރި އެއްމެބޮޑު ހަރުކަށިމީހަކީ ހަރުކަށި އަދިރިދައުލަތުގެ ރައީސް އެއީ ހަމަކަލޭ މިއީއެންމެންދަންނަ ހަގީގަތެއް. ތިބުނާހަރުކަށި އެންމެން ތާއީދުކުރަނީވެސް ހަމަ ކަލެޔައް. ހަރުކަށި ފިކުރު މިގައުމުގަފަތުރަނީވެސް ހަމަ ކަލޭ. ބަޔަކު ރުޅިނާރުވާ ކަލޭގެ ލޮލަކައް ނިންޖެއްނާންނާނެ. ތީ މިހާރު އަހަރެމެންކައިރީގަ ވެލިފުކަކައްވުރެ އަގުދައްއެއްޗެއް.

    20
  14. ޖުމުހޫރީ މައިދާނުން

    ޥ ރަނގަޅު ވާހަކައެއް. ކުރުސީ ، އުތަމާ އައިއެސް މީ އެންމެ ހަރުކަށި މީހުން.

    24
  15. ގޮލަ

    ގޭންގް މާރާމާރީ އާ ހަރުކަށިފިކުރާ ގުޅުވަންތަ ކުއްލިޔަކައް ތިވާހަކަ ތިގޮވަންފެށީ.

    21
  16. ހުސޭނުބޭ

    ރާއްޖޭގައި ހުރި އެންމެ ހަރުކަށި ފިކުރަކީ ޚުދް ތިމާ މީހާ

    32
    1
  17. ރަން ރީނދޫ

    ލާދީނީ ފިކުރު ނައްތާލާ އިރު މި ކަލޭގެ ވެސް ނެތިދާނެ. ޙަސަން ކުރުސީ

    23
  18. ަައަޗާތަޅާ

    ލާދީނީ ފިކުރު ނައްތާލަން ހަރުކަށި މަސައްކަތްތަކެއް ކުރުން މާ މުހިއްމު.

    26
  19. ތަސް

    ތި ކަންބޮޑުވުމާއެކު ރާއްޖޭގަ ފެތުރިފާވާ މަސްތުވާތަކެތީގެ ވަބާއާމެދު ބަޔާންތައް ނުނެރެނީ ކީއްވެތޯއެވެ؟ އޭގެ ވިހަޔާ އޭގެ ވަޅީގެ ތޫނޫކަމާ ކުރިމަތިލާންޖެހެނީ "ބޭފުޅަކަށް" ނުވީމާތޯއެވެ؟ ނިމިދިޔަ ހަފްތާގަ އެކަނިވެސް ކިތައް ހާދިސާތޯއެވެ؟ ރައްޔިތުން ނުރަކަށް ހުށަހެޅުނު ދުވަސްތައް ގުނާކަށް އަހަރު ދުވަހެއް ނުލިބެއެވެ.

    21
  20. ހަސަން

    "ކަރުކަށި " ފިކުރޭ ކިޔަނީ އޮޅުވަން. އިސްލާމްދީން ނައްތާލަން މީނާ މަސައްކަތްކުރަނީ. މީ ނާއަކީ ކާކުކަން އެމްޑީޕީ މީހުންނަށް ނޭގުނަސް މިހާރު މުސްލިމު ދިވެހިންނަށް އެނގޭ

    28
  21. ކޮރަލް

    ހަމަލާ ދިން ބަޔަކު އަންނި އަށް ހަމަލާ ދިނީ ކީއްވެ ކަން އާއްމުންނަށް ހާމަ ކޮށް ލަން އެބަ ޖެހެ އެވެ.

    21
    1
  22. ކަހުރަބު

    ހަރުކަށި ފިކުރު ނައްތާލުމަށް ކުރަންވީ ކަމަކީ ލާދީނީ ފިކުރު ފެތުރުން ހުއްޓާލަންވީ. އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތަންވީ. މުސްލިމުންގެ ނަމުގައި ތިބެގެން ދީނަށް ފުރައްސާރަ ނުކުރަންވީ.

    26
  23. ނާދިރާ

    އެމްޑީޕީ ނައްތާލީމާ ހަރުކަށި ފިކުރު ނައްތާ ލެވޭނެ. ބަޔަކު ނުކުމެ އެކަން ކުރަންވީ

    26
  24. ދަރަނި ދަންތުރަ

    މި ނަސީދުގެ ކަށިތައް މާ މަޑީބާ އަބަދު ހަރުކަށި ވާހަކަދައްކަނީ މީނަދެކޭ ގޮތުގައި މަހަކު ތިންފުޅި ހުސްނުކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން މިއީ ދިވެހިންނަންޖެހިފައިވާ މުސިކބާތެއް

    28
  25. Anonymous

    އެމްޑީޕީ އަމިއްލަ އަށް އެމްޑީޕީ ނައްތާލާނެ ކަމަކަށް ގަބޫލެއްނުކުރެވޭ. މުޅި ރާއްޖޭގަހުރި އެއްމެ ހައްދުފަހަނަޅަ އަޅާފަހުރި މީހަކީ އައްނި ... ނޯ ޑައުޓް !

  26. ބުއްޅަ ހުއްތު

    ލާދީނީ ފިކުރު ނައްތާލަން ފަރުދީ ގޮތުން މަސައްކަތްކުރަން ޖެހޭ. ލާދީނީ ފިކުރު ކުރިއަރުވަން މަސައްކަތްކުރާ ގިނަ ފަރާތްތަކެއް މި ރާއްޖޭގައި އުޅޭ

  27. ދިވެހި ރައްޔިތުން

    ތިކަމުގެ އެންމެ ބޮޑުފަރުވާއަކީ. ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ހިންގުމަށް ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލިސް އުފައްދަންވީ އަދި އެމަޖިލިސް އުފައްދާ ހިންގުމަށާއި ޕާޓީ އިން ލާދީ ނީ ކިޔާ ޖައްސާފައިވާ ލައްގަޑު ފިލުވާލަން ފައްޔާޒާއި ޕާޓީ ހިންގަން ހަވާލު ކުރުމަށް އެންމެންވެގެން ޗެއާރޕާސަން ކަމަށް ފައްޔާޒް ހޮވަންވީ.

  28. ޥަގުން

    ކަލޭ ދަރި ބުނީ ސިއްކަ އަދި ކެނެރީ އާއިލީ ކަމެކޯ

  29. ސސވ

    ލާދީނީ ފިކުރުތައް ނައްތާލަން ޚާއްސަ މަސައްކަތްތަކެއް އަދި މާގިނައިން ކުރަން އެބަޖެހޭ. މިހެން ތިބެގެނެއް މިކަމެއް ނުވާނެ.

  30. Anonymous

    ލާދީނީ ފިކުރު މުލުން ލުހެލާނަން.

  31. ލީލީ

    ލާދީނީ ހަރުކަށި މީހުން ފުރަތަމަ

  32. ރާއްޖެތެރެ

    ރައްޖެއައް މިހާރު ކުރިމަތިވާ އެމްމެ ބޮނޑު ނުރައްކަލަކީ އިންޑިޔާ ރައްޖޭގެ ކަންކަމާ ބެހެން ފުރުސަތު ދިނުން. އެމްޑީޕީ އިސްސަފުގަ ތިބި މީހުންގެ މަކަރުވެރި ރޭވުމުގެ ދަޝުން ރައްޖެ ފުނޑާލަލީ

  33. ރާއްޖެތެރެ

    އެމްޑީޕީން ބޭރުކޮއްލަން ޖެހޭމީހުން ބޭރުކޮއްލައިގެން ނޫނީ އެމްޑީޕީ ސަޕޯޓެއް ރައްޔިތުން ނުކުރާނެ. އައު ލީޑަޝިޕެއް ބޭނުން

  34. އައްޑޫ ހިތަދޫ

    ރައްޖެ ހިފަން އިންޑިޔާއަ ދައުވަތުދިނީ ނަޝީދު. މިކަން އިންޑިޔާއަ ކުރަން ނުކެރުނީ ޗައިނަގެ އިންޒާރައް އިންޑިޔާ ބިރުގަތީ

  35. ޖަމާލު

    ކުރުސީގެ ނަމުގައި ފަތުރަމުންދަނީ ކޮންކަހަލަ ފިކުރެއްތޯ. މޑޕ އިން އުފައްދާފައިވާ މޑނ އާ އުތެމާ އިން ފަތުރަމުން ދަނީ ކޮންކަހަލަ ފިކުރެއްތޯ. މުސްލިމުންގެ ތެރޭގައި ފަނާކުރަނިވި ފިކުރު ފަތުރަމުން ދަނީ މޑޕ އިން ނޫންތޯ. ޔާމީނު މަރަން ދިން ހަމަލާ އަކީ އެއީ ހަމަލާއެއް ނޫންތޯ. މިރާއްޖޭގައި ރަތްޔިތުން ގެ އެތައްބަޔަކު ތޫނު އެއްޗެހިންނާ އެކި ގޮތްގޮތަށް ހަމަލާދީ މަރާފައި ވާރިރު އެއީ ހަމަލާތަކަކައް ނުވަނީތޯ އެއީ އެއްވެސް ކަމަކަށް ނުވަނީތޯ. މޑޕ އަކީ އަމިއްލަ އެދުމުން ފުރިފައިވާ ހިންދޫ ފިކުރާ ޔަހޫދީ ފިކުރުގެ ބައެއް. ތިމާމެން ނޫން އެހެން މީހުންނަކަކީ ޖަނަވާރުން ގޮތުގައި ދެކޭ ބައެއް. އެހެން ބައެއްގެ ހައްގެއް އޮތްކަމަކަށް ދެކޭ ބައެއްނޫން.

  36. މުހައްމަދު ނިޡާމް

    ގޭންގް ތަކާއި މަސްތުވާތަކެތި ނައްތާލަން ހާއްސަ މަސައްކަތްތަކެށް ކުރަން ޖެހޭ

  37. Anonymous

    ހަރުކަށި ފިކުރެއް ނޫން ނައްތާލަންވީކީ. ނައްތާލަންވީ އެމްޑީޕީގެ ލާދީނީ ފިކުރު. އޭރުން ގައުމަށް ހަމަޖެހުން އަންނާނީ.

  38. މުޙައްމަދު

    ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަކީ ހަރުކަށި ފިކުރުކަމަށް ވާނަމަ މައެފިކުރަށް ތާއީދު!!

  39. އަނަސު

    އަމިއްލައަށް ނެތިދާންތޯ ތިގޮވާލަނީ

  40. މަންތިރި

    އެމްޑީޕީ ގައި ތިބީ މުޅިންވެސް ހަރުކަށި ފިކުރުގެ މީހުން! ދައުލަތުގެ މުދަލުގައި ހުޅުޖެހީވެސް އެމީހުން ހަރުކަށި ފިކުރުވީމަ