ވަފާތެރިކަމާއެކު ލޯބިވާ ގައުމަށްޓަކައި ތެދުވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން އެގޮތަށް ގޮވާލާފައިވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އެމަނިކުފާނު ވަނީ އިންޑިއާ ސިފައިން ދިވެހި ޤައުމުން ފޭބުމަށް ގޮވާލައްވާފައެވެ. އަދި ވަފާތެރިކަމާއި އެކު ހިދުމަތް ކުރަމުން އަންނަ ދިވެހި ޤައުމުގެ ހައްޤުގައި ތެދުވުމަށް ރައީސް ޔާމީން ގޮވާލެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ލޯބިވާ ގައުމަށްވީ ވައުދު އާ ކުރަން ޖެހޭ ކަމަށެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ރައީސް ޔާމީން ޓުވިޓާ ބޭނުން ކުރައްވަން ފައްޓަވާފައިރު، މިހާރު ކޮންމެ ދުވަހަކު ވެސް ރައީސް ޔާމީން ގެންދަވަނީ ޓުވީޓް ކުރައްވަމުންނެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ރައީސް ޔާމީން ޖަލުން މިނިވަން ވުމާއި އެކީ އިތުރަށް ފުޅާ ކޮށްފައިވާއިރު، އެހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ހަރަކާތަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ގަރާރަކުން ކަނޑައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަލްޖިބްރާ

    ޤައުމު ދިރުވާލަން ކުރެވުނު ހުރިހާ މަސައްކަތެއްކޮށް އެކީގައި ދިރުވާނުލެވުނު މީހަކު ތިކަހަލަ ވާހަކަ ގޮވީމާ ބޮޑަށް ޤަބޫލު ކުރެވެނީ ކަލޭގެ ސިކުޑި ހަމަ ނުޖެހޭ ހެން !

  2. ޢަހޫ

    ޥަފާތެރިކަމަކީ ވައްކަންތީ.

  3. ރާއްޖެތެރެ

    ރައްޖެ މިދަނީ ވަރައް ނުރައްކާ ދިމާލަކަ. އިންޑިޔާގެ ހުރިހާ އެގްރިމަންޓުތައް ސިއްރުކޮއްގެން ހިންގާ ޖަރީމާ ހުއްޓުވަން ދިވެހިން ނިކުންނަން ޖެހޭ.

  4. ރާއްޖެތެރެ

    އިންޑިޔާ އައުޓް ދިވެހިންނަ އެގޭ މީގެ ހުރި ނުރައްކާކަން ދިވެހިން ބޭނުންވަނީ އިންޑިޔާ ބޭރުކޮއްލަން

    41
    10
    • ޢަހޫތަ

      ޢަހަރެމެންބޭނުން ވަގުންވެ ސް ބޭރުކުރަން

  5. ދެސަކަނިސް

    ވަފާތެެރިކަން ފެންނަނީ މަނިކުފާނުގެ ބޭންކް އެކައުންޓް ތަކުންނާ 15 ބުރީގެ ގެޔަށް ބަލާލީމަ ތިއުޅެނީ ހަމަ ޖަލުހުކުމެއް އައުމުގެ ކުރިން ވެރިކަން ވައްޓާލާނެ މަގެއް ހޯދަން ދެވަނަ އެއްވެސް ވިސްނުމެއް ތިކެމްޕޭނަކު ނެތް

  6. ލޮލް

    ތީ ވަފާތެރިއެއްތަ؟ ނޫނީ ކެހިވެރިއެއްތަ؟

  7. ދެން

    ވައްކަމާ ފަސާދައަށް ތޯ؟ ބެގް ބޮރޯ ސްޓީލްތޯ؟

  8. Okay 123

    ބޮޑު ވަގު އައުޓް!

  9. Anonymous

    އިންޑިއާ އައުޓް

  10. ވަފާތެރިކަން

    ވަފާތެރިވެވޭނީ ކޮރަޕްސަން އާއި ދުރުވެވިގެން. އެކަން ވާނެބާ؟

  11. މުއިއްޒު ފެކްޝަން

    ތީ ބޮޑު ވަގެއް. އަންނިއާ ޔާމީނު މިޤަޢުމަކަށް ބޭނުމެއްނޫން

    1
    1
  12. ހުވަދޫ އަތޮޅު

    ކަލޭ ދޯ ކަލޭތީ ވައްކަންކުރުމުގަ ހައްދުފަހަނައަޅައިފާ މީހެއް
    ކަލޭކަހަލަމީހުން އިންޑިޔާ މިލިޓަރީއައުޓް ކިޔަސް
    އިންޑިޔާ އައުޓް
    ކަލޭޖަލައްދޭ

  13. މަތަރަސް

    ދަރިންނޭ މިގައުމު އިންޑިޔާއައް ވިއްކާނިންމާފި މިހާރު ފަސްމަނަވަރުއައިސް ކަޑާ ވަޔާ މަސްކަޑާ މިހުރިހާތަނެއް މިހާރު ފާސްކުރަމުންދާއިރު ކަޑުގެހަޒާނާ ފޮހެލަނީ ރައްޔަތުން ތިޔަތިބީބަލަންތަ؟ ގައުމެއްނެތް ؟ މާތްﷲމިގައުމާރައްޔަތުންސަލާމަތްކުރައްވާށީ އާމީން

  14. އިލި

    އަދިވެސް ދިވެހި ދައުލަތުގެ ތިޖޫރިފެންނަވަރުން ނުވެސްނިދޭދޯ ހޯހޯ ވެރިކަމާ ތޮޅެންނޫޅޭ ދެން ދިވެހިން ޔާމީނަކައްވެރިކަމެއްނުދޭނެ އިންސާﷲ

  15. ހަވަރު

    ވަފާތެރި ކަމާއެކުގަ ތޯ ގައުމު ދަވާލީ ވެސް.

  16. 13ވގ

    އެހެންވެތޯ މުޅިދައުލަތައް ލިބުނު އާމްދަނީ5 އަހަރުން ފެންފޮދަކާނުލާ ދިރުވާލައިގެން ތިހުރީ މަނިކުފާން

  17. ފާތުމަ

    ވަފާތެރިވުމަކީ ނުހަމަގޮތުގަ ޖީބު ފުރުން ދޯ

  18. ނަރުދޫ ހަސަނު

    އެބުނާހެން. ވަފާތެރިކަމާއެކު ގައުމަށްޓަކައި ތެދުވާން ޖެހޭ . އަދި ހަމަ އެއާއެކު އެގޮލާ ކަންތައް ކުރިގޮތަށް ޤައުމުގެ މާލިއްޔަތު ލޫޓުވާލާނެ ފުރުޞަތުވެސް ދީގެނެއް ނުވާނެ. އަދި އަމުދުން ވައްކަން ކުރާމީހުންނަށް ފުރުޞަތުވެސް ދީގެން ނުވާނެ.

  19. އަބްދޫ

    ވަފާތެރި އިހްލާސްތެރިޔަކަށް ޔާމީނު ވެލެއްވިނަމަ މިއަދު މިދެކޭ ހާލު ގައު،މަށް ނުޖެހި ވެރިކަމުގަ ހުންނާނީ ޔާމީނު.ގައުމަށް ތަރައްގީ ލިބި ރައްްޔިތުން ތިބީހީ އުފަލުގަ. އެމްޑީޕީއަށް ރިޔާސީ އިންތިހާބު ހޯދައިދީ މަޖިލީހުގެ 65 ގަނޑި އެމްޑީޕީ އަށް ހޯދާދިނުމުގެ ބުރަ މަސައްކަތް ޔާމީނުގެ ދެކަނބަލުން ނުކުރެއްވިނަމަ މިއަދު ވެރިކަމުގަ ހުރީހީ ޔާމީނު. ގައުމު އޮތީހީ ހަމަ މަގުގަ ޔާމީނު އެކަނިވެރި ނުވީސް. ޔާމީނު އަދިވެސް ވިސްނާލައްވަވާ. އެކަނި ނެގޭނީ ބޯވަ. ގައުމުގެ ތިބި ހުރިހާ ސިޔާސީ ލީޑަރުންނަކީ ޔާމީނުގެ ދުސްމަނުންކަމުގަ ހަދައިގެން ޔާމީނަށް ވޯޓް ލިބިވަޑައި ނުގަންނަވާނެ.