އެންމެ ފަހުން ލިބިވަޑައިގެން އެއްމާބަނޑު ދެކުދިން ގޮވައިގެން ގޮސް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފަށާފައިވާއިރު މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4 ޖެހުމުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

މި އިންތިހާބުގައި މެންބަރު ހައިތަމް ވޯޓުލާފައިވަނީ ޖަމާލުއްދީން ސުކޫލުގައި ހުރި އޭނާ ނިސްބަތްވާ ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ހައިތަމް އަށް އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. ހައިތަމް އަށް ލިބިވަޑައިގަތީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ދެ ބޭފުޅުން ވެސް ވަނީ ވޯޓުލާން ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

ފާހަގަ ކޮށްލެވޭގޮތުގައި މި އިންތިހާބުގައި މެންބަރު ހައިތަމް ތާއީދު ކުރައްވަނީ މިނިސްޓަރ ފައްޔާޒަށެވެ. އަދި އެފެކްޝަންގެ ކެމްޕޭނުގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.

ޗެއާޕާސަނަކު ކަނޑައެޅުމުގެ އިތުރުން މި އިންތިހާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ޝަފާތު އަހުމަދު ވާދަކުރައްވާއިރު ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

މި އިންތިހާބުގެ ވޯޓުލުން ޖުމުލަ 194 ރަށެއްގައި ކުރިޔަށްދާއިރު މާލޭގައި 87 ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި އެންމެ ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަނަކު ހޮވުމަށް 94،211 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

މި އިންތިހާބުގެ ފޯރި ގަދަވެފައިވަނީ މިއީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ ދެމެދު ކުރިޔަށްދާ ވާދަވެރިކަމަކަށް ވުމުންނެވެ.

އެގޮތުން ރައީސް ސޯލިހްގެ މަދަދާއެކު ވާދަކުރައްވަނީ އިކޮނަމިކް މިނިސްޓަރު ފައްޔާޒެވެ. އޭނާއަށް ތާއިދު ކުރައްވާ ކެމްޕޭނުގައި ވެސް އުޅުއްވަނީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވާދަކުރައްވަނީ ރައީސް ނަޝީދުގެ ތާއީދާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މޫސަ

    އެ ސޮރުގެނަން ނޫސްތަކުގެ ޞުރުހީ ތަކަށް ނާރާތީ މީހުންގެ ސަމާލުކަން ހޯދަން ކުރިކަމެއްތިޔައީ. އެހެން ނޫނީ އަންހެނުން ރުޅި ހަދާލީ ކަމަށްވާނީ

    25
  2. ގުއިދައިތަ

    މި އެމް. ޑީ.ޕީ މީހުންނަކީ ހާދަ ދެއްކުންތެރި ބައެކޭ ސަހާދެ.

    24
    3
  3. އިބްރާހިމް

    ދެން މީހުންގެ ސަމާލުކަން ހޯދުން ދެއްކުން ތެރިކަން ނޫ ދެން ކޮންކަމެއް ތީ ދެން ބޮޑު ވަރު

    25
  4. އަސްރާ

    އަހަރުން ފިރިން ވެސް މަސެކަތައް ދަާ ގަޑީގަ ތި ގޮތައް ދަރިން ކިހިލި ޖަހައިގެން ދާނެނަމަ ދޯ

    14
    5
  5. އހަހ

    މެމްބަރށް ވާ ކެރިއްޖެ އަންހެނުން ގެެ ޒިމާ ނަގަން، އަހަރުން ދިޏަނަމަ ބުނާނެ އަނބި ދަޝުވީއޭ

    12
    2
  6. އަހަންމަދު

    ފެންނަނީއެންމެކަމެއް! ދެއްކުންތެރިކަން!

    26
  7. އާޑަމް

    ކަލޯ އެމްޕީ. ހާދަ ބާރުވެސް ގަދައޭ

    6
    3
  8. ޖަސްޓިން

    މިހާރު ތިބޭ މީހުން ކޮންމެވެސް މޮޅު ސްޓެންޑެއް ޖައްސައިގެން މީސްމީޑިޔާގެ ފަލަ ސުރުހީއަށް އަރާހިނތުން ކޮއްފަ ނުކުރާނެ ކަމެއް ނޭގިފަ ތިބެނީ

    14
  9. ސަންފަ

    ޓްވިންސްލާ ރެކްސާވެސް ހުރޭނު . ޓްވިންސްލާން އެއް ބޭގްވެސް ތައްޔާރު ކުރުވި ނަމަ

    8
    1
  10. ޢަހްމަދު

    މިވެސް ޙަބަރެއް

    11
    1
  11. ލީޝް

    ދެއްކުންތެރިކަން، ދެއްކުންތެރިކަން، ދެއްކުންތެރިކަން

  12. ކީކޭ ބުނާނީ

    ދެން ދެއްކުންތެރި ކަމާ މީހުންގެ ސަމާލުކަން ހޯދަންވެގެން އެ ނޫން ކޮންކަމެއް.

  13. ކުރުކުރު

    ކީކޭ ދެން ބުނާނީ؟؟ ތަންފުކެއް ބޮޑުވަރުދޯ. ދަރިންގެ ވާހަކަ ފަލަ ސުރުޚީ އަށް މާތް ދުވަސްވީމަ ދޯ. މުނާފިގުން އުޅޭނީ އަހަރުވެސް ދެއްކުންތެރިކަން ކުރިއަށް ނެރެގެން.