ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު އެންމެ އެކަށިގެންވާ ސްޕީޑެއްގައި ކުރިޔަށް ނުދިޔުމުގެ ސަބަބުން އެމަނިކުފާނު އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ކުޑަވަރެއްގެ ޖަލެއްގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް އެއް އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސް ދިން ޕްރޮގްރާމެއްގައި އީވާ ވިދާޅުވީ އެ ހަމަލާއަށް ފަހު ނަޝީދު އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ވަށައިގެން ހައެއްކަ ކާރާއެކުގައި ކަމަށެވެ. އަދި ދިރިއުޅުއްވަނީ ޖަލެއްހެން ހަދާފައިވާ ގެއެއްގައި ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އެގޮތަށް ޖަލަކަށް ލައިގެން އުޅުމަކީ ބަޔަކު އެދޭ ގޮތްތޯ ވެސް އީވާ ވަނީ ސުވާލު އުފައްދަވާފައެވެ.

އީވާ ވިދާޅުވީ ނަޝީދު އެގޮތަށް އުޅުއްވަން ޖެހިވަޑައިގަތުމަކީ އިންސާފެއް ނޫން ކަމަށާއި މި ހަމަލާގެ ފަހަތުގައި ތިބި އެންމެން ނުހޯދޭ ނަމަ ނަޝީދަށް އޮތް ނުރައްކާ ފިލައިގެން ނުދާނެ ކަމަށެވެ.

"ރައީސް ނަޝީދު ކުޑަވަރެއްގެ ޖަލަކަށް ލައިގެން ގެންގުޅުން އެއީ ބަޔަކު ބޭނުންވާ ގޮތްތޯ. އެހެން ނޫން ނަމަ ފުލުހުންނަށް ވެސް ބާރު އަޅާނެ މިއަށް ވުރެ ރަނގަޅަށް މިކަން ކުރަން. މިއަށް ވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރަން" އީވާ ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުން ސަރުކާޜުން ވަނީ ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާކޮށް، ގެކޮޅުތައް ހަމަޖައްސައި ދީފައެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ހަމަޖައްސާފައި ވަނީ މ. މުރައިދޫގެއެވެ. އެ ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގައެވެ.

މުރައިދޫ ގެއަކީ ވަގުތީ ގޮތުން ނަޝީދަށް ހަމަޖައްސައި ދިން ގެކޮޅެކެވެ.

ވަގުތީ ގޮތުން މި ތަންތަން ހަމަޖެއްސިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ދާއިމީ ގެކޮޅެއް ހަމަޖައްސައިއިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެއެވެ.

ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ވެގެންދިޔަ އިރު އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދެވިފައި ނުވާކަމަށާއި އިންސާފު ގާއިމްވެފައި ނުވާ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގަލޮޅު ނީލޯފަރު ހިނގުމުގައި ހުންނަ ނަޝީދުގެ އާއިލީ ގެކޮޅުން ނުކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެތަނުގައި ޕާކުކޮށްފައިހުރި ސައިކަލެއްގައި ހަރުކޮށްގެން ގޮއްވާލި ނުރައްކާތެރި ބޮމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ނަމަވެސް ހަމަލާއަށް އަހަރެއް ވެގެންދިޔައިރު މިހާތަނަށް ހަމަލާއަށް ހަރަދުކުރި މީހުން ދެނެގަނެވިފައި ނުވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގަބޫލުކުރައްވައެވެ.
އެގޮތުން ހަމަލާގައި ސީދާގޮތުން ހަރަކާތްތެރިވި ކަމަށް ފެންނަން އޮތް މީހުންގެ މައްޗަށް ދައުވާ ކުރި ނަމަވެސް ހަގީގީ ނުރައްކާ އޮތީ މިކަން ރާވާ، ހަރަދު ކުރި މީހުންގެ ފަރާތުން ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ޘަރީ

    ހަހަހަހ

    25
    • މުރާދޫ

      މިޙާރު މުރާދޫގެވެސް ކުޑަވީ ކިހާވަރެއްގެ ޖާގަޔެއްތަ އޭނަ ބޭނުންވަނީ މާލޭން މީހުންފާބާފަ އޭނަ އެކަނިން އުޅެންދޭންވީނު އިންޝާﷲ ވަރަށް އަވަހަށް އޭނަ ހުރަގެޔަށް ދާންޖެހޭނެ މިގައުމު އިންޑިޔަ ޔަށް ވިއްކަލާ ޖީ އމރ އަށް އެއާޕޯޓް ވިއްކާލާގެން ލިބުނު 47މ ޑޮލަރުގެ ވައްކަމާ ޓެރަރިޒަމްގެ 12 އަހަރުގެ ޖަލުގެ ކުޑަގޮޅިވެސް އެބައޮތް ކުރިޔަށް އިސްލާމްދީނށް ފުރައްސާރަކުރި އަދަބުވެސް އިންސާފު އަރާ ހަަކުރާނެ ކައްވަޅު ވާނީ 2ފ 6ފ 4ފ ގެ އެކަނިވެރި އަދިރިތަންވެއް އޭނަޔާވެސް އަރާހަމަކުރާނެ

      76
      1
  2. އަހުމަދު

    ލާދީނީ ނަޝީދަށް ދޭ ހިދުމަތް މަދީތަ؟ ދުވަހަކަށް 30000 ހޭދަކޮށް ޖެންގަ ހުރެ، 10 މިލިއަނަށް މުރައިދޫގެ ހަދާ، އެތަނުގެ ހަރަދަށް ކޮންމެ މަހަކު އެތައް ހާހެއް އަރާ، އޭނާގެ ކާރު ވަށައިގެން ދުވާނެމީހުން ބަހައްޓާ، އެކާރު ނީލޯފަރު ހިނގުމަށް ވަނީތީވެ މަޖީދީމަގުގެ އެހިސާބުގަނޑު އެއްކޮއްވެސް ބަންދުކޮށް ހެދި. މައުމޫނުގެ އެންމެ ބާރުގަދަ ދުވަސްވަރު ވެސް މިކަހަލަ ކަމެއް ނުދެކެން

    103
    1
  3. ގައުމީ

    ތިވަރުގެ ޖަލެއް މަވެސްބޭނުން

    70
    • ހާލު

      އަންނި އެއީކަކު މިގައުމަށް އިސްލާމްދީނަށް ކުރި ހިދުމތެއް ނެއް މިތަނުގެ އިޖުތިމައި ފޭރާންވީދާ މިގައުމު ބާއި ބާކުރި ގައްދާރެއްތީ ކޮބާ ދީނީ އިލްމުވެރިޔާ ޑރ އަފްރާސިމްގެ ގާތިލުން އަދިވެސް ނޮހޯދޭ ޑރ އަފްރާސިމާ އަޅާބަލައިރު ނަސިދަކީ ކާކު ތާވަޅެއް އެއީ ރައްޔިތުންގެ ޓެކުސް ފައިސާއިން އެތަސް މިލިޔަން ރުފިޔާއެއް އޭގެނަމަށްޗަށް ހަރަދު ކުރަމުންދަނީ ކޮންތާކު އޮތް ގާނޫނަކުން މިގައުމުގާ ރ މަޖިލީހުގަ އޭނަ އެކަނިތަ ރައީސް ކަންކުރީ އެންމެ 900 ވޯޓް ލިބިގެން މަޖިލިހަށް ހޮވިފަ ހުރި ބެކާރު މިހެއް ތީ އޭނޔަށް މަބޮޑު އެތަން ކުޑަ ގޮޅިޔެއްހަދަފަ ލާފަ ބަހައްޓާ އޭރަށް ބަލަހައްޓަންވެސް ފަސޭހަ ވަނެނު ސަރުކަރަށްވެސް ސެކިއުރިޓީ އަށްވެސް ްް

  4. ހުސޭނުބޭ

    ތި މީހަކާހުރެ މުޅި މާލޭގައި ރަތްރޮގު ދަމާ މިހާރު ރައްޔިތުން މި އުޅެންޖެހެނީ ބޮޑު މުސީބާތެއްގައި.

    93
    1
  5. އަހްމަދު

    އޭރުއަޑުތައް އިވުނުގޮތުން ހަމަލާންދޭންވެސް އަދިތަހުގީގުރަންވެސް މިތިބީއެއްބައެއްދޯ ދެންއޭގެ ސްޕީޑައްވާނެގޮތް ވިސްނާ

    39
    5
  6. ލޮލް

    ތިޔަ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކެންޕޭނު ކުރާއިރު އެނގޭނެ އެހުރެވެނީ ޖަލެއްގައި ނޫންކަން. ރައްޔިތުންގެ ކުރިމަތީގައި ތިމާއަށް އޮތް ތާއީދު ގެއްލޭތަން ފެނުނީމާ މިއުޅެނީ ހަމްދަރުދީ ހޯދަން ޑުރާމާކުޅެން. ސިޔާސީންނަށް ކަނުލޮލެއް ދިނުމުގެ ބަދަލުގައި ރައްޔިތުން އެބަޖެހޭ ހަގީގަތް ހޯދާ ހައްގަށް ރުޖޫއަވާން. އެނޫންގޮތަކަށް ގައުމަށް އަމާންކަމެއް ނެތް.

    70
  7. ސަހިންދާ

    !!!މިހާރު ހިނގާ ޚަރަދު ތަކަށް ވުރެ ޚަރަދު ކުޑަވެފަ ކުޑަވނެ މީނަގެ ލަންޑަނު ޕާޓު ހާޑިންހަމް ކައިރީ ގަ ބެހެއްޓިޔަސް....

    62
  8. އަލީ ސާލިހް

    ޖަލުގައި ނޫޅެން ކުރިންވެސް ގޮސް އުޅުނީ ޔޫކޭގައި. މިހާރު ވެސް އެގޮތް އޮންނާނެތަ

    67
  9. ލާދީނީ

    ވޯޓަށް ކައިރިވީމަ ތިކަހަލަ ފޭކް ގޭމް ޖެއްސުމަކީ އެމްޑީޕީގެ އާދައެއް. ތިމީހުންތި ތިބެނީ ނުކައި ވަންނާނެ ތަނެއްނެތި ދެތިންހާސް ރުފިޔާގެ ވަޒީފާގަވިއްޔަ. ވަރަށް ހާލުގައުޅޭނީ މިވަގުތު. ހޮވުނީ ދެންވާނުވާ ނޭނގޭނެ. ބަރުލަމާނީ މިގައުމަށް ބޭނުންނުވަނީ ތިކަހަލަ މީޙުން 5 އަހަރުން ނަމަވެސް ސައިޒުކުރަން.

    55
  10. ރަން ރީނދޫ

    ޔާމީނު މަރާލަން ޓެރަރިސްޓް ހަމަލާ ދިންމީހާ، މިހުންނަނީ ސަރުކާރުގެ ހިމާޔަތުގައި ގޭގައި. މި ސަރުކާރު ވެސް އަބަދަކު ނޯންނާނެ. ދެން އަންނަ ސަރުކާރަކުން،އަންނިއަށް ހަމަލަދިން މީހުން ދޫކޮއްލައިފިއްޔާ ކިހިނެއް ވާނެ.

    50
    1
  11. ޖަމަލުފޮޑި

    ދިވެހިން ދިރި މިއުޅެނީ ކޮންތާކުތޯ ފެންނުވަރާ މަންޖެ ކައިރީ އަހާލަބަލަ.

    52
  12. ގާނިމް

    ޖަލަކީ ކެނެރީގެތަ؟ އެމަގު ބަންދުކޮށް ސިގްނަލް ޖޭމް ކުރާ ވެހިކަލް އަބަދު އެތާ އޮވޭ. ރައްޔިތުންނަށް ހާދަ ނުހޮރޮއްޕާނެއް ޖައްސައޭ. މުރާދޫ ގަނޑުވަރު ހަމަޖައްސާ ސެކިއުރިޓީ މަތިމައަޗަށް އެޅޭމަވެސް މާލިމީ ގެނެސް ފުޅިފުޅީގައި ސަރާބު ބޮއި ސަކަރާތް ޖަހަން ކެނެރީގެއަށް

    52
    1
  13. ަައިބޫ

    މިދެން ކިހާ ބޮޑު ނުފޮރުއްޕާނެއްތަ، މިނޫން މީހަކު ރާއްޖޭގައި ނެތީތަ.

    57
  14. ރައްޔިތުސޮރު

    އީވާ މަޖިލީސްގެ ނައިބު ރައީސަކަށްހުރެ ބޭބެ މަޖިލިސްގެ ރައީސަކަށްހުރެ ބެސްޓްބަޑީ ޤަޢުމުގެ ރައީސަކަށްހުރެ ހުރިހާ މުއައްސަސާތަށް ތިމީހުންގެ ބާރުގެ ދަށުގަ އޮތްއިރު ޤަޢުމު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ނުކުޅެދުމަކީ އީވާމެންގެ ފެއިލިއަރ. އެއީ ރައްޔިތުންގެ މައްސަލައެއްނޫން. ކަލޭމެން ވެރިކަމަށް އަންނަންކެނޑި ފޮނިތަކަށް އިތުބާރުކޮށްފަ ރައްޔިތުން ވޯޓުދިނީ.

    62
  15. ޥިލު

    ތިޔަ މީހަކާއި ހެދި މިޤައުމު މިވަނީ މުޅިން ފަސާދަ ކޮއްފައި، މިތަނުން ބޭރުކޮއްލެވޭނެ ގޮތެއް ހެދުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލަން

  16. ޖުވޭރިޔާ

    ތިއުޅެނީ ތިމީހަކުގޮވައިގެން ގޭގެއަގޮސް ހުނިގާނާ ކުނިކަހުވާ މޮޕްނުލެވިގެން އިންޗިއަށް ޕަކާސް

  17. Anonymous

    ސެކިއުރިޓީ ހަމަޖައަސަން ދިޔަ ވަގުތު ގޮވީ ރައީސް ނަޝީދަށް ލިބެންޖެހޭ ރައްކާތެރިކަމެއް ފޯރުކޮށެއް ނުދެއޭ. މިހާރު ރައީސުލް ޖުމުހޫރިއްޔާ އަށ ނުދޭވަރުގެ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތަތެރިކަން ފޯރުކޮށްދިނީމަ މިބުނަނީ ރައީސް ނަޝީދު އުޅެނޖެހިފައި ވަނީ ޖަލެއްގައޭ. ބަލަ ހަމދަރުދީ ހޯދަން ވެގެން އޮޅުވާލިއަސް ތިޔައީދެން ބޮޑުވަރެއް. އެހެން ނޫނަސް ދައުލަތުގެ 3 ބާރުގެ ވެރިންނަކީ ސަލާމަތީ ޚިދްމަތްތަކުން ޤާނޫނީގޮތުން ފޯރުކޮށްދޭ ސަލާމަތީ ކަންކަމާއި އެެގޮތަށް ރައްކާތެރިކަންމަތީ އުޅެންޖެހޭ ބައެއް. ޢެމީހުންނަކަށް ކޮންމެ ވަގުތަކު ގޮސް ޕީޓްރަލް ހޮޓަލުގައި ނޫނީ ބައްޗު ހޮޓަލުގަ ކަޅުސަޔާއި ހެދިކާ ކާކަށް ނުތިބެވޭނެ ނުވަތަ ކަންކަން މަތީގަ ރާޒުވާ ކުޅޭ މީހުންނާއި އެކީ ރާޒުވާކުޅެކަށް ވެސް ނުތިބެވޭނެ. ޢެއީ ޖަލެއްގައި އުޅުން ކަމަށް ވާނަމަ ތިޔަ މަޤާމުތަކާއި އިއްޒަތާއި ޝަރަފާއި ސެކިއުރިޓީ ދޫކޮށފައި ޢާއްމު ރައްޔިތެއްގެ ގޮތުގައި ނުކުމޭ. ޢެއިރުން ޓިބުނާ ޖަލުނއ ނުކުމެ މަގުމަތީގައި ފައިވާންޑޯދު އަތައްލައިގެން އަނެއްކާ އަނެއްފަހަރު ދުވުނަސް ފުލުހުނާއި ސިފައިން އަޅައެއްނުލާނެ ޤާނޫނާއި ޚިލާފުވެއްޖެއްޔާ ހައްރުކުރާނެ އަސްލު ޖަލައްވެސް ލާނެ. މޮޅުވާކަހަ ނުދައްކާ !

  18. ހަސަދު

    ދިވެހިންނަށް ޓަކައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ވަނީ މިހެންބާ!!/ މުހައްމަދު އަމީން ލަންޓަނުގައި އަޅުގައި ބަދަ ބިންދާލީ، ނާސިރަށް ނޮގޮވާ ހަޑި ހުތުރު އެއްވެއް ނެތް. އަދިވެސް... ދިވެހިން އަލިއްލަ އެދުން ދޫކޮށް ތަރައްގީ ވާންވެއްޖެ.

    • ތެޔޮބެ

      އެއީ ދިވެހިންނަށް ޓަކާ ޖަނބުރޯލު ބިންނަން ކުންނާރު ގަހަށް ފައިވާން އުކުން ތަ 🙄

  19. ފަރީ

    މި އަންހެނާ މީ މި ވެރިކަމުގަ ހިންގާ ނިޕޮޓިޒަމް ޖަރީމާގެ ގެ ރަމުޒު. ޗެއަރޕަރަސަން އިންތިހާބ ކައިރި ވާވަރަކަށް ތި ޖަހާ ބުރާތި ރާގު ގެ އަޑު ގަދަވާނެ....ތިޔަކަށް އަޅާލާނެ އެމްޑީޕީ މެންބަރެއްވެސް ރައްޔިތެއްވެސް ނެތް.
    ތިޒާތުގެ ޖަލެއްގައި ބަންދުވެގެން ތިބުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ އުންމީދު. ޢެއީ ތި ޖަލުގެ އަގު ބޮޑުކަމާ، ފެންވަރު މަތިކަމާ، 7 ސްޓަރ ހޮޓާވެސް ތި ޖަލަށްވުރެ ފެންވަރު ދަށްވުމާއި، ކެއުމިގެ މޮޅުކަމާއި ސެކިއިރުޓީ ވަރުގަދަކަމާއި ތިޖަލަށް މުޅި ބަޖެޓް ހުޅުވާލެވިފައި އޮތުން.
    އަދި މިހުރިހާ ޖަރީމާތަކަކަށް ދައުވާވެސް ކުރެވޭނެ!!! ކ

  20. ދ

    ދައުލަތުގެ އާމްދަނީގެ ތިންބައިކުޅަ ދެބައި އޭނާގެ ކަ ްކަމަށް
    ޚަ ރަދު ކުރ ރަން ފެނޭ އެހާވެސް "މުހިއްމު" މީހެއް

  21. ޙަނދުކޭތަ

    މި ހަރޯދަވެސް އަހަރެމެން ހިފިއްޔާ ދީބަލަ ކޮންފަދަ މުސީބާތެއްތަ މިއޮތީ މިބައިގަނޑަކާހުރެ

  22. ހަމީދް

    އަނެއްހެންބުނަންޔާ ނަޝީދައް ވެރިކަންދޭށޭ ދޯ ތިބުނަނީ!

  23. އިންޑިއާއައުޓް

    އިންޑިއާއައުޓް

  24. އަިޮލ

    ނަޝީދު އައް ވަކިން ރަށެއް ދިނުން ބުއްދިވެރި، ރައްކާތެރިކަން ކަށަވަރުކުރަން، 24/7 ސެކިއުރިޓީ އާއެއްކޮށް.
    ރައްޔިތުން ވެސް މިކަމައް ތާއީދު..

    5
    1
  25. ރައް

    ދިވެހިން ހަމަ މިހާ ވެސް ގަޅީތަ މި ބީތާއިން ދައްކާ ވާހަކަ ގަބޫލުކުރަން.. ހަހަހަ ލޮލް

  26. ފަންޑަމެންޓަލިސްޓް

    އަހަރުމެންނާއި އަހަރުމެންގެ ދަރިންވެސް އުޅެންޖެހިފަ މިވަނީ ކުޑަވަރެއްގެ ޖަލެއްގަ. ކުއްޖެއްގެ ގަޔަށް ވަޅިއެއް ނުޖަހާ ދުވަހެއް މަދު. ކުއްޖަކު ފަޅާނުލާ ނުވަހެއް މަދު. ވައްކަމެއް ފޭރުމެއް ނުހިނގާ މިނިޓެއް މަދު. އީވާމެން މަޖިލިސްގަ ތިބެގެން އަހަރުމެންނަށް ދެވޭ ރައްކާތެރިކަމަކީ ކޮބައިތޯ؟ ގައުމު މިނޫން ރަނގަޅު ޙާލަތަކަށް ގެންގޮސް ދެވުނުތޯ؟ ނަޝީދަކަސް އެހެންމީހަކަސް މިޤައުމުގަ އޮތް ތްރެޓެއް އަހަރުމެން އެންމެންނަށްވެސް އެބައޮތް. އަހަރުމެންގެ ދަރިންނަށްވެސް އެބައޮތް. އެކަންކަން ޙައްލުކުރުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ދެމަޤާމުގަ ތިޔަ ތިއްބެވީ ތިޔަ ދެބޭފުޅުން. ދެން އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަ މިޤައުމު އަމާންތަނަކަށް ހެދުމަށް ތިމަންނަމެންނަށް ކުރެވެނީ ކޮންކަމެއްތޯ؟

  27. މަރީނާތު

    ތިޔަ ނަޝީދަކާ ހުރެ ރައްޔިތުންނަށް ޖެހެނީ ނުހުރޮއްޕާން.

  28. ެޏ.ޜ

    މީހުން އޮޅުވާލާ މަކަރު ހަދާމީހުން އުޅެންޖެހޭނީ މިގޮތަށް.

  29. ވަހުތާން

    މިހާރު އޭނާ އެއުޅެނީ ސުވަރުގޭގައި. ހިތަށްއެރިހާކަމެއްކޮށް ހިތަށް އެރިހާ އެއްޗެއް މީހުނާދިމާލަށްގޮވާ އޭނާ ބޭނުންވާހާ ގޮތަކަށް. އެކަމަކު އިސްލާމްދީނަށާއި ކީރިތިރަސޫލާއަށް ފުރައްސާރަކޮށް ޖޯކުޖަހާ އުޅުމުގެ ސަބަބުން އާޚިރަތްދުވަހުގައި އޭނާ ވަންނަންޖެހޭ ތަނަކީ ނަރަކަ އަށްކަމުގައި ވެދާނެތީ އީވާ ކަންބޮޑު ނުވަނީ ތިމާ އަކީވެސް ލާދީނީ، އައުރަ ނިވާނުވާގޮތަށް ހެދުން އަޅާ މީހަކަށްވާތީތޯ؟

  30. Anonymous

    ކަލެއާ ކަލެޭބޭބެ އާއި އުއްތަމަ ފަޑިޔާރުނުޫ އެހެންމީހުން ކަޑއައް ފައިބަންވީނުން

  31. އަންމަޑޭ

    މިހާރު މިއޮތީ އެންމެން ގެ ހިތުގާ އެމް.ޑީ.ޕީއާ މެދު ނަފުރަތު އެއީ ކަލޭމެންގެ އަސްލު އެނގުމުން ވީގޮތް ކަލޭމެންނެއް ދުވަހަކުވެސް ރަގަޅެއް ނުވާނެ ، ތިލަފަތް ދައްކައިގެން ކުރިކަމަކީ މީހުންގެ އިޙްސާސްތަކާ ކުޅުނީ ކަލޭމެންނަށް ތިވީގޮތް އަމިއްލައަށް ވިސްނާ ފިކުރުކުރޭ

  32. ޙަސަން

    ހަމަ ބޮޑު ޖަލަކައް ލާންވީ. މުސީބާތެކޭ އެއީ ގައުމައްޖެހިފަ އޮތްް

  33. މާހިރު

    އެމަނިކުފާނު ޖަލެއްގައި ބެހެއްޓުން ހައްގެވެ. ވާހަކައެއް ދައްކަންޏާ ކިޔޭނުކިޔޭއެއް ނޭނގި މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދޭގޮތަށް އެމަނިކުފާނު އެތައްވާހަކައެއް ދައްކަވައެވެ. މިނިވަންކަމަކީ އެމީހަކު ހިތައް އައިހާ އެއްޗެއް ބުނެ ހިތުހުރިގޮތަކަށް އުޅުންކަމަށް ދެކޭނަކަ މިނިވަންކަން އެހެރީ ފިސާރި ރަނގަޅަށް ދަސްވެފައެވެ.

  34. ނާދިރާ

    ތިޔަ ކުޑަޖަލު ބައްހައްޓަންވީ ޔޫކްރޭންގެ ނިއުކްލިއަރ ޕްލާންޓްތަކުގެ އެތެރޭގައި. އެތަން ވަރަށް ތަނަވަސްކަމަށް މޯޑީ ނުބުނޭތަ

  35. ޥާނުވާ

    މި މުޑުދާރު އަންހެނޭއަށް ދެކެވޭ ނުދެކެވޭ ވާހަކައެއްވެސް ނޭގެ. ތިޔަ ދޫ ދެއްވީ ކޮންފަރާތަކުން ކަން ކުޑަކުދިންނަށްވެސް އިނގޭނެ.

  36. ހައްގުބަސް

    ކަލޭ ނަޝީދު ލައިގެން އޅނ ވީނު، ރައްޔިތުންގެ މާލިއްޔަތުން ބޮޑުބައެއް ހޭދަކުރަނީ ކެނަރީގޭ ބުއްޅަބެއް، މިވަރުންވެސް ނުފުދެނީތަ ތިދާތަޔަށް،

  37. މަންޖެ

    މަންޖޭ ތިޔަށްވުރެ މާހާލުގައި މީހުން ދިރިއެބައުޅޭ، އެމީހުންނަށް ތިހާ ހަމްދަރުދީ ނުވަނީ ކީއްވެތޯ؟

  38. ކުރި

    އީވާ ވެސް ދެން ލަދު ގަންނަން ޖެހޭ ދޯ. މިހާރު ދެން ފުކެއް ބޮޑުވަރު. މިކަހަލަ ޖަލު ރައްޔިތުންނަށް ހަދާފަ ސަރުކާރުން ޚަރަދު ކުރަން ފެނޭ. ކޮންމެ މީހަކަށް އަންނި އުޅޭކަހަލަ ޖަލެއް. މިޝިޔާރު ފާލުކުރން ވީ. ކޮންމެ މީހަކަށް އަންނި އުޅޭކަހަލަ ޖަލެއް. ހަހަހަހަ

  39. ރޮގޭ ރޮޒޭ

    އާނ. ޖަލެއްގަ ނު އެ އުޅެނީ. ރަތް ރޮނގު ދަމައިގެން. އެ އަކާހުރެ ރައްޔިތުންނަށް ދުއްތުރާލެއް އެއީ. އެއް ޖަލުން އަނެއް ޖަލަށް ލީމަ އެ މަގު ވެސް ބަންދު. 🙄 މީހަކު ކިއްްކުރަން މީހަކު ޖަހާ ފޮޑިގެ ވަސް ވެސް އެވަގުތަށް ބަންދު. އެފަދަ އަނިޔާ ނުދެއްވާ 👄

  40. ގެދަބުޅި

    އަސްލު ތިޔައީ 13 އަހަރު ޖަލަށް ޙުކުމްކޮށްފައި ހުރި މިހެއް. ހުންނަންވާނީ ހަމަ ޖަލުގަ. އީވާމެން ނޫންކަމަށް ހެދިޔަސް އަހަރެމެން މިތިބީ ހޭލާ.