ސަރުކާރާ ފެޔަށްޖެހި ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބު ގެއްލި 2028ގެ އިންތިޚާބު ހޯދޭނެކަމަށް ޤަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާޕާސަންގެ އިންތިހާބަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ޏ.ފުވައްމުލަކުގައި ސަޕޯޓަރުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އަބަދުވެސް ވިސްނަންވާނީ ސިޔާސީ ޕާޓީ ވަރުގަދަކޮށް ސިޔާސީ ހަރަކާތް ވަރުގަދަކޮށް ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށްކަމަށެވެ. އެކަން ކުރެވޭނީ ޕާޓީގެ މެންބަރުންނާއި ސަރުކާރާއި ގުޅިގެންކަމަށާއި، ފެޔަށް ޖެހިގެން މިކަމެއް ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވިނަމަވެސް، ސަރުކާރާ ފެޔަށް ޖެހުމަކީ ރަނގަޅުގޮތެއް ނޫންކަމަށާއި، ސަރުކާރާ އެކު މަސައްކަތްކުރުމަށް ވިސްނުން ހުންނަންޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. 2023 އިދިކޮޅަށް ދޫކޮށްލައިގެން ދެން އިންތިޚާބު ކާމިޔާބުކުރެވޭނެކަމަށް ނުވިސްނޭ ކަމަށާއި ސަރުކާރާ ފެޔަށްޖެހި 2023 ގެއްލި 2028 ލިބޭނެކަމަށް ޤަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް އިހްތިރާމާއެކު މި ދަންނަވަނީ ރައީސް ނަޝީދު ވިދާޅުވިޔަސް އަޅުގަނޑުމެންނަކަށް ނެތް ސަރުކާރާ ފެޔަށް ޖެހެވޭކަށް، އެއީ ރަނގަޅުގޮތެއް ނޫން. އަޅުގަނޑުމެން ވިސްނަންވީ ސިޔާސީ ހަރަކާތްތަށް ވަރުގަދަކޮށް ބަދަހި ކޮށް ރައްޔިތުންނަށް ދިމާވާ ކަންތައްތަށް ހައްލުކޮއްދޭ ޕާރޓީ އަކަށް މި ޕާޓީ ހަދަން." އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރަންޖެހޭކަމަށާއި އަދި ޕާޓީގެ މެންބަރުންނާ ޕާޓީއާ ގުޅިގެން ތާ އަބަދު މަސައްކަތްކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށާއި، ޕާޓީގެ މެންބަރުންނާ މަޝްވަރާ ޕާޓީގެ ސިޔާސަތު ކަނޑައަޅާ މޭޒަށް ހަގީގަތުގައިވެސް ޖާންއެބަޖެހޭކަމަށެވެ.

"ތިބޭފުޅުންގެ ކަންބޮޑުވުންތައް، ތިބޭފުޅުންގެ ޝަކުވާތައް އަދި އެ ޚިޔާލުތައް އެބަޖެހޭ ސަރުކާރެއް އަޅުގަނޑުމެންގެ އޮތްއިރު ސަރުކާރާ އެއްކޮށް މަޝޤވަރާކުރެވިގެން އެކަންކަމަށް ހައްލު ހޯދާ ތިބޭފުޅުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދަން. އެއީ ސިޔާސީ މަސައްކަތަކީ، އެއީ ސިޔާސީ ޕާޓީއަކުން ކުރަންޖެހޭ ކަމަކީ." ފަޔާ ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިހާބައި އެކުގައި ޕާޓީ ފެކަފިވެފައިވާއިރު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ފާޅުގައި ސަރުކާރާއި ދެކޮޅަށް ނުކުންނަވާފައެވެ. އަދި ދާދި ފަހުން ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މިގައުމް

    ބަލަ މިކެނެރިނަޝީދު ވެރިކަމާހެދިމޮޔަވަނީ ކޮސްގޮވަނީ މި ކެނެރީނަޝީދު ދެންރައްޔަތުން ބަލައެއްނުގަންނާނެ ވެރިކަންދިނީމާ ބޮލާލާޖެހި ބަލަ އިންޑިޔާގެ ތާއިދާއެކު އިބޫ ގައުމު އިންޑިޔާއައް ކަޑުގެ ހަޒާނާޔާ ވަޔާ މަސްކަޑުތަކާދީ މިހާރުފަސްމަނަވަރުވެސްއައީގައުމުދޮވެލާގެން އިންޑިޔާއައްގެންދަން އެވަރުންވެސް އެއްވެސްބަހެއްވިދާޅުނުވޭ ކޮހާހިކުމަތްތެރި ރައީސްމީހާ ނިދާފައި؟؟ރައްޔަތުން ހަމަނިދީގައި؟ މަނަވަރުތައްހޭބޯނާރާ ހަޒާނަހުސްކޮއްލަނީ؟؟

    16
    2
  2. އައުޒަމު ތިނަދޫ

    ޕާޓީ މިހާރު މުހިއްމެއް ނޫން ކޮބާހޭ ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ސީޕޯޓު ކޮބާހޭ ތިނަދޫ ހިއްކިބުމުން ތިނަދޫ ރައްޔިތުންނަށް ދޭންބުނި ގޯތިތަށް. މިހިރަ މިހިރަ ކަންތަށް ނުކޮއްދެވެންޏާ ކީއްކުރާ ސަރުކާރެއް އަހަރުމެނަށް ވަރިހަމަ ދުވަހަކު އެމްޑީޕީއަށް ކާމިޔާބެއް ނުލިބުނަސް

    29
    1
  3. ޕޮގުބާ

    2028 ކިޔާއިރު ﷲ ހަނދުމަވޭތަ؟ ހާދަކުރިއެއް ތިކިޔަނީ

    16
  4. ޖަލީލް

    ކަލޭމެން ވަކިބަޔަކަށް މުސާރަތައް އަތްނުފޯރާހާ ބޮޑުކޮށް 20000ރ 35000ރ ދީފައި ދެންތިބި އިދާރީ ދައްފަންތީގެ މުވައްޒަފުންނަށް އެންމެ 7000ރ ދޭއިރު ވޯޓުލަނީކީ ހަމައެކަނި ޓީޗަރުންނާ ނަރުހުންނޫންކަން ހަނދާންކުރާށެވެ. 2028 ކީއްހެއްޔެވެ. 2033 ވެސް ކަލޯމެން ތިގޮތަށް ކަންކުރަންޏާ ހަނދާން ނައްތާލާށެވެ. އަބުރުވެރި ޝަރަފުވެރި ދިރިއުޅުން ނުދަރާ އުޅެންޖެހެނީ ހަމައެކަނި ޓީޗަރުންނާ ނަރުހުންނާ ގާޒީން ހެއްޔެވެ. ދެންތިބި މީހުންނަކީވެސް ދިވެހި ރައްޔިތުންނޫންހެއްޔެވެ؟ އެމީހުން ރަނގަޅު ގެދޮރާ މޮޅުފޭރާމާ މީރުކާނާ ކާކަށް ބޭނުމެއް ނުވާނެހެއްޔެވެ؟

    24
    2
  5. ޙަނދުކޭތަ

    ކަލޭމެނައް 23 ވެސް ﷲ ގެ ރަހުމަތުން ދެނެއްނުލިބޭނެ

    25
    1
    • ލޮލް

      ﷲ މޮޅަށް ދެނެވޮޑިގަންނަވާނީ. ހަނދުކޭތައެއްނޫން ނިންމާނީ ވެރިކަން ލިބޭނެ ބައެއް.

      1
      2
  6. ހާރުދަން

    ހޮވަންވީ ހަމަ ފައްޔާޒު

    7
    13
  7. މުހައްމަދު އަހްމަދު

    ނަޝީދު ނޫޅޭ ފެޔަށް ޖެހެން. ކަލޭމެން ފެޔަށް ޖެހެންވީ.

    12
    7
  8. ހަސަންބެ

    ފޮނި ވާހަކަ ދައްކަނީ. ކޮބާ ވައުދުތައް.

    14
    6
  9. ފަރުޙަތު

    ކަލޭމެން ތީ އެއް އަމާޒަކަށް މަސައްކަތްކުރާ އެކައްޗެއް. އަނެއް ރާއްޖެ. އަނެއް ގޮތް ހޯދަން އުޅޭ ގްރޫޕް.

    14
  10. ތިރިބެ

    މައސަލަޔަކީ ސަރުކާރު ލިބުނީމަ ކޮރަޕްސައްހިއްގާ ތިމާވަރުމީހެއްނެތިގެއް އުޅޭތި

    9
    1
  11. އިބޫ

    މޭބޮޑުވަނީ

    7
    1
  12. ލުލު

    ސާބަހޭ ފައްޔާ ތިކަހަލަ މީހެއްގެ އިންތިޒާރު ގަ މިތިބީ އނނ ފެޔައްޖައްސަން

    3
    1
  13. މާނިއުމާނި

    އަދީބަކީ ޔާމީނުގެ ބްރޯ ފައްޔާޒު މިހާރު އިބޫގެ ބްރޯއަށްވެ ނިމިއްޖެ ސަރުކާރުތެރޭ ބްރީއިން އުޅެންފެށީމަ ގޯސް ކަލޭބަލާ މަންދު ކޮލެޖަށް ބަދަލު ނަގައިދެވޭތޯ އަހަރަކު 50 ނޫނީ 100 މިލިއަން ދިނީމަ ފުދޭނެ

  14. ޢިކުރާމު.

    ރައްޔިތުން އެބަޖެހޭ ވިސްނަންފަ އެ މްޑީޕީގެ ކަސްދޮޅުތަކުން މިންޖުވާން މިހާރު ވެސް އެތިބީ ކާބަފައިންވި ގުރުބާނީއައް ހަރާމްކޯރުވެ ގައު މު އަޫވެތިކަމައްދީފަ ލިބޭ ލާރިބޭނުން ކޮއްގެން ކަރުހިފަން މުދިޔަ 4 އަހަރުތެރޭ ރަށަކުން ގޯތިގަނޑެއް ނުދިންތާ އަތްފޯރާ އަގުގަ ފުލެޓު ގަނޑެއް ނުދިން ހެސްކުޔާފަ ބޮޑު އެޑުވާންސްއެއް ދިނީ މަ ފައިސާވެރިންނައް ހުރިހާ މޮޅެއް ގައު މުގެ ދީނީއަގީދާވަނީ ފުނޑިފަ ވީ މާ އަލުން އަނބުރާ ގައު މު ސަލާ މަތްކުރަން އިންޑިޔާ ބޭނުންހާ ގޮތެއް ހެދިޔަ ދިނު މައް ނުރުހޭނެކަން ދެއްކު މައް ޔާ މީނު ހޮވުމަކީ ވަރައް މުހިން މު ކަ މެއް