ހދ. ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ "ދޮށި ބޯޓު" ނައިފަރުން ނިކުންނަނިކޮށް ކަނޑުތޮށީގައި ޖެހި ފަޅައިގެން ހިނގައްޖެއެވެ.

ތިލަދުންމަތީގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫސް "ތިލަދުން" ގައި ބޯޓުގެ މީހަކާއި ހަވާލާދީ ބުނެފައި ވަނީ ބޯޓަށް ގެއްލުން ލިބުނީ ނައިފަރަށް މުދާބާލާފައި އެރަށުން ނިކުންނަނިކޮށް ގަލެއްގައި ޖެހިގެން ކަމަށެވެ.

ބޯޓުގެ ދެތަނަކުން ވަނީ ފަޅައިގެން ގޮސްފައެވެ. ފަޅައިގެން ގޮސްފައިވާ ތަން ބެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާރު ނައިފަރު ބަނދަރަށް ބޯޓު ކައިރިކޮށް ބޯޓުގެ ދިޔަގަނޑު ވަނީ ހިއްކާފައެވެ. ތިޔަގަނޑު ހިއްކުމުގައި ސިފައިންނާއި ނައިފަރު ރައްޔިތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިހާދިސާ ހިނގިއިރު ގިނަ އަދަދެއްގެ މުދަލާއިއެކު 30 އަށް ވުރެ ގިނަ މީހުން ބޯޓުގައި ތިއްބެވެ.

އެމްއެންޑީއެފްއިން ކުރި ޓްވީޓެއްގައި ބުނީ ނައިފަރު ފަޅުތެރޭގައި އޮތް "ދޮށި" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.

މިހާދިސާ ހިނގީ މިރޭ 19:50 ކަންހާއިރުއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުމަތީގެ ހާދިސާތައް ހިންގާ އަދަދު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނބިލބި ކުޑައާދަނު

    ޗަވާނީ ގަލެއް ނޭވޭލާން މައްޗަށް އެރިބާރަށް ޖެހުނީކަމަށް. މާކަނޑުގޭވެސް ޗަޒާތު ކަމެއް ހިނގޭފާނެ.