ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ކޮމިޝަންގެ މެންބަރުންނަށް އިދިކޮޅު ފަރާތްތަކުން ބިރު ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ބޭނުމުގައި އަދި އީސީގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކައިގެން އެ ކޮމިޝަންގެ މިނިވަންކަން ނަގާލުމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން އީސީ ކުރިމަތީގައި އިއްޔެ ކުރި މުޒާހަރާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ހަލީލު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ މިފަދަ އަމަލުތައް އިދިކޮޅު ފަރާތްތަކުން ހުއްޓާލާ ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް ލޯބިކުރަންޖެހޭ ކަމަށެވެ. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އީސީ އިން ކުރާ މަސައްކަތަށް އެހީތެރިވާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިން ކުރާ މަސައްކަތަށް އެހީތެރިވާންޖެހޭ" މެންބަރު އަބްދުﷲ ހަލީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށާއި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް އިލެކްޝަންސް ކޮމިޝަނުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުން ކުރަމުންދާ ކަމަށެވެ.

އަދި އިލެކްޝަން ކޮމިޝަނަށް ގައި މިހާރު މެންބަރުންނާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އީސީގައި ވަކި ފަރާތެއްގެ ސިޔާސީ ނުފޫޒެއް އެބައޮތް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަންގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝިފާނާ

    އެމްޑީޕީ އަކީ އަބަދުވެސް ދޮގާމަކަރު ޖަހައިގެން އަދި އެހެންމީހުންގެ އަބުރާބެހި ދެކޮޅުވެރިކަން އުފައްދައިގެން ސަޕޯޓް ހޯދާބައެއް...އެމީހުން ފަހަތުން ދަނީ އެއީ ޝައިތާނާއަށް ތަބާވާ މީހުން..އެމީހުން ކުރާ ކަންކަމުގެ ވާހަކަ އެމީހުން އެ ދައްކަނީ...އަސްލު ބަލަން ބޭނުންވަނީ އެހެން މީހުންވެސް އެގޮތަށް ވައްކަން ކުރޭތޯ

  2. އަތޮޅުން

    ސަރުކާރާ އިދިކޮޅު ފާޓީތަކުން ރިޔާސީ އިންތިޚާބަށް ނުފޫޒްފޯރުވައި އެކިގޮތްގޮތުންހުރަސް
    އަޅަމުންގެންދާތީ އެކަން ކުށްވެރިކުރަމެވެ އަދި
    ވަގުތުން އެފަދަ ކަންކަން ހުއްޓާލުމަށް ނަޝީދަށާއި އެމްޑީޕީއަށް ގޮވާލަމެވެ

  3. Anonymous

    އާދެ. މަނިކުފާނުމެން ކުރައްވަން އުޅުއްވާހާކަމެއް ކުރިޔަ ނުދެއްވަނީ އިދިކޮޅުން. އެއީ ދެން އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ވަންޏާ އެ ދެން ފޯރުވުނީ ތިޔަވިދާޅުވާ އެއްޗެއް